26 ޖޫން 2011 (އާދީއްތަ)

ޔަމަނުގެ މައި ޖަލަކުން 68 މުޖާހިދުން ފިލައިފި

ޝާއިޢުކުރީ: ޚަބަރު ސެކްޝަން
ހިމެނޭ ބައި: މެދުއިރުމަތިން
ތަޤްސީމް:
 
(7 ރޭޓް)
ﷲގެ މަގުގައި ޙައްޤު ގޮތުގައި ޖިހާދުކުރެވޭ ކޮންމެ ތަނެއްގައިވެސް، މުޖާހިދުންނާއެކު ﷲގެ މަދަދުވާކަން ހާމަވެގެންދޭ.

ޔަމަނުގެ ދެކުނުއިރުމަތީ ސަރަޙައްދެއްކަމަށްވާ ހަޒްރަމައުތުގެ މައި ޖަލުން، ﷲގެ ވާގިފުޅާއެކު މިދިޔަ ބުދަ ދުވަހު 68 މުޖާހިދުން ފިލައިފިއެވެ. މުޖާހިދުން ފިލައިފައިވަނީ، އެތައް މަސްދުވަހެއް ކުރިން މުޖާހިދުން ކޮންނަން ފަށާފައިވާ ބިމުއަޑީ ރާސްތާއެއް ބޭނުންކޮށްގެން ކަމުގައި، މުކައްލާ އަވަށުގެ ޖާސޫސީ އިދާރާގެ ވެރިޔާ ޢަބްދުލް ޖިރާޒީ ޚަބަރުތަކަށް ހާމަކޮށްފައިވެއެވެ.

“ހަޒްރަމައުތުގެ ވެރިކަންކުރާ އަވަށްކަމުގައިވާ މުކައްލާގެ އަވަށުގެ ޖަލުގެ ބޭރުގައި ފޯރިމަރަންތިބި ސިފައިންނާ ދެކޮޅަށް އަލްޤައިދާ ރަހީނުންވަނީ ޙަމަލާދީފަ! އޭގެ ސަބަބުން ސިފައިންގެ މީހަކު މަރުވެ، ދެމީހަކަށްވަނީ ގެއްލުން ލިބިފަ!” އަލްޖިރާޒީ ހާމަކުރިއެވެ. އަލްޤައިދާގެ މުޖާހިދުން ޖަލުގެ ބޭރުން ޙަމަލާ ދިންކަމަށް މީނާ އެއްބަހެއް ނުވެއެވެ.

ނަމަވެސް ހަމަ އެދުވަހު، ސަރަޙައްދުގެ ވެރިޔަކު ހާމަކުރިގޮތުގައި، ރަހީނުން ފިލައިފައިވަނީ، އަލްޤައިދާގެ މުޖާހިދުން ބަރު ހަތިޔާރާއި ބޮން ބޭނުންކޮށްގެން ޖަލުގެ ބޭރުން ޙަމަލާ ދިނުމުގެ ސަބަބުންނެވެ.

ޔަމަނުގެ ދެކުނާއި އިރުމަތީ ސަރަޙައްދުތަކުގައި، މިފަހަކަށް އައިސް މުޖާހިދުން އަންނަނީ ބާރުގަދަ ކުރަމުންނެވެ. އެގޮތުން އަބްޔަނުގައި އިސްލާމީ އިމާރާތެއް މިހާރުވަނީ އިޢުލާނުކޮށް، ކުފުރުގެ އަޅުވެތިކަމުން މީސްތަކުން މިނިވަންކޮށް، އިސްލާމްދީނުގެ ހިތާޔަތަށް ގެންނަން ފަށައިފައެވެ.

މަޞްދަރު: އެކުލަވާލެވިފައި

  •   އަޅުގަނޑުމެންގެ ދުޢާގައި މުސްލިމު އަޚުންނާއި އުޚްތުން, މުހާޖިރުންނާއި އަންޞާރުން, އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ﷲގެ މަގުގައި ހަނގުރާމަކުރަށްވަމުންދާ އެންމެހާ މުޖާހިދުންނަށް ނަޞްރު ދެއްވެވުން އެދި ދުޢާކުރެއްވުމަށް ހަނދުމަފުޅު ބަހައްޓަވާ! އަދި އެމަގުގައި ރަހީނުކުރެވިފައިވާ އަޚުންނާއި އުޚްތުން ސަލާމަތްކޮށް ދެއްވެވުން އެދި ދުޢާކުރެއްވުމަށްވެސް ހަނދުމަފުޅު ބަހައްޓަވާ!
މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 26 ޖޫން 2011         

ޚިޔާލެއް ފާޅުކުރެއްވުމަށް…



އެހެން އަކުރުތަކެއް ދައްކާލާ!

/div>
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.