އަޞްޙާބް ބޭކަލުންގެ ޙަޔާތްޕުޅުގެ ތެރެއިން…
ޝާއިޢުކުރީ: އުއްމު ޢީޝަލް
ތަޤްސީމް:

ކައުއިތުރު ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ ސަޙާބީންގެ ތެރެއިން މުސްޢަބް އިބްނު ޢުމައިރަކީ ޤުރައިޝްވަންހައިގެ ބަގީޗާގައި ފޮޅިފައިވާ ފުރިހަމަ މަލެކެވެ. ރީތިކަމާއި ޒުވާންކަމުން ފުރިގެންވި ބޭކަލެކެވެ. ތާރީޚް ލިޔުއްވާ ބޭކަލުން އެކަލޭގެފާނު ސިފަކުރައްވާފައިވަނީ މައްކާގެ ފިރިހެން ސާހިބުންގެތެރެއިން ޒުވާންކަމާއި ބުރުސޫރައާއި ތަނަވަސްކަމުގެގޮތުން އެންމެމަތީދަރަޖައިގެ ބޭކަލެއްގެގޮތުގައެވެ.

ޝާއިޢުކުރީ: ޒުލްފިޤާރް

އިސްކޮޅުން ދިގު ޖާނުން ވަރުގަދަ ބޭކަލެއް ނޫނެވެ. މޫނުފުޅުގައި މަސްޖަހާފައި ނެތުމުންނާއި ހަށިކޮޅު ހިމަކަމުން މީހުން ހަމްދަރުދީ ވާހާވެސް ވެއެވެ. ނަމަވެސް ދީނުގެ ޢަދުއްވުންގެ މައްޗަށް މީނާ ދެއްކެވި ގަދަފަދަ ކަމަކީ ތާރީޚުގައި މިސާލު ޖަހާލެވޭ ފަދަ ގަދަފަދަ ކަމެކެވެ. މީނާގެ ޖެހިލުން ކުޑަކަމާއި މަރުދެކެ ބިރުނުގަތުމުގެ ސިފަ މަޝްހޫރުވީ ވަރަކީ ﷲ ރުއްސުންލެއްވި عُمَر بن خطاب رضي الله عنه ގެ خليفة ކަމުގައި އެއްވެސް ލަޝްކަރެއްގެ ވެރިކަން މީނާ އާއި ޙަވާލު ނުކުރުމަށް عُمَر بن خطاب އިސްލާމީ ރަށްތަކުގެ ގަވަރުނަރުންނަށް އެންގެވިއެވެ.

ޝާއިޢުކުރީ: ޒުލްފިޤާރް
ތަޤްސީމް:

ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ޞާހިބާ صلى الله عليه وسلم މައްކާއިން މަދީނާއަށް ހިޖްރަޔަށް ވަޑައިގަތުމާއި އެކު މަދީނާގެ އަންޞާރުންކުރެ ޢަޤަބާގެ ބައިޢަތުގައި ބައިވެރިވެ ވަޑައިގަތުމުގެ ނަޞީބު ލިބިވަޑައި ނުގަންނަވާ ބޭބޭ ކަނބަލުން ބައިޢަތުގެ ބާއްޖަވެރިކަން ހޯއްދަވަން އަވަސްވެ ވަޑައިގެންނެވިއެވެ.

ޝާއިޢުކުރީ: އަބޫ މުސްއަބް
ހިމެނޭ ބައި: ދީނީ ލިޔުން (ނަކަލް)

ޙަމްދު ކުރަނީ ޢާލަމްތަކުގެ ވެރިރައްބު ﷲ سبحانه وتعالى އަށެވެ. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ އިމާމުލް މުރްސަލީން މުޙައްމަދު އިބްނު ޢަބްދުﷲ (صلى الله عليه وسلم) އަށެވެ. އެއަށްފަހު ބުނަމެވެ.

އެއްވެސް ޝައްކެއްނެތް ގޮތުގައި ކޮންމެ އިންސާނަކީވެސް ފާފަ ކުރެވޭ މީހެކެވެ. މި ފާފަ ކުރާ އިންސާނުންގެ ތެރޭގައި ދެވައްތަރެއްގެ ބައެއްވެއެވެ. މި ދެބައިގަނޑުގައި ވަރަށް ބޮޑު ފަރަޤެއްވެއެވެ. މީގެތެރެއިން އެއްބަޔަކީ އެބައިމީހުންނަށް ކުރެވޭ ފާފަތަކާމެދު އެއްވެސް ބިރުވެތި ކަމެއްނެތި އެކަމާ ދެރަނުވާ މީހުންނެވެ. އަނެއްބަޔަކީ އެމީހުންނަށް ކުރެވޭ ފާފާތަކާމެދު ﷲتعالى އަށް ބިރުވެތިވެ ދެރަވާމީހުންނެވެ. އެބައިމީހުންގެ ފާފާތަކަށް ތައުބާވުމަށް އަވަސްވާ ބަޔެކެވެ. ކުރެވޭ ފާފަތަކާމެދު ބިރުވެތި ނުވާމީހުން އެބައިމީހުންގެ ފާފަތައް ހަދާންނައްތާލައި އެ ފާފަތަކަށް ފަޚުރުވެރިވެ ތިބެއެވެ.

« ފެށުން ފަހަތަށް 1 2 3 4 5 ކުރިއަށް ނިމުން »
ޞަފްޙާ 1 (ޖުމްލަ 5)
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.