شيخ انور العولقي (حفظه الله)


އަހަރެމެންގެ ތެރޭގައި މައްސަލަތަކެއް ވާކަމަށް އަހަރެމެން އެންމެން ވެސް ހެކިވެ އެވެ. އަދި އަހަރެމެން މައްސަލަތަކެއް ތަޙައްމަލު ކުރަމުންދާ ކަމަށް އަހަރެމެން އެންމެން ވެސް އެބަ ބުނަމުއެވެ. އެކަމަކު ޙައްލު ހޯދުމުގައި ތަފާތު ތަކެއް ކުރަމުއެވެ. އަހަރެމެންގެ އަތުގައި ޤުރުއާނާއި ސުންނަތް ވާހިނދު، ޚިޔާލު ތަފާތުވުމުގެ ސަބަބުން ތަފާތުތަކެއް އަޔަދީގެނެއް ނުވާނެ އެވެ. ޤުރުއާނާއި ސުންނަތުގައި އޭގެ ޖަވާބު ލިބެން ހުންނަ ހިނދު މިތަފާތުވުން ގެނެސްގެން ވެސް ނުވާނެއެވެ. އެހެންކަމުން އަހަރެމެންނަށް ކުރިމަތިވެފައިވާ މައްސަލައިގެ ޙައްލަކީ ކޮބައި ހެއްޔެވެ؟ މީގެ ޙައްލުވަނީ ރަސޫލާ (صلى الله عليه وسلم) ގެ އަންނަނިވި ޙަދީޘުންނެވެ.



އެންމެހާ ޙަމްދެއް ވަނީ މަތިވެރިވެގެންވާ ﷲ އަށެވެ. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަނީ ﷲ ތަޢާލާ ޚަލްޤު ކުރެއްވި އެންމެ ހެޔޮ އިންސާނާ، އަދި މިއުއްމަތުގެ ރަސޫލާއަށެވެ.

ﷲ ތަޢާލާގެ ނަބިއްޔުންނަށް ފަހު، މިބިންމައްޗަށް އުފަންވި އަދި އުފަންވާނެ އެންމެ ހެޔޮކަން ބޮޑު އިންސާނަކީ މިއުއްމަތުގެ ފުރަތަމަ ޚަލީފާ އަބޫ ބަކްރުއް ޞިއްދީޤު (رضى الله عنه) އެވެ. މާތް ނަބިއްޔާ (صلى الله عليه وسلم) ގެ ޙަދީޘްފުޅެއްގައިވާ ގޮތުން އަބޫ ބަކްރު (رضى الله عنه) ގެ އީމާންކަމާއި މިއުއްމަތުގެ އެންމެންގެ އީމާންކަން ކިރާލިކަމުގައި ވިޔަސް އަބޫ ބަކްރު (رضى الله عنه) ގެ އީމާންކަން ބަރުވާނެއެވެ. އެކަލޭގެފާނުގެ ކޮންމެ ބަސްފުޅަކީވެސް އަހަރެމެންގެ ޙަޔާތަށް ގިނަގުނަ މަންފާ ތަކެއް ކޮށްދޭފަދަ ބަސްފުޅުތަކެކެވެ. މިގޮތުން އެކަލޭގެފާނު ޚަލީފާކަމަށް އިސްވުމަށްފަހު އެންމެ ފުރަތަމަ ދެއްވި ޚުޠުބާއަކީ މުޅި އިސްލާމީ ތާރީޚުގައިވެސް ރަން އަކުރުން ފަވާލެވިފައިވާ މަތިވެރި އަދި ޙިކްމަތުން ފުރިފައިވާ ބަސްފުޅުތަކެކެވެ. ތިރީގައި މިވަނީ އެޚުޠުބާ ރިވާވެގެން އައިސްފައިވާ ގޮތަށެވެ.



މިހާރަކަށް އައިސް މުސްލިމުންގެ ތެރޭގައި އުފެދޭ އެންމެ ބޮޑު އެއް ސުވާލަކީ އިސްލާމީ ޝަރީޢަތް މުސްލިމު ބިންތަކުގައި ތަންފީޛު ކުރާނީ ކިހިނެއް ހެއްޔެވެ؟ އިސްލާމީ ޝަރީޢަތް ގެނައުމަށްޓަކައި މިވަގުތު މުސްލިމުންތައް ކުރަންވީ ކޮންކަމެއް ހެއްޔެވެ؟ މި މުހިއްމު ސުވާލަށް، ޢާންމުގޮތެއްގައި ދެމުން އަންނަ ޖަވާބުތައް ތިރީގައި ބަޔާން ކޮށްލަމެވެ.



މިހާރަކަށް އައިސް އަޅުގަނޑުމެންގެ ތެރެއިން ބައެއް މުސްލިމުން އިސްލާމް ދީނާއި އެދީނުގެ ޢަދުއްވުންތައް ހިންގަމުންގެންދާ އަނިޔާވެރިކަމަށް ރުޅިވެރިވެ ނަފްރަތު ކުރުމުގެ ބަދަލުގައި އެ އަނިޔާވެރިކަމުން ސަލާމަތް ވުމަށްޓަކައި މަސައްކަތް ކުރަމުންގެންދާ މުސްލިމުންނާއި މެދު ނަފްރަތުކޮށް ރުޅިވެރިވެއެވެ. އަދި މި ނަފަރަތުގެ ސަބަބުން މުސްލިމުންނަށް ކުށެއް ކުރެވުނަސް ނުވަތަ ދީނުގެ ކަމެއްގައި އޮޅުން އަރައިގެން ގޯސްކޮށް ކަމެއް ކުރެވުނަސް, އެކަން ދީނީ ރަނގަޅު އުޞޫލުން ރަނގަޅު ކުރުމުގެ ބަދަލުގައި މަލާމަތްކޮށް ފުރައްސާރަކުރާތަން ވެސް އެބަފެނެއެވެ. ނަމަވެސް މުސްލިމުންނަށް މަލާމާތްކޮށް ފުރައްސާރަކުރާ މުސްލިމުންތައް، ކާފަރުން ނުވަތަ ތާޣޫތު ސަރުކާރާއި ދިމާލަށް ނުވަތަ އެމީހުންގެ އެ ކުފުރަށް އެއްޗެއް ބުނުމުގައި ނުހަނު ރައްކައުތެރިވާތަން އަޅުގަނޑުމެންނަށް ވަރަށް ކައިރިން އެބަފެނެއެވެ.



ދުނިޔޭގައިވާ ކޮންމެ ލަޝްކަރެއްވެސް އުފައްދާފައިވަނީ, ދުޝްމަނުންގެ ކިބައިން ރައްޔިތުން ރައްކާތެރިކޮށްދިނުމަށެވެ. އެކަމަކު, މުސްލިމު ދުނިޔޭގެ ލަޝްކަރުތައް އުފެދިފައިވާ ވަނީ, މުސްލިމުންގެ ކިބައިން ދުޝްމަނުންގެ އެދުންތައް ރައްކާތެރިކޮށްދިނުމަށެވެ.

މިއީ އަހަރެމެންގެ ތާރީޚުގެ އެންމެ ބޮޑު އޮޅުވާލުންތަކުގެ ތެރެއިންވާ ކަމެކެވެ!

 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.