އުޚްތުންނަށް ޚާއްޞަ
ޝާއިޢުކުރީ: ޒުލްފިޤާރް
ހިމެނޭ ބައި: ޢާއްމު ލިޔުން

3 ނޮވެމްބަރ 2006 ވީ ހުކުރު ދުވަހު ފަލަސްޠީނުގެ އަންހެނުންތަކެއް އާދަޔާ ޚިލާފް ހިތްވަރެއް ސާބިތުކޮށްދިނެވެ. އެމީހުންގެ މި ހިތްވަރާއި ފަންވަރުން ސާބިތުކޮށްދިނީ ޣާޒާގެ އުތުރުގެ ހިސާބެއްގައިވާ މިސްކިތެއްގެ އެތެރޭގައި ޚިޞާރު ކުރެވިފައިތިބި ފަލަސްޠީނުގެ 15 މުޖާހިދަކު ސަލާމަތްކޮށްދިނުމުގައެވެ. އިސްރާއީލުގެ ސިފައިން ޚިޞާރުކުރި މުޖާހިދުން ސަލާމަތްކުރުމަށް އުޚްތުން ނުކުތީ ފަލަސްޠީނުގެ މައިންތަކަކާއި ފިރިންތަކެއްގެ ގޮތުންވެސް މެއެވެ. އުޚުތުންގެ ނާޒުކު ހަށިތައް އެދުވަހު އަމިއްލައަށް ހުށަހެޅީ އައްޑަނަތަކެއްގެ ގޮތުގައެވެ.

ޝާއިޢުކުރީ: ޒުލްފިޤާރް
ހިމެނޭ ބައި: ޢާއްމު ލިޔުން

ހިބާ ދަގަރްމާ އަކީ މުޅި ހަށިގަނޑު ނިވާވާގޮތަށް ހެދުން އަޅާ ކުއްޖެކެވެ. އަލް- ޤުދުސް އޯޕަން ޔުނިވަރސިޓީން އިނގިރޭސި އަދަބިއްޔާތު ކިޔަވަމުން ގެންދިޔަ ޢުމުރުން 19 އަހަރުވީ ހިބާ އަކީ ވަރަށް ލަދުގަންނަ ކުއްޖެކެވެ. އަދި އޭނާއަކީ ކިޔެވުމަށް އާދަޔާ ޚިލާފު މޮޅު ކުއްޖެކެވެ. އޭނާ ފިރިހެންނުންނަކާ ވާހަކައެއް ނުދައްކައެވެ. އެހެންވީމަ، ޔުނިވަރސިޓީއަށް ދާންޖެހޭ ފަހަރުތަކުގައިވެސް އެތަނުގެ ކެފިޓޭރިޔާއަށް ވަދެ ކޮފީއާއި ސައިބޮއި ނުހަދައެވެ. މި ޔުނިވަރސިޓީ ހުންނަނީ އޭނާގެ ރަށްކަމުގައިވާ ހުޅަނގު އައްސޭރީގެ ތޫބާސްގައެވެ. އޭނާގެ ހުރިހާ ރަޙްމަތްތެރީންނަކީވެސް އަންހެނުންނެވެ. އޭނާގެ ދެބެންގެ ދެދަރި، ޢުމުރުން 20 އަހަރުވީ މުރާދު ދަރަގްމާ ބުނެފައިވެއެވެ. “އަހަރެން ދުވަހަކުވެސް އޭނާގެ މޫނެއް ނުދެކެމެވެ. އަދި އަހަރެން ދުވަހަކުވެސް އޭނާއަކާ ވާހަކައެއް ނުދައްކަމެވެ. އަދި އޭނާއަކާ ސަލާމެއްވެސް ނުކުރަމެވެ.”

ޝާއިޢުކުރީ: އުއްމު ޢަބްދުﷲ

އުޚުތާއެވެ! ތިބާގެ އިސް އުފުލާލާށެވެ. އަދި ސާބިތުކަންމަތީ ދެމިހުންނާށެވެ!

ތިބާއާއި ބެހޭގޮތުން ލިޔުމަށް އަހަރެން ބިރުގަތެވެ. ޙަޤީޤަތަށް ބުނާނަމަ، ތިބާއަށް އަޅާ ނުލެވި ދޫކޮށްލެވުނީތީ އެކަމާ ލަދުވެތިވަމެވެ. ބިރަށް ބަދަލުވި ލަދުވެތިކަމެވެ. އަހަރެންގެ ލޯބިވާ އުޚުތުންނޭވެ! ނަމަވެސް ދެން އިތުރަށް މަޑެއް ނުކުރެވޭނެ އެވެ. އާއެކެވެ! ޖަލުތަކުގައި ނިކަމެތި ކުރެވިފައިވާ އުޚުތުންނޭވެ! އަހަރެން މި ނިސްބަތް ކުރަނީ ތިޔަ އުޚުތުންނަށެވެ. އަދި ޖަލުން މިނިވަންވެ ނަމަވެސް އިޖްތިމާއީ ލައްގަނޑާއި ލަދުވެތިކަމުގެ ތެރޭގައި، މި ރަޙްމެތްނެތް މުޖުތަމަޢުގައި އުޅެންޖެހިފައިވާ ތިޔަ އުޚުތުންނެވެ. ކީއްވެހެއްޔެވެ؟ ތިބާ އެއްވެސް ފާފައެއް ނުކުރެއެވެ…… ތިބާ އެއްވެސް ގޯސް ޢަމަލެއް ނުހިންގައެވެ. ނަމަވެސް، ތިޔަ ޞާލިހް ނަފްސުތަކުން، ނިކަމެތިކަމާއި ދަށްކަމުގެ ކުލަވަރުތައް ފިލައިގެނެއް ނުދެއެވެ.

ޝާއިޢުކުރީ: އުއްމު ޢަބްދުﷲ

ދަރިފުޅުގެ ތަޢުލީމުގެ ފުރަތަމަ މަރުޙަލާ، ތަރުބިއްޔަތު އަދި ރިވެތި އަޚްލާޤް އަށަގެންނެވުން..

ދަރިން ތަރުބިއްޔަތު ކުރުމަށްޓަކައި ހަރުދަނާ ފައިދާ ކުރަނިވި އުޞޫލެއް ގެންގުޅުމަކީ ވަރަށް މުހިންމު ފައިދާ ކުރަނިވި ކަމެކެވެ. އެހެނީ، ދަރިންނަކީ ﷲ ގެ ހަޟްރަތުން މައިންބަފައިންނަށް ދެއްވިގެންވާ އަމާނާތެކެވެ. އަދި އެކުދިންގެ ހިތަކީ ރިވެތި، ސާފް އަދި އާދައިގެ ލޯގަނޑެކެވެ. އެހިތަކީ އެންމެހާ ބައްޓަން ތަކާއި ގޮތްތަކުން ބަރީޢަވެގެންވާ އެއްޗެއްކަމުގައި ވިޔަސް އެހިތަކީ ހުރިހާ ވައްތަރެއްގެ ކަންތައްތަކަކުން ނުފޫޒު ފޯރާފަދަ އެއްޗެކެވެ. އަދި އެހެން މީހުން އެދޭ ފަދަ ކޮންމެ ގޮތަކަށް އެހިތް ލަންބުވައި ލެވިދާނެއެވެ.

09 ނޮވެމްބަރ 2010 (އަންގާރަ)

ޙައުލާ ބިންތް އަލްއަޒްވަރު

ޝާއިޢުކުރީ: އުއްމު ޢަބްދުﷲ

ޙައުލާ އަކީ، ބަނީ އަސަދު ވަންހައިގެ ބޮޑުންގެ ތެރެއިން އެކަކުގެ ދަރިކަނބަލެކެވެ. އަދި އެކަމަނާގެ ޢާއިލާ ވަނީ އިސްލާމް ދީނުގެ އެންމެ ކުރީ ކޮޅުގައި އެދީން ޤަބޫލުކޮށްފައެވެ. އެކަމަނާގެ ބައްޕަގެ ނަމަކީ މާލިކް ނޫންނަމަ ޠާރިޤް ބިން އަވްސް އެވެ. އަދި ކުންޔާއަކީ އަލް-އަޒްވަރުއެވެ. އެކަމަނާގެ ބޭބެ، ޛިރާރް އަކީ ހަނގުރާމަވެރިއެއް އަދި އެވަންހައިގެ ޅެންވެރިޔާވެސް މެއެވެ. އަދި އޭނާއަކީ ވިސްނުން ތޫނުކަމަށް މަޝްހޫރު މީހެކެވެ.

« ފެށުން ފަހަތަށް 1 2 3 4 5 6 7 8 ކުރިއަށް ނިމުން »
ޞަފްޙާ 1 (ޖުމްލަ 10)
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.