ޖިންނިންނާއި ޝައިޠާނުން
03 އޭޕްރީލް 2011 (އާދީއްތަ)

ރުޤުޔާ

ޝާއިޢުކުރީ: އަބޫ ދުޖާނާ

ރުޤުޔާގައި ހިމެނިގެންވަނީ ބަހުންނާއި ލިޔުމުން އެކުލެވިގެންވާ ދުއާތަކާއި ޒިކުރުތަކެވެ. އެ ބޭނުންކުރަނީ ރައްކާތެރިކަމާއި ސަލާމަތްވުމަށެވެ. މިގުޅިފައިވާ އެހެނިހެން ހަރަކާތްތަކަށް ބަލާއިރު ފުމުމާއި، ވަކި އެއްޗެއްގައި އަތް އެޅުން ހިމެނެއެވެ.

ގިނަ ފަހަރަށް, ސިޙުރުވެރިއަކާއި ޝައިތާނަކާއި ދެމެދު އެއްބަސްވުމެއް ވެވެނީ, އެ ސިޙުރުވެރިޔާ ޝިރުކުގެ ބައެއް ޝަޢީރާތައް (އަޅުކަމުގެ އެކިއެކި ކަންތައްތައް) ސިއްރުގައި ނުވަތަ ފާޅުގައިވިޔަސް އަދާކުރުމުންނެވެ. އަދި އެއަށްފަހު، އަނެކާ (އެބަހީ ޝައިޠާނާ) އެސިޙުރުވެރިޔާ ބޭނުންވި ކަންތައް ކޮށްދެއެވެ. ނުވަތަ އެކަން ކޮށްދިނުމަށް އެހެން ޝައިޠާނެއް ފޮނުވައެވެ. ޢާއްމުގޮތެއްގައި, އެއްބަސްވުން ވެވެނީ ސިޙުރުވެރިޔާއާއި، ޖިންނި އަދި ޝައިޠާނުންގެ ޤަބީލާގެ ވެރިއަކާއި ދެމެދުގައެވެ. އެ ސިޙުރުވެރިޔާއަށް މަސައްކަތް ކޮށްދިނުމަށްޓަކައި, ޤަބީލާގެ އަދަބުކުޑަ ޝައިޠާނަކަށް މި ވެރިޔާ އަމުރުކުރެއެވެ. އެއީ އެސިޙުރުވެރިޔާއަށް ކިޔަމަންވުމަށާއި, ކުރީގައި ހިނގާދިޔަ ކަންތައްތައް އޭނާއަށް ކިޔައިދިނުމުގެ ސަބަބުން މީހަކު އޭނާގެ އަނބިމީހާގެ ކައިރިން ދުރުކުރުމަށާއި, ދެމީހެއްގެ ދެމެދުގައި ލޯބީގެ ސިޙުރެއް ޖެއްސުމަށާއި, މީހަކު ނުކުޅުދުންތެރި ކޮށްލުމަށާއި, އަދިވެސް މިނޫން ކަންކަމެވެ.

14 ނޮވެމްބަރ 2010 (އާދީއްތަ)

ޝައިޠާނާއާއި މެދު ސަމާލުވާށެވެ.

ޝާއިޢުކުރީ: އަބޫ މުއާޒް

ﷲ سبحانه وتعالى، އާދަމް ޢަލަހިއްސަލާމް ޚަލްޤު ކުރައްވައި، މަލާއިކަތްބޭކަލުންނަށް އާދަމް ޢަލައިހިއްސަލާމް އަށް ސަޖިދަ ކުރުމަށް އަމުރުކުރެއްވިއެވެ. ހުރިހާ މަލާއިކަތުން ސަޖިދަކުރެއްވިއެވެ. އެހެންނަމަވެސް ޝައިޠާނާ، ﷲ سبحانه وتعالى ގެ އަމުރުފުޅަށް ފާޅުގައި ދެކޮޅުހަދައި އެކަމުން ބަރީއަވިއެވެ. އަދި ޤިޔާމަތާއި ޖެހެންދެން އޭނާ ލެހެއްޓެވުމަށް ﷲ سبحانه وتعالى ގެ ޙަޟްރަތުގައި އެދުނެވެ. (ޝައިތާނާގެ އަމާޒަކީ ދުނިޔެ ނިމެންދެން މީސްތަކުން މަގުފުރެއްދުމެވެ.)

18 އޮކްޓޯބަރ 2010 (ހޯމަ)

ދިވެހިންނާއި ޝައިޠާނިއްޔާ

ޝައްކެއްވެސް ނެތްގޮތުގައި، ﷲ ގެ ނިޢުމަތްތަކަކީ ގުނާ ޢަދަދު ކުރެވޭނެ ނިޢުމަތްތަކެއް ނޫނެވެ. އަދި އިންސީންނާއި ޖިންނީންގެ މައްޗަށްވަނީ އެ ނިޢުމަތްތަކުގެ މައްޗަށް ޝުކުރުވެރިވެ އެއިލާހަށް އަޅުކަންކުރުމެވެ. ނަމަވެސް މިކަމުން، އެއްކިބާ ކުރުވުމަށް މަސައްކަތްކުރާ ޢަދުއްވަކު ވާކަން ހަނދާން ނައްތާލައިގެން ވާކަށްނެތެވެ. އޭނާގެ ބޭނުމަކީ އެއްކައުވަންތަ ﷲ އަށް ކިޔަމަންވެ އަޅުކަންކުރުމުން އެއްކިބާކޮށް، އޭނާގެ ފިޔަވަޅުތަކަށް ތަބަޢުކުރުމެވެ. އެ ޢަދުއްވަކީ، ﷲ ގެ ރަޙްމަތުން ބޭރުކޮށްލެވުނު އިބިލީހެވެ. ޝައިޠާނީ ބައިގަނޑުގެ ވެރިޔާއެވެ. ﷲ ވަޙީކުރެއްވިއެވެ.

ޝާއިޢުކުރީ: އުއްމު ކުލްޘޫމް
ހިމެނޭ ބައި: ޢިބްރަތްތެރި ވާހަކަ

ރަމަޟާން މަހަކީ އެމަހެއްގައި ޖަންނަތުގެ ދޮރުކޮޅުތައް ހުޅުވޭ މަހެވެ. އަދި ޖަހަންނަމައިގެ ދޮރުތައް ބަންދު ކުރެވިގެންވާ މަހެވެ. އަދި ޝައިޠާނުން ކަސްތޮޅު އެޅުވިގެން ވެއެވެ. މިކަމަކީ ހަމަ ޙަޤީޤަތުގައި ވެސް ހިނގާ ކަމެކެވެ. އަހަރެންގެ ވަރަށް އިތުބާރު ހިފޭ، ޖިންނިއާއި ގުޅުން އޮންނަ އެސޮރުމެންގެ ފަރާތުން މަދަދު ހޯދާ، އެކުވެރިޔަކު ވެއެވެ. އޭނާވަނީ މިހާރު އެކަމުން ދުރުވެ ތައުބާ ވެފައެވެ. އޭނާ އަހަންނަށް ކިޔާދިނެވެ.

« ފެށުން ފަހަތަށް 1 2 ކުރިއަށް ނިމުން »
ޞަފްޙާ 1 (ޖުމްލަ 2)
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.