09 ޖުލައި 2011 (ހޮނިހިރު)

އައް ޝައިޚް ފަރީދް ގެ "އެންމެ ބޮޑު ދުޝްމަން" މިދަރުސް ރޭ ބާއްވައިފ

ޝާއިޢުކުރީ: ޚަބަރު ސެކްޝަން
ހިމެނޭ ބައި: ދިވެހިރާއްޖެ
 
(3 ރޭޓް)

މި ދަރުސްގައި ޝައިތާނާގެ އުނދަގޫ ފޯރާނެ އެތައް ގޮތެއްގެ ވާހަކަތައްވެސް ކިޔައިދެއްވިއެވ

އައް ޝައިޚް ފަރީދް ގެ “އެންމެ ބޮޑު ދުޝްމިނަކީ” މި މަޢޫލޫގެ ދަށުން ވަރަށް ފުރިހަމަ ދަރުސްއެއް ރޭ ހެދިގޮނޑުދޮށު ސަރަހައްދުގައި ބާއްވައިފިއެވެ. މި ދަރުސް އަޑުއެހުމަށްޓަކައި ވަރަށް ގިނަ އަދަދެއްގެ މީހުން އެތަނަށް ގޮސްފައިވެއެވެ.

މިހާރު އުފެދިގެން މިއުޅޭ ބައިބައިވުންތަކާއި ޚިޔާލުތަފާތުވުންތަކާއި ހެދި އުފެދިފައިވާ ފިތުނައަކީވެސް ހަމަ އަހަރެމެންގެ އެންމެ ބޮޑު ދުޝްމަން ޝައިތާނާގެ ކަންތައްކަމުގައި ޝައިޚް ފަރީދު އަލިއަޅުވާލާފައިވެއެވެ. އަދި ޝައިތާނާގެ އުނދަގޫ ފޯރާނެ އެތައް ގޮތެއްގެ ވާހަކަތައްވެސް ކިޔައިދެއްވިއެވެ. ވަރަށް ފުރިހަމަކަމާއިއެކު ދެއްވި މި ދަރުސްގައި ޝައިޚް ޑިމޮކްރަސީގެ ނުރައްކަލާއި އިސްލާމީ ޝަރީޢަތެއްގެ ފުރިހަމަކަން ކިޔައިދެއްވައި ދީނީ އަދި އެހެނިހެން ބައިބައިވުންތައް ނައްތާލާ އެންމެން އެކަތިގަނޑަކަށްވެ އިސްލާމީ ޝަރީއަތާ އެއްގޮތަށް ދިއުމަށް ގޮވާލާފައިވެއެވެ.

ދަރުސް ނިންމަވައިލެއްވީ ހުރިހާ އެންމެން ހެޔޮ ޢަމަލު ކުރުން ގިނަކޮށް މިހާރު ކަނޑު ފަޅުތަކުން ރިޒްޤު ތަނަވަސްވާނީވެސް އަމަލުތައް އިސްލާހުކުރުމުންކަމަށް ނަސޭހަތްތެރިވެ އަދި މިހާރު މި ޤައުމަށް ކުރިމަތިވެގެންއުޅޭ ބަލިމަޑުކަމުން ސަލާމަތްވުމަށް އެދި ވަރަށް އަސަރުގަދަ ދުޢާއެއް ކުރެއްވުމަށްފަހުއެވެ.

މަޞްދަރު: އެކުލަވާލެވިފައި

  •   އަޅުގަނޑުމެންގެ ދުޢާގައި މުސްލިމު އަޚުންނާއި އުޚްތުން, މުހާޖިރުންނާއި އަންޞާރުން, އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ﷲގެ މަގުގައި ހަނގުރާމަކުރަށްވަމުންދާ އެންމެހާ މުޖާހިދުންނަށް ނަޞްރު ދެއްވެވުން އެދި ދުޢާކުރެއްވުމަށް ހަނދުމަފުޅު ބަހައްޓަވާ! އަދި އެމަގުގައި ރަހީނުކުރެވިފައިވާ އަޚުންނާއި އުޚްތުން ސަލާމަތްކޮށް ދެއްވެވުން އެދި ދުޢާކުރެއްވުމަށްވެސް ހަނދުމަފުޅު ބަހައްޓަވާ!
މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 12 ޖުލައި 2011         

ޚިޔާލެއް ފާޅުކުރެއްވުމަށް…



އެހެން އަކުރުތަކެއް ދައްކާލާ!

/div>
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.