08 މާރޗް 2010 (ހޯމަ)

ޑިމޮކްރަސީގެ ކުފުރު *މުހިއްމު*

ޝާއިޢުކުރީ: އުއްމު އަމީނާ
 
(1 ރޭޓް)

ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. ”إِنَّ الدِّينَ عِنْدَ اللَّهِ الإسْلامُ … “ ”ހަމަކަށަވަރުން، ﷲ ގެ ހަޟްރަތުގައި ދީނަކީ އިސްލާމްދީނެވެ.“ (ސޫރަތުލް އާލްއިމްރާން 19)

އަދިވެސް ﷲތަޢާލާ ވަހީކުރެއްވިއެވެ.

”…وَرَضِيتُ لَكُمُ الإسْلامَ دِينًا … “ ”….އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި ތިމަން ﷲ ރުހިވޮޑިގެންފީމެވެ…“ (ސޫރަތުލް މާއިދާ 3)

އެހެންކަމުން އަހަރެމެން އަޅުކަން ކުރަނީ އޭގެ މައްޗަށެވެ. އަދި އެއާއި އިދިކޮޅުވާ ހުރިހާ އެއްޗަކުން އަހަރެމެން ބަރީއަވުން ޢިއުލާންކުރަމެވެ. އެކަން ނަފީކުރާ ހުރިހާ އެއްޗަކަށް އަހަރެމެން ކާފިރު ވަމެވެ. އަދި ކާފިރު މަންހަޖުތަކާއި، ނުބައި ގޮތްތަކާއި، ފަސާދަ މަޒްހަބު ތަކާއި އަދި އޭގެއިން މިޒަމާނުގެ ބިދުޢަވެރި ކުފްރު ކަމުގައިވާ ޑިމޮކްރެސީއަށް އިދިކޮޅުވަމެވެ. އެހެންކަމުން، އެއަށް ތަބާވެ، އެއަށް އެދިއްޖެ ކޮންމެ މީހަކު އިސްލާމްދީން ނޫން އެހެން ދީނެއް ޚިޔާރުކޮށްފިއެވެ. މަތިވެރި ވަންތަ ﷲތަޢާލާ ވަހީކުރެއްވިއެވެ:

”وَمَنْ يَبْتَغِ غَيْرَ الإسْلامِ دِينًا فَلَنْ يُقْبَلَ مِنْهُ وَهُوَ فِي الآخِرَةِ مِنَ الْخَاسِرِينَ“
”ދީނެއްގެ ގޮތުގައި އިސްލާމްދީން ނޫން ދީނެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެކަން) ޤަބޫލެއް ނުކުރައްވާ ހުއްޓެވެ.“
(ސޫރަތުލް އާލްއިމްރާން 85)

މިސަބަބަށްޓަކައި، ޑިމޮކްރެސީގެ ދީނާއި އެއްގޮތަށް ޙުކުމް ކުރާ މީހާއަކީ ކާފިރެއްކަމަށް އަހަރެމެން އިޢުލާންކުރަމެވެ. ގާޟީއެއްކަމުގައި ވުމަށް ޚިޔާރުކުރާ މީހާއާއި، މީހަކު އައްޔަން ކުރާ މީހާއާއި، އޭނާގެ ފަރާތުން މީހަކު އެކަމަށް އައްޔަންކުރާ މީހަކު ކާފިރުކުރުން އިއުލާންކުރާ ފަދައިންނެވެ.

”أَمْ لَهُمْ شُرَكَاءُ شَرَعُوا لَهُمْ مِنَ الدِّينِ مَا لَمْ يَأْذَنْ بِهِ اللَّهُ … “
”ނުވަތަ ﷲ، އިޒުނަދެއްވާފައިނުވާ ދީނެއް، އެބައިމީހުންނަށް، ޝަރުޢުކޮށް ކަނޑައަޅައިދިން ޝަރީކުން ތަކެއް އެބައިމީހުންނަށް ވޭހެއްޔެވެ؟…“
(ސޫރަތުއް ޝޫރާ 21)

އަދި ﷲތަޢާލާ ވަހީކުރެއްވިއެވެ:

”اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِنْ دُونِ اللَّهِ … “
”އެބައިމީހުންގެ ޢިލްމުވެރިންނާއި، ފާދިރީންނާއި، މަރިޔަމްގެފާނުގެ ދަރިކަލުން އަލްމަސީޙް (ޢީސާގެފާނު) އަކީ، ﷲ ފިޔަވައި އިލާހުން ކަމުގައި އެބައިމީހުން ހެދީއެވެ.“
(ސޫރަތުއް ތައުބާ 31)

މިހެން ބުނުމާއިއެކުގައި، ޢާންމު މީހުންގެ ތެރެއިން ވޯޓުލުމުގައި ބައިވެރިވާ މީހުންނަކީ ކާފަރުން ކަމުގައި އަހަރެމެން އިޢުލާނެއް ނުކުރަމެވެ. އެހެނީ، އެމީހުންގެ ތެރެއިން ހުރިހާ އެންމެނެއް އެމީހުން އެކަމުގައި ބައިވެރިވުމުން، ޙުކުމްކުރާ އިލާހުން ތަކަކަށް ނޭދެއެވެ. އޭގެ ބަދަލުގައި، އެމީހުންގެ ތެރެއިން ބައެއް މީހުންނަކީ، އެބައިމީހުންގެ ދިރިއުޅުމުގެ ކަންތައްތަކަށް ދުނިޔެވީ ޚިދުމަތްތަކުގެ ޚިދުމަތްތައް ފޯރުކޮށްދޭ މަންދޫބުން ތަކެއް އައްޔަން ކުރުމަށް އެދޭ މީހުންނެވެ. މިކަމުގެ މުޞީބާތްވަނީ ދުރާއި ގާތަށް ފެތުރިފައެވެ. އަދި ވޯޓުގެ ކެންޑިޑޭޓުންގެ މަޤްޞަދުތައް، ޝަރީޢަތް ޢަމަލީ ގޮތުން ހިންގުމާއި އަދި އޭގައި ސީދާގޮތުން ބައިވެރިނުވާ މީހުންގެ މެދުގައި ތަފާތެވެ. އޭގެ މިޘާލަކީ މަންދޫބުންނެވެ. އެސަބަބަށްޓަކައި، ސީދާގޮތުން ސާފު ކުފްރުގެ ޢަމަލުކުރާ މީހުން، މިޘާލަކަށް ޝަރުޢީ އަދި އެފަދަ ކަންތައްތަކުގައި ބައިވެރިވާ މީހުންނަށް ތަކްފީރުކުރާ ފަދައިން އެބައިމީހުންގެ ތެރޭގައި އުޅޭ ވަކިވަކި ފަރުދުންނަށް އަހަރެމެން ތަކްފީރެއް ނުކުރަމެވެ. އަދި އަހަރެމެން ބުނަނީ: ޝަރުޢީ ވޯޓުލުމުގައި ބައިވެރިވުމަކީ ކުފްރުގެ ޢަމަލެކެވެ. އަދި އަހަރެމެން ޢާންމު ކުފްރެއް ނުކުރަމެވެ. އޭގެ ބަދަލުގައި، ކުފްރުގެ ޢަމަލެއްގައި މީހަކު ބައިވެރިވުމާއި އޭނާއަށް ކުފްރުގެ ޙުކުމެއް ޖެހުމާއި ދެމެދުގައި އަހަރެމެން ތަފާތު ކުރަމެވެ. ހެކިތައް ޤާއިމްކުރުމުގައި ކަންތައްތައް މަސްހުނިވެ މައްސަލަ އޮޅުން ބޮޅުން ވެއްޖެނަމަ، އަދި ހަމައެހެންމެ، މިފަދަ މައްސަލަ ތަކުގައިވާ ހިމެނޭ މަޤްސަދުތަކަށްވެސް ބެލެވޭނެއެވެ.

އަޞްލު: This is our Aqeeda އިން ނެގި ތަރުޖަމާ ކުރެވިފައި

މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 08 މާރޗް 2011         

ޚިޔާލެއް ފާޅުކުރެއްވުމަށް…



އެހެން އަކުރުތަކެއް ދައްކާލާ!

/div>
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.