19 ޖޫން 2011 (އާދީއްތަ)

ކާބުލްގެ ސިފައިންގެ މަރުކަޒަކަށް ވަރުގަދަ ހަމަލާއެއް.

ޝާއިޢުކުރީ: ޚަބަރު ސެކްޝަން
ހިމެނޭ ބައި: އަފްޣާނިސްތާން
 
(3 ރޭޓް)
މުޖާހިދުން ދަނީ އަފްޣާނިސްތާނުގެ އެކި ސަރަހައްދު ތަކުގައި ހަމަލާދެމުން

އަފްޣާނިސްތާނުގެ ވެރިކަންކުރާ ރަށް ކާބުލްގައި ހުންނަ ސިފައިންގެ މަރުކަޒަކަށް އިއްޔެގެ މެންދުރު 1 ޖެހިއިރު ދެވުނު އިޝްތިޝްހާދީ ހަމަލާތަކެއްގައި ގޮނޑިކޮއްކޮ ސަރުކާރުގެ ސިފައިންގެ 28 މީހުން މަރުވެ 17 މީހުން ޒަޙަމްވެއްޖެއެވެ. މިހަމަލާ ދީފައިވަނީ އިސްލާމީ އިމާރާތުގެ ހިތްވަރުގަދަ 3 މުޖާހިދުންނެވެ.

ޚަބަރު ލިބުނު ގޮތުގައި ފުރަތަމަ އިޝްތިޝްހާދީ ހަމަލާ ދީފައިވަނީ ސިފައިންގެ މަރުކަޒުގެ ގޭޓުކައިރީގައެވެ. މިހަމަލާގައި 7 ސިފައިން ވަނީ މަރުވެފައެވެ. އެވަގުތު ބާކީތިބި 2 މުޖާހިދުން މަރުކަޒު ތެރެއަށްވަދެ ބަރު އަދި ލުއި ހަތިޔާރުން ހަމަލާދޭން ފެށިއެވެ. މިހަމަލާ ބަދަލު ކުރުން 3 ގަޑިއިރަށް ދެމިގެން ދިޔައެވެ. އެއަށްފަހު އެދެމުޖާހިދުންވެސް އިޝްތިޝްހާދީ ހަމަލާ ދިނެވެ.

މިހަމަލާގައި ސިފައިންގެތެރެއިން މަރުވި 28 މޭހުންގެތެރޭގައި2 އިސް އޮފިޝަލުން ހިމެނެއެވެ.

މަޞްދަރު: އެކުލަވާލެވިފައި

  •   އަޅުގަނޑުމެންގެ ދުޢާގައި މުސްލިމު އަޚުންނާއި އުޚްތުން, މުހާޖިރުންނާއި އަންޞާރުން, އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ﷲގެ މަގުގައި ހަނގުރާމަކުރަށްވަމުންދާ އެންމެހާ މުޖާހިދުންނަށް ނަޞްރު ދެއްވެވުން އެދި ދުޢާކުރެއްވުމަށް ހަނދުމަފުޅު ބަހައްޓަވާ! އަދި އެމަގުގައި ރަހީނުކުރެވިފައިވާ އަޚުންނާއި އުޚްތުން ސަލާމަތްކޮށް ދެއްވެވުން އެދި ދުޢާކުރެއްވުމަށްވެސް ހަނދުމަފުޅު ބަހައްޓަވާ!
މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 19 ޖޫން 2011         

މިލިޔުމަށް ލިބިފައިވާ ޚިޔާލުތައް…  

 
+1 #1 މޫސާ ސަޢޫދު 2011-06-20 07:24
އެކަމު ހަވީރުންވަނީ ތިހަމަލާ ދީފައި ވަނީ ޠާލިބާނުންގެ ބަޔަކު ޖާނުންފިދާވެގެންކަމަށްް ބުނެފަ މިއީ މިހާރު ހުޅަނގުގެ މީޑިއާތަކުގަ ޖެހިގެން އުޅޭ ޚަބަރު ފަތުރާ ވަސީލަޔްތަކުގެހާލު. ތަނެއްދޮރެއްއިނގޭނަމަ ރަނގަޅު.
ޚިޔާލެއް!
 

ޚިޔާލެއް ފާޅުކުރެއްވުމަށް…



އެހެން އަކުރުތަކެއް ދައްކާލާ!

/div>
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.