ކުރީގެ ޢިލްމުވެރިންގެ ލިޔުއްވުން…


އެންމެހައި ހަމްދުޘަނާއެއް ހައްޤުވެގެންވަނީ ﷲ ތަޢާލާއަށެވެ. އަހަރެމެން އެއިލާހަށް ހަމްދުކުރަމެވެ. އަދި އަހަރެމެން އެހީތެރިކަމަށާއި ފާފަފުއްސެވުމަށް އެދެނީވެސް އެއިލާހުގެ ހަޟްރަތުންނެވެ. އަދި ޝައިތާނާގެ ފަރާތުންނާއި އަހަރެމެންގެ ނަފުސްތަކުގެ ނުބައިކަމުން ރައްކާތެރިކަމަށް އެދެނީވެސް އެއިލާހުގެ ހަޟްރަތުންނެވެ. އަދި ﷲ ތަޢާލާ ތެދުމަގު ދައްކަވައިފި މީހަކު މަގު ފުރައްދަވާނޭ މީހަކު ނުވޭ. އަދި ﷲ ތަޢާލާ މަގުފުރައްދައިފި މީހަކަށް ތެދުމަގު ދައްކަވާނޭ މީހަކުވެސް ނުވެއެވެ. އެހެންކަމުން އެއިލާހު ފިޔަވައި އެހެން އެއްވެސް އިލާހަކު އަދި އެއިލާހަށް އެއްވެސް ބައިވެރިއަކު ނުވާކަމަށް އަޅުހެކިވަން އަދި މުހައްމަދުގެ ފާނަކީ ﷲގެ ރަސޫލާ އަދި ނަބިއްޔާކަމަށްވެސް އަޅު ހެކިވަމެވެ.



އަމަލަކާއި އެއްކޮށް އިސްތިޙްލާލް ( އެ އަމަލު ހުއްދަކުރުން ) ވާނަމަ، އެފަދަ މީހުން ދީނުން ބޭރުވާކަމީ އަހްލުއް ސުންނަތް ވަލް ޖަމާޢަތުގެ އިޖްމާއެކެވެ. މީގައި ހިމެނޭ ބައެއް އަމަލުތަކަކީ ޒިނޭ، ރާބުއިން، ވައްކަން ކުރުން، މީހުން މެރުންފަދަ ކަންކަމެވެ. މުސްލިމުންގެ ތެރެއިންވެސް މިފަދަ އަމަލު ކުރާ އެއްވެސް މީހަކު އިސްލިޙްލާލް ނުކުރާނަމަ އެމީހަކަށް ތަކްފީރުކުރުމަކީ ހުއްދަކަމެއް ނޫނެވެ.



މަޝްހޫރު ޢިލްމުވެރިއެއް ކަމައްވާ އިބުނުލް ޤައްޔިމްއަލް ޖައުޒިއްޔާ رَحمه الله، މި ބަޔާން ކުރައްވާ ބަސްފުޅުތައް ލިއުއްވާފައި ވަނީ، އިބުނުލް ޤައްޔިމް رَحمه الله ގެ މަޝްހޫރު ފޮތެއް ކަމައްވާ އައް ޖަވާބުލް ކާފީގައި، އަމިއްލަ ފަރުދަކު ބޮޑެތި ފާފަ ތަކުން ދުރުހެލި ވެވޭނެ މަގެއްކަން އެދި ހުށަހެޅި ފައިވާ ސުވާލެއްގެ ޖަވާބު ގައެވެ.



އިބްރާހިމް އިބްނި އަދްހަމް (رحمه اللّه) އަކީ ތިންވަނަ ޤަރުނުގެ ޢިލްމުވެރިއެކެވެ. އަދި ސުފްޔާން އައްޘައުރީގެ މުދައްރިސެކެވެ. އަދި އެކުވެރިއެއްވެސްމެއެވެ. ﷲ سبحانه وتعالى، سورة غافر ގައި ވަޙީކުރައްވާފައިވާ ބަސްފުޅާބެހޭގޮތުން އެކަލޭގެފާނުގެ އަރިހުގައި ސުވާލު ދެންނެވުނެވެ.



އިބްން އަލްޖައުޒީ (رحمه الله) ވިދާޅުވިއެވެ. .

“އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ދީން މަތިން ހަނދާން ނެތިކޮށްލާ، އަބުރު ދޫކޮށްލާ އަދި ﷲ ގެ ދީނަށް ނަޞްރު ދިނުމަށް ނުކުޅެދުނީ ކީއްވެހެއްޔެވެ؟ އެއިލާހް ތިޔަބައިމީހުންނަކަށް ނަޞްރެއް ނުދެއްވާނެ އެވެ. ތިޔަބައިމީހުން ހީކުރީ ޢިއްޒަތަކީ ކުއްފާރުންގެ އެއްޗެއްކަމުގަހެއްޔެވެ. އެހެނެއްކަމަކު، ﷲ ގެ ހަޟްރަތުގައި، ޢިއްޒަތް ލިބިގެންވަނީ ﷲ އަށާއި، އެއިލާހްގެ ރަސޫލުންނާއި އަދި މުއުމިނުންނަށެވެ.

« ފެށުން ފަހަތަށް 1 2 3 4 5 6 7 8 ކުރިއަށް ނިމުން »
ޞަފްޙާ 1 (ޖުމްލަ 17)
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.