شيخ عبد الله يوسف عزّام (رحمه الله)


“…މީގެ ސަބަބުން، އެބައިމީހުން އިބްން ހަޖަރު އަލް ހައިޘަމީ އަށް ސުވާލު ދެންނެވިއެވެ. “ނަޞާރާއިންނަށް ސަލާމްކުރުމަށްޓަކައި އެބައިމީހުންނަށް މުސްލިމެއްގެ އަތް ދިއްކުރެވޭނެ ހެއްޔެވެ؟” ޖަވާބުގައި އެބޭފުޅާ ވިދާޅުވިއެވެ. “ނޫނެކެވެ. ސަބަބަކީ އެނަޞާރީ މީހާ، ތިބާ ސަލާމްކުރުމުގެ ސަބަބުން އަމާންކަން އިޙްސާސްކުރެވިދާނެތީއެވެ. އެހެންކަމުން އޭނާ ސަލާމްކުރުމަށްޓަކައި ތިބާގެއަތް އޭނާގެ މައްޗަށް އިސްނުކުރާށެވެ.”



އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހް…

ތިބާ އެންމެ ފުރިހަމަ އީމާންކަމާއި އެންމެ ފުރިހަމަ ސިއްޙަތުގައި ވާ ޙާލު މި މެސެޖް ފޯރުކޮށްދެއްވުމަށް ﷲގެ ޙަޟްރަތުގައި ދުޢާ ކުރަމެވެ.

”….ދުނިޔެމަތީގައި އިބްން ތައިމިއްޔާ (رحمه الله) އަށާއި ސައްޔިދު ޤުޠުބު (رحمه الله) އަށް ދިމާވި ކަންތައްތަކާމެދު ވިސްނާލުމުން ﷲތަޢާލާގެ މި ބަސްފުޅުގެ މާނަ ވިސްނެއެވެ.



”…ޖީލެއް އުފެއްދުމަށްޓަކައި މައިންނަކީ ވަރަށް ބޮޑު ދައުރެއް އަދާކުރާ ބައެކެވެ. މަޔަކު އޭނާގެ ދަރިން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރާ މިންވަރަކުން, ކާމިޔާބު ބޮޑުގޮތެއްގައި އުއްމަތް ބިނާކުރެވެއެވެ. އަދި އަބްޠާލުން އުފެއްދުމުގައި އެ އުއްމަތް އިތުރަށް ކާމިޔާބުވެދެއެވެ. ތިބާއަށް މަތިވެރި މީހަކު ފެންނާނީ ވަރަށް މަދުންނެވެ. އެކަމަކު, އޭނާގެ ފަހަތުގައި މަތިވެރި އަންހެނަކު ވެސް ވާނެއެވެ. އެ އަންހެނާ އޭނާގެ ޚުލްޤު ފޯރުކޮށްދީފައި ވަނީ، އެ ފިރިހެނާއަށް (ކުޑައިރު) އެރުވި ކިރުފޮދުންނާއި, އެ ފިރިހެނާ (ކުޑައިރު) ރައްކާތެރިކަން ހޯދި އަރާމު އުނގުންނެވެ.



”އަދި މީގެ ސަބަބުން ނަބިއްޔާ (صلى الله عليه وسلم) ވަނީ އެބައެއްގެ ދޫތަކުން އަހަރެމެން ރުއްސި މީހުން އަހަރެމެންނަށް ހާމަކޮށްދެއްވާފައެވެ. އެއީ އެކަލޭގެފާނު މިބަސްފުޅުންނެވެ. ”އެބައިމީހުންގެ މޫނު މައްޗަށް ވެލިމުށެއް ޖަހާށެވެ.“ މާނައަކީ، މީސްތަކުންގެ ކުރިމަތީގައި އެމީހުންނަށް ތަޢުރީފު ކުރާ މީހުންގެ މޫނުތައް ވާހަކައެވެ. ހަމައެއާއިއެކު އޭނާގެ އަޚާގެ ކުރިމަތީގައި އަޚާއަށް ތަޢުރީފު ކުރި މީހާއަށް ނަބިއްޔާ (صلى الله عليه وسلم) ޙަދީޘް ކުރެއްވެވިއެވެ. ”ކަލޭގެ އަޚާގެ ބުރަކަށި ކަލޭ ބިންދާލައިފި އެވެ.“ އެހެންކަމުން، ތިބާގެ އަޚާގެ ކުރިމަތީގައި އޭނާއަށް ތަޢުރީފު ކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އޭނާގެ ކުށަކާއި މެދުގައި ވާހަކަ ދައްކަންޖެހޭ ފަދަ ޙާލަތެއްގައި މެނުވީއެވެ.



އަހަރެން މިދީނަށް ނަޒަރު ހިންގާލުމުން އަދި މިދީނުގެ ނިޝާން ތަކާއި އަޅުކަމުގައިވީ ގިނަ ތަޖުރިބާ ތަކުން އަހަރެންނަށް އެނގުނު ގޮތުގައި އަޅާގެ މައްޗަށް އެންމެ ބުރަވެގެންވާ އަޅުކަމަކީ ޖިހާދު ކުރުމެވެ. އެހެންކަމުން މި އުދަގޫތަކާއިހުރެ އިސްލާމްދީނުގެ އެންމެމަތީ ދަރަޖައެއް ދެވިފައި ވަނީވެސް ޖިހާދަށެވެ. ﷲ سبحانه وتعالى މުޖާހިދުންނަށްޓަކައި ތައްޔާރު ކުރައްވަވާފައިވާ އަޖުރަކީ އޭގެން އުނި ކުރެވުމެއް ނުވާ މަތިވެރި އަޖުރެކެވެ.

« ފެށުން ފަހަތަށް 1 2 3 4 ކުރިއަށް ނިމުން »
ޞަފްޙާ 1 (ޖުމްލަ 4)
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.