27 ޖޫން 2011 (ހޯމަ)

އަބްޔަނުގެ އިސްލާމީ އިމާރާތުގެ ކުށެއްނެތް ޢާއްމު ރައްޔިތުންނަށް އަމާޒުކޮށް އެމެރިކާގެ ޑްރޯންތައް ޙަމަލާދެނީ

ޝާއިޢުކުރީ: ޚަބަރު ސެކްޝަން
ހިމެނޭ ބައި: މެދުއިރުމަތިން
 
(3 ރޭޓް)
މުސްލިމުންނަށް ހަމަހިމޭންކަން ލިބި، ޝަރީޢަތް ޤާއިމްކުރަން ޤަޞްދުކުރާ ކޮންމެތަނަކަށް ޙަމަލާދިނުމުގައި، ކުފުރުގެ ބާރުތަކާއި އަޢުވާނުން މަސައްކަތްކުރަމުންދޭ.

ޔަމަނުގެ ސަރުކާރުގެ ސަރަޙައްދެއްގެ ގޮތުގައި ކުރީގައިއޮތް، އަބްޔަން، މިއަދުގެ ނަމުންނަމަ “އަބްޔަނުގެ އިސްލާމީ އިމާރާތު”ގެ އަވަށެއް ކަމަށްވާ ޖާރު އަށް، އެމެރިކާގެ ޖާސޫސީ ޑްރޯންތަކުގެ ޙަމަލާތައް އަމާޒުކޮށްފިއެވެ. ހޮނިހިރު ދުވަހުގެ މި ޙަމަލާތަކުގައި ކުށެއްނެތް 6 މުސްލިމުން ހާނީއްކަވިއެވެ.

ރިޕޯޓުބުނާގޮތުން، ބޮޑު ޓެރަރިސްޓު އޮބާމާގެ ސަރުކާރުންވަނީ ޖޫން މަސް ފެށުނުފަހުން، މަދުވެގެން 18 ޙަމަލާ ދީފައެވެ. އެމީހުންގެ ދަޢުވާއަކީ ޢަރަބި ޖަޒީރާގެ އަލްޤައިދާ މުސްލިމު މުޖާހިދުންގެ ބޮޑުން ޤަތުލްކޮށްލުން ކަމުގައިވީނަމަވެސް، ޙަމަލާތަކުގައި ގެއްލުންލިބި ޝަހީދުވެފައިވަނީ ޢާއްމު މުސްލިމު އަޚުންނާއި އުޚްތުންނެވެ. އަދި މުސްލިމު މުޖާހިދުންނަކަށް އެއްވެސް ގެއްލުމެއް މިހާތަނަށް ފޯރައިފައެއް ނުވެއެވެ.

އެމެރިކާ ޑްރޯންތަކުގެ އިތުރުން، އެމެރިކާނުންގެ ގޮނޑިކޮއްކޮ ރައީސް ޞާލިޙުގެ ސިފައިންނާއި ޢަސްކަރީ ވައިގެ އުޅަނދުތަކުންވަނީ، ޖާރަށާއި ރަށްބޭރަށް ޙަމަލާތައް ދީފައެވެ. މިޙަމަލާތައް އަމާޒުކުރެވުނީ 1990 ގެ ފަހުކޮޅުން ފެށިގެން މިއަދާ ހަމައަށް ޞާލިޙުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުން އަންނަ ޤާއިދު ޝައިޚް ޚާލިދު ޢަބްދުއްނަބީގެ މުޖާހިދުންނާ ދެކޮޅަށް ކަމުގައި، ޔަމަނުގެ ބައެއް ޚަބަރުތަކުން ބުނަމުންދެއެވެ.

އަބްޔަނުގެ އިސްލާމީ އިމާރާތް އިޢުލާނުކުރި ފަހުން، މިދިޔަ ދެހަފްތާ ތެރޭ އެމެރިކާ އަދި ޞާލިޙުގެ ސިފައިންގެ ޙަމަލާތަކުގެ ސަބަބުން، 200 އަށްވުރެ ގިނަ ކުށެއްނެތް ޢާއްމު ރައްޔިތުން ޤަތުލްވެފައިވާ ކަމުގައި ޚަބަރުތަކުން ބުނެއެވެ.

މަޞްދަރު: އެކުލަވާލެވިފައި

  •   އަޅުގަނޑުމެންގެ ދުޢާގައި މުސްލިމު އަޚުންނާއި އުޚްތުން, މުހާޖިރުންނާއި އަންޞާރުން, އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ﷲގެ މަގުގައި ހަނގުރާމަކުރަށްވަމުންދާ އެންމެހާ މުޖާހިދުންނަށް ނަޞްރު ދެއްވެވުން އެދި ދުޢާކުރެއްވުމަށް ހަނދުމަފުޅު ބަހައްޓަވާ! އަދި އެމަގުގައި ރަހީނުކުރެވިފައިވާ އަޚުންނާއި އުޚްތުން ސަލާމަތްކޮށް ދެއްވެވުން އެދި ދުޢާކުރެއްވުމަށްވެސް ހަނދުމަފުޅު ބަހައްޓަވާ!
މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 26 ޖޫން 2011         

ޚިޔާލެއް ފާޅުކުރެއްވުމަށް…



އެހެން އަކުރުތަކެއް ދައްކާލާ!

/div>
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.