ޣައިބުގެ ޢިލްމު
02 ޖުލައި 2011 (ހޮނިހިރު)

އިންސާނާގެ މަރު

ޝާއިޢުކުރީ: އިބްނު އުމަރު
ހިމެނޭ ބައި: ދީނީ ލިޔުން (ނަކަލް)

ހިނގާ ކޮންމެ ސިކުންތަކާއެކު ތިމާގެ އުމުރުކުރުވަމުން އަންނަކަން އިޙްސާސް ކުރެވޭހެއްޔެވެ؟ ޝައްކެއްވެސް ނެތެވެ. މިދުނިޔެއަށް އުފަންވާ ކޮންމެ މީހަކީ މަރުގެ ރަހަ ދެކޭނެމީހެކެވެ. މިގޮތުން އެތައް ބަޔަކު މިހާރު މަރުވެއްޖެއެވެ. އެމީހުންގެ ތެރޭން ވަރަށް މަދު ބައެއް ފިޔަވާ ނިޝާން ވެސް ފެންނާކަށް ނެތެވެ. މިހާރު މިދުނިޔޭގައި ތިބި އެންމެވެސް، ކަނޑައެޅިފައިވާ ވަގުތެއްގައި މަރުވާނެކަމެވެ. ނަމަވެސް އަހަރެމެން މިދުނިޔޭގައި އުޅޭއިރު، އެކަމުގެ މައްޗަށް މާބޮޑު ސަމާލުކަމެއް ނުދެމުއެވެ.

ޝާއިޢުކުރީ: އަބޫ ދުޖާނާ

ޢަބޫ ސަޢީދުލް ޚުދުރީ (رضى الله عنه)ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ (صلى الله عليه وسلّم) އެކަލޭގެފާނުގެ ޞަހާބީންނަށް ހަދީޘް ކުރެއްވީތީ ތިމަން އަޑުއެއްސެވީމެވެ. ތިޔަބައިމީހުންގެ އިސްވެގޮސްފައިވާ މީހުންގެ ތެރެއިން މީހަކު ބުނެ އުޅެތެވެ. ﷲ ތަޢާލާ އޭނާއަށް ދަރީންނާއި މުދާ ދެއްވިއެވެ.

ޝާއިޢުކުރީ: އުއްމު ކުލްޘޫމް
ހިމެނޭ ބައި: ޢިބްރަތްތެރި ވާހަކަ

ރަމަޟާން މަހަކީ އެމަހެއްގައި ޖަންނަތުގެ ދޮރުކޮޅުތައް ހުޅުވޭ މަހެވެ. އަދި ޖަހަންނަމައިގެ ދޮރުތައް ބަންދު ކުރެވިގެންވާ މަހެވެ. އަދި ޝައިޠާނުން ކަސްތޮޅު އެޅުވިގެން ވެއެވެ. މިކަމަކީ ހަމަ ޙަޤީޤަތުގައި ވެސް ހިނގާ ކަމެކެވެ. އަހަރެންގެ ވަރަށް އިތުބާރު ހިފޭ، ޖިންނިއާއި ގުޅުން އޮންނަ އެސޮރުމެންގެ ފަރާތުން މަދަދު ހޯދާ، އެކުވެރިޔަކު ވެއެވެ. އޭނާވަނީ މިހާރު އެކަމުން ދުރުވެ ތައުބާ ވެފައެވެ. އޭނާ އަހަންނަށް ކިޔާދިނެވެ.

30 އޮގަސްޓް 2010 (ހޯމަ)

އާޚިރަތް ޚިޔާރުކުރާށެވެ!

ޝާއިޢުކުރީ: އަބޫ ޖައްރާޙް

އެންމެހާ މުސްލިމް އަޚުންނާއި އުޚުތުންނޭވެ! ދުނިޔޭގެ އެކިކަންކޮޅުތަކަށް ނަޒަރު ހިންގާލައިފިނަމަ ތިޔަ އަޚުންނާއި އުޚްތުންނަށް ފެންނާނެއެވެ. ދުނިޔަވީ އެކިއެކި ކަންކަމުގައި އިންސާނުންތައް މަސްޢޫލްވެފައި ވަނިކޮށެވެ. ދުނިޔޭގެ ދިރިއުޅުމަށްޓަކައެވެ. ހޭބޯނާރާ އެބައިމީހުން އެބައިމީހުންގެ މަސައްކަތުގައި އަވަދިނެތި އުޅެއެވެ. އަދި އެކަކު އަނެކަކަށްވުރެ މަސައްކަތުގައި ކުރިއަރައިގެން ދިއުމަށްޓަކައެވެ. މުއްސަނދިކަމާއި ފައިސާވެރިކަމުގެ ބޭނުމުގައެވެ. އެކަމުގައި ކުރިއެރުމަށްޓަކައި އެބައިމީހުން ޤުރުބާންވެއެވެ. އެބައިމީހުންގެ ނަފްސުތަކުންނާއި މުދަލުންނެވެ. އެބައިމީހުންގެ ޝުޢޫރަކީ ކޮބައިތޯ އެބައިމީހުންނާއި ސުވާލު ކޮށްލައިފިނަމަ ބުނެއެވެ:” މިއީ އަހަރެން ވަރަށް އުންމީދުކުރާ ކަމެކެވެ. މިއީ އަހަރެންގެ ވަރަށް ފޮނި ހުވަފެނެކެވެ.“

ޝާއިޢުކުރީ: އުއްމު ޢަބްދުﷲ

ޖަންނަތަކީ ވަރަށް އުސްތަނެކެވެ. އަދި އުސްވެގެންވާ ތަންތަނަށް އެރުމަކީ އެކަމަކަށްޓަކައި ވަރަށް ބޮޑު ހިތްވަރާއި މިންނަތު ބޭނުންވާ ކަމެކެވެ. ޖަންނަތަށް ދިއުމުގެ މަގު ވަނީ، އިންސާނާގެ އެދުންތަކާއި ލެނބޭ ލެނބުންތަކާއި ދެކޮޅަށްވާ ކަންތައްތައްކުން ފުރިގެންނެވެ. މިކަމަށްޓަކައި ވަރަށް ވަރުގަދަ ސާބިތުކަމަކާއި ހިތްވަރެއް ބޭނުންވެއެވެ. ބުޚާރީ އަދި މުސްލިމްގައި އަބޫ ހުރައިރާ (رضي الله عنه) ގެ ކިބައިން ރިވާވެގެންވާ ޙަދީޘްއެއްގައިވަނީ ނަބިއްޔާ (صلى الله عليه وسلم) މިފަދައިން ޙަދީޘް ކުރެއްވި ކަމަށެވެ. ”ނަރަކަ ފަރުދާކުރެވިގެންވަނީ އެދުންތަކުންނެވެ. އަދި ޖަންނަތް ފަރުދާވެގެންވަނީ ދަތި އުދަނގޫ ކަންތައްތަކުންނެވެ.“

« ފެށުން ފަހަތަށް 1 2 3 4 ކުރިއަށް ނިމުން »
ޞަފްޙާ 1 (ޖުމްލަ 4)
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.