شيخ محمد صالح العثيمين (رحمه الله)


ނަމާދަށް ބަންގިގޮވާ އަޑު އިވޭ ބިމެއްގައި ނަމާދު ޤަޞްރުކުރުމުގެ ޙުކުމް

ސުވާލު: ބަންގީގެ އަޑު އިވިފައި، ޖަމާޢަތުގައި ނަމާދުކުރުމަށް ނުގޮސް، ނަމާދު ޤަޞްރުކޮށް، (އަދި) ރަށުގައި ޖަމްޢުކުރާ މީހާ ފާފަވެރިވާނެތޯ؟

ޖަވާބު: ދަތުރުވެރިއެއް ނުވަތަ ޤާއިމްވެހުރި މީހެއްކަމަކު، ބަންގި ދޭ އަޑު އިވިއްޖެ ކޮންމެ މީހަކު، މިސްކިތަށް ދިއުމަކީ ވާޖިބުވެގެންވާ ކަމެކެވެ. ފަހެ، އޭނާއަކީ ދަތުރުވެރިއަކަށް ވެފައި، ރަށަށް އައީ ދުވަހަކަށް ނުވަތަ ދެ ދުވަހަށް، ނުވަތަ ގަނޑިއިރަކަށް ނުވަތަ ދެގަޑިއިރަށް ކަމަށްވެފައި، ބަންގި ގޮވާ އަޑު އޭނާއަށް އިވިއްޖެނަމަ، ޖަމާޢަތުގައި ނަމާދުކުރުން އޭނާގެ މައްޗަށް ވާޖިބުވެގެންވެއެވެ. އަދި އެފަދައިން ކަންތައް ނުކޮށްފިނަމަ ފާފަވެރިވާނެއެވެ.



ޙަމްދު ހުރީ ﷲ އަށެވެ. ﷲ ތަޢާލާގެ ގެކޮޅުކަމުގައިވާ މާތް ޙަރަމްފުޅަށް ޙައްޖުވުމަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. އަދި އިސްލާމްދީނުގެ އަސާސްތަކުގެ ތެރެއިން އެންމެ މުހިއްމު އެއް އަސާސެވެ. އެހެނީ ނަބިއްޔާ (صلى الله عليه وسلم) ޙަދީޘް ކުރެއްވިއެވެ. ”އިސްލާމްދީން ބިނާވެގެންވަނީ 5 ރުކުނެއްގެ މައްޗަށެވެ. ޝަހާދަތުގެ ދެކަލިމައަށް ހެކިވުމާއި، ނަމާދު ޤާއިމްކުރުމާއި، ޒަކާތް ދިނުމާއި، ރަމަޟާން މަހު ރޯދަ ހިފުމާއި އަދި ﷲ ތަޢާލާގެ ގެކޮޅުކަމުގައިވާ މާތް ޙަރަމްފުޅަށް ޙައްޖުވުމެވެ.“



ކިތާބުއް ތަޥްޙީދުގެ ފުރަތަމަ ބާބުގައި އިމާމް މުޙައްމަދު ބިން ޢަބްދުލް ވައްހާބް (رحمه الله)، މުޢާޛު (رضي الله عنه) ގެ ޙަދީޘް ގެންނަވައެވެ. އެޙަދީޘްގައި ރަސޫލާ (صلى الله عليه وسلم) މުޢާޛް (رضي الله عنه) އަށް ޙަދީޘްކުރައްވަނީ، ”އަޅުތަކުންގެ މައްޗަށްވާ ﷲ ތަޢާލާގެ ޙައްޤަކީ، އެބައިމީހުން އެކަލާނގެއާއި އެއްވެސް އެއްޗަކާއި ބައިވެރިނުކުރުމެވެ. އަދި ﷲ ތަޢާލާގެ މައްޗަށްވާ އަޅުތަކުންގެ ޙައްޤަކީ، އެބައިމީހުން އެކަލާނގެއާއި އެއްވެސް އެއްޗަކާއި ބައިވެރިނުކޮށްފިނަމަ އެބައިމީހުންނަށް ޢަޒާބު ނުދެއްވުމެވެ.“ އަދި މުޢާޛު (رضي الله عنه) ވިދާޅުވިއެވެ. ”އޭ ﷲގެ ރަސޫލާއެވެ! މީސްތަކުންނަށް ހެޔޮ ޚަބަރު ނުދެއްވަންވީތޯއެވެ؟“



”ހިލްޔަތު ޠާލިބް އަލްޢިލްމު“ ގައި ޝެއިޚް ބަކްރު އަބޫ ޒައިދު (رحمه الله) ވިދާޅުވެފައިވެއެވެ. ”…މުއްސަނދި އަދި އަރާމު ދިރިއުޅުމުގައި ނުޖެހޭށެވެ…“ މިވިދާޅުވުމާއި ބެހޭގޮތުން ޝެއިޚް ޢުޘެއިމީން (رحمه الله) ވިދާޅުވިއެވެ.



ﷲތަޢާލާ ވަހީކުރެއްވެވިއެވެ. ”الَّذِي يَرَاكَ حِينَ تَقُومُ (*)وَتَقَلُّبَكَ فِي السَّاجِدِينَ“ ”އެކަލާނގެއީ، ކަލޭގެފާނު (ނަމާދަށް) ތެދުވެވަޑައިގަންނަވާ ހިނދު، ކަލޭގެފާނު ދެކެވޮޑިގެންވާ ކަލާނގެއެވެ. އަދި ސަޖިދަކޮށް ނަމާދު ކުރާ މީހުންގެ ތެރޭގައި ކަލޭގެފާނު ހަރަކާތްތެރިވެ ވަޑައިގަންނަވާތަންވެސް އެކަލާނގެ ދެކެވޮޑިގެންވެއެވެ “(ސޫރަތު އައް-ޝުޢަރާ 219-218) ”وَهُوَ مَعَكُمْ أَيْنَ مَا كُنْتُمْ“ ”އަދި ތިޔަބައިމީހުންވީ ކޮންމެ ތަނެއްގައި، ތިޔަބައިމީހުންނާއިއެކު، އެކަލާނގެ ވޮޑިގެންވެއެވެ.“ (ސޫރަތުލް ޙަދީދް 4)

« ފެށުން ފަހަތަށް 1 2 ކުރިއަށް ނިމުން »
ޞަފްޙާ 1 (ޖުމްލަ 2)
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.