25 ޖޫން 2011 (ހޮނިހިރު)

އީމާންކަން އިތުރުވުމާއި އުނިވުން.

ޝާއިޢުކުރީ: އަބޫ ދުޖާނާ
 
(5 ރޭޓް)

އަލް އިމާމް ބުޚާރީ އެކަލޭގެފާނުގެ ފޮތުގައި “އީމާންކަން އިތުރުވުމާއި އުނިވުމުގެ ވާހަކަ ނަންގަތް ބާބު” މިސުރުޚީގެ ދަށުން ބާބު ނަންގަވައި މިސުރުޚީގެ މުހިއްމުކަން މީސްތަކުންނަށް އެންގެވިއެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

” …إِنَّهُمْ فِتْيَةٌ آَمَنُوا بِرَبِّهِمْ وَزِدْنَاهُمْ هُدًى”

މާނައީ: “….އެއުރެންނީ އެއުރެންގެ ވެރިރަސްކަލާނގެއަށް އީމާންވެ، އެއުރެންނަށް، ތިމަންރަސްކަލާނގެ ތެދުމަގު އިތުރުކުރައްވާފައިވާ ޒުވާން ފިރިހެނުން ތަކެކެވެ.” (الكهف : 13)

އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

وَمَا جَعَلْنَا أَصْحَابَ النَّارِ إِلَّا مَلَائِكَةً وَمَا جَعَلْنَا عِدَّتَهُمْ إِلَّا فِتْنَةً لِلَّذِينَ كَفَرُوا لِيَسْتَيْقِنَ الَّذِينَ أُوتُوا الْكِتَابَ وَيَزْدَادَ الَّذِينَ آَمَنُوا إِيمَانًا وَلَا يَرْتَابَ الَّذِينَ أُوتُوا الْكِتَابَ وَالْمُؤْمِنُونَ وَلِيَقُولَ الَّذِينَ فِي قُلُوبِهِمْ مَرَضٌ وَالْكَافِرُونَ مَاذَا أَرَادَ اللَّهُ بِهَذَا مَثَلًا كَذَلِكَ يُضِلُّ اللَّهُ مَنْ يَشَاءُ وَيَهْدِي مَنْ يَشَاءُ وَمَا يَعْلَمُ جُنُودَ رَبِّكَ إِلَّا هُوَ وَمَا هِيَ إِلَّا ذِكْرَى لِلْبَشَرِ

މާނައަކީ: “އަދި ނަރަކައިގެ ބަނޑޭރިން ކަމުގައި، ތިމަންރަސްކަލާނގެ މަލާއިލަތުން މެނުވީ ނުލައްވަމެވެ. އަދި ކާފިރުވި މީހުންނަށް އިމްތިޙާނެއްކަމުގައި މެނުވީ އެ މަލާއިކަތުންގެ ޢަދަދު ނުލައްވަމެވެ. (އެއީ) ފޮތް ލިބުނު މީހުންނަށް ޔަޤީންވުމަށާއި، އަދި އީމާންވި މީހުންގެ އީމާންކަން އިތުރުވުމަށާއި، އަދި ފޮތް ލިބުނު މީހުންނާއި އީމާންވި މީހުން ޝައްކު ނުކުރުމަށްޓަކައެވެ. މި މިޘާލުން ﷲ އިރާދަކުރެއްވީ ކޮންއެއްޗެއް ބާވައެވެ؟ އެފަދައިން ﷲ އިރާދަކުރައްވާ މީހަކު މަގުފުރައްދަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ތެދުމަގު ދައްކަވަތެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ލަޝްކަރުގެ ޢަދަދު، އެކަލާނގެ މެނުވީ ދެނެވޮޑިގެން ނުވެތެވެ. އަދި އާދަމްގެ ދަރިންނަށް ޢިބްރަތްތެރި ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ، އެނަރަކަ ނުވެއެވެ.” (المدثر : 31)

އަދިވެސް ވަޙީކުރެއްވިއެވެ.

“…الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا…”

މާނައީ: …”މިއަދު ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ.”…. (المائدة :3)

މިއާޔަތުން ދޭހަކޮށްދެނީ މިދީނުގެ ފުރިހަމަކަމުގެ ތެރެއިން އެއްވެސް އެއްޗެއް ނުވަތަ އެއްވެސް ކަމެއް ދޫކޮށްލައިފިނަމަ އީމާންކަން އުނިވެދާނެކަމެވެ. ނުވަތަ އީމާންކަން ފުރިހަމަ ނުވާނެއެވެ. އަދި މިދީނަށް އުނި އިތުރުކުރުމެއް ނުވާކަމެވެ.

أنس رضي الله عنهގެ އަރިހުން ރިވާވެގެންވެއެވެ. نبي صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “އެމީހެއްގެ ހިތުގައި ހެޔޮކަމުގެ ހިމަގޮދަން (ބާރުލީ)އޮށެއްގެ މިންވަރު އޮތްޙާލު لاإله إلاالله (الله ފިޔަވައި އެހެން އިލާހަކު ނުވެއެވެ) ކިޔައިފިމީހާ ނަރަކައިން ނުކުންނަ ހުއްޓެވެ. އަދި އެމީހެއްގެ ހިތުގައި ހެޔޮކަމުގެ ގޮދަން އޮށެއްގެ މިންވަރު އޮވެފައި لاإله إلاالله (الله ފިޔަވައި އެހެން އިލާހަކު ނުވެއެވެ) ކިޔައިފިނަމަވެސް އެމީހަކު ނަރަކައިން ނުކުންނަހުއްޓެވެ. އަދި އެމީހެއްގެ ހިތުގައި ހެޔޮކަމުގެ ޒައްރެއް (ނުވަތަ ކުޑަ ހިންޏެއް) ގެ މިންވަރު ވިޔަސް އޮވެފައި لاإله إلاالله (الله ފިޔަވައި އެހެން އިލާހަކު ނުވެއެވެ) ކިޔައިފިނަމަ، އެމީހަކު ނަރަކައިން ނުކުންނަހުއްޓެވެ.” އެހެން ރިވާޔަތެއްގައި “ހެޔޮކަމެއްގެ މިންވަރު” މިތަންކޮޅުގެ ބަދަލުގައި އޮތީ “އީމާންކަމުގެ މިންވަރެވެ.” (ބުޚާރީ)

عمربن الخطاب رضي الله عنهގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ޔަހޫދީންގެ މީހަކު (އެމީހަކީ كَعْبُ الْأَحْبَارއެވެ.) އެކަލޭގެފާނަށް (ޢުމަރުގެފާނަށް) ދެންނެވިއެވެ. “އޭ މުއުމިނުތަކުންގެ އަމީރެވެ! ތިޔަބޭކަލުންގެ ފޮތުގައި، ތިޔަބޭކަލުން ކިޔަވައި އުޅޭ އާޔަތެއް ވެއެވެ. އެއާޔަތް އަޅުގަނޑުމެން ޔަހޫދީންގެ ޖަމާޢަތުގެ މައްޗަށް ބާވައިލެއްވުނުނަމަ، އެދުވަހަކީ ޢީދެއްކަމުގައި އަޅުގަނޑުމެން ހެދީމުހެވެ.” އެކަލޭގެފާނު (ޢުމަރުގެފާނު) ވިދާޅުވިއެވެ. “(އެއީ) ކޮން އާޔަތެއް ހެއްޔެވެ؟” އޭނާ ދެންނެވިއެވެ. (އެއީމިއާޔަތެވެ.) “މިއަދު ތިމަން الله ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ދީން ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަން الله ތިޔަބައިމީހުންގެ މައްޗަށް ތިމަން الله ގެ ނިޢުމަތް ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަން الله ތިޔަބައިމީހުންނަށް އިސްލާމް އެއީ ދީނެއްކަމުގައި ރުއްސަވައިފީމެވެ.”(المائدة : 3)

(އޭނާގެ ވާހަކައާއި ބެހޭގޮތުން) عمررضي الله عنه ވިދާޅުވިއެވެ. “ހަމަކަށަވަރުން އެއީ ކޮންދުވަހެއް ކަމާއި، نبي صلى الله عليه وسلمގެ މައްޗަށް އެއާޔަތް ބާވައިލެއްވުނު ތަން އަހުރެމެން ދަންނަމުއެވެ. އެއީ ހުކުރު ދުވަހެކެވެ. (އެއާޔަތް) ބާވައިލެއްވުނު އިރު نبي صلى الله عليه وسلمހުއްޓިވަޑައިގެން ހުންނެވީ ޢަރަފާތުގައެވެ.” (ބުޙާރީ)

މަޞްދަރު: އަލް އިމާމް ބުޚާރީ އެކަލޭގެފާނުގެ ފޮތުގައި “އީމާންކަން އިތުރުވުމާއި އުނިވުމުގެ ވާހަކަ ނަންގަތް ބާބު”.

މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 25 ޖޫން 2011         

ޚިޔާލެއް ފާޅުކުރެއްވުމަށް…



އެހެން އަކުރުތަކެއް ދައްކާލާ!

/div>
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.