امام ابن القيّم الجوزي (رحمه الله)


މަޝްހޫރު ޢިލްމުވެރިއެއް ކަމައްވާ އިބުނުލް ޤައްޔިމްއަލް ޖައުޒިއްޔާ رَحمه الله، މި ބަޔާން ކުރައްވާ ބަސްފުޅުތައް ލިއުއްވާފައި ވަނީ، އިބުނުލް ޤައްޔިމް رَحمه الله ގެ މަޝްހޫރު ފޮތެއް ކަމައްވާ އައް ޖަވާބުލް ކާފީގައި، އަމިއްލަ ފަރުދަކު ބޮޑެތި ފާފަ ތަކުން ދުރުހެލި ވެވޭނެ މަގެއްކަން އެދި ހުށަހެޅި ފައިވާ ސުވާލެއްގެ ޖަވާބު ގައެވެ.



މީހަކު އޭނާގެ ދުވަސް ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކާ މެދު ފިކުރެއްނެތި ހޭދަކޮށްފި މީހާ، ﷲ އޭނާ ފިކުރު ކުރަން ޖެހޭ ހުރިހާ ކަމަކާ އޭނާގެ ހުރިހާ ބޭނުންތަކެއް ފުއްދަވާނެތެވެ. އޭނާގެ ހިތް ﷲ ހުސްކުރައްވާ ހަމަ އެކަނި ﷲ އަށްވާ ލޯބިން ފުރުއްވާނެތެވެ. އޭނާގެ ދުލުން ﷲ ހަނދުމަކުރުން (ޛިކްރު ފިޔަވައި ބޭރުނުކުރައްވާނެތެވެ.) އަދި އޭނާގެ ހުރިހާ ގުނަވަނެއް ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމަށް މެދުވެރި ކުރައްވާނެ އެވެ.



ﷲތަޢާލާ ވަހީކުރެއްވެވިއެވެ.

”يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الأمْرِ مِنْكُمْ فَإِنْ تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِنْ كُنْتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الآخِرِ ذَلِكَ خَيْرٌ وَأَحْسَنُ تَأْوِيلا“



”ބުއްދިވެރިއަކު މީސްތަކުންނަށް ދުނިޔެ ދޫކޮށްލުމަކަށް އަމުރެއް ނުކުރާނެއެވެ. އެހެނީ މިއީ އެބައިމީހުންނަށް ނުވާނެ ކަމަކަށް ވާތީއެވެ. އޭގެ ބަދަލުގައި އެމީހުން ދުނިޔެވީ ދިރިއުޅުމެއް ހޭދަކުރަމުންދާ ހިނދު އެބައިމީހުންގެ ފާފަތައް ދޫކޮށްލުމަށް އެބައިމީހުންނަށް ދަޢުވަތު ދެވިދާނެއެވެ. އެހެނީ ދުނިޔެ ދޫކޮށްލުމަކީ އިޚްތިޔާރީ ކަމަކަށްވީއިރުގައި ފާފަތައް ދޫކޮށްލުމަކީ ވާޖިބުކަމެކެވެ. އެހެންކަމުން، ވާޖިބު ކަންތައް ފުރިހަމަ ނުކުރާ އިރުގައި އިޚްތިޔާރީ ކަމެއް ކުރުމަށް އެމީހުންގެ މައްޗަށް އަމުރު ކުރާނީ ކިހިނެތް ހެއްޔެވެ؟



ބިރުވެތިވާ ކަމުގެ ޢަލާމާތްތައް

ދަންނާށެވެ! މުސްލިމު އަޚުންނާއި އުޚްތުންނޭވެ! އަހަރެމެން ﷲ ތަޢާލާ އަށް ބިރުވެތި ވާކަމާއި ނުވަތަ އެކަލާނގެ ދަނެގަންނަ ކަން ކުދި ޓެސްޓަކުން ހޯދިދާނެއެވެ. ތިރީގައި މިވަނީ އޭގެ ތެރެއިން ބައެކެވެ:

« ފެށުން ފަހަތަށް 1 2 3 4 5 6 7 8 ކުރިއަށް ނިމުން »
ޞަފްޙާ 1 (ޖުމްލަ 11)
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.