11 ޖުލައި 2010 (އާދީއްތަ)

ﷲ އަށް ބިރުވެތިވާ ކަމުގެ ޢަލާމާތްތައް، އޭގެ ސަބަބުތައް އަދި އޭގެ މޭވާތައް

ޝާއިޢުކުރީ: އުއްމު ޢަބްދުﷲ
 
(1 ރޭޓް)

ބިރުވެތިވާ ކަމުގެ ޢަލާމާތްތައް

ދަންނާށެވެ! މުސްލިމު އަޚުންނާއި އުޚްތުންނޭވެ! އަހަރެމެން ﷲ ތަޢާލާ އަށް ބިރުވެތި ވާކަމާއި ނުވަތަ އެކަލާނގެ ދަނެގަންނަ ކަން ކުދި ޓެސްޓަކުން ހޯދިދާނެއެވެ. ތިރީގައި މިވަނީ އޭގެ ތެރެއިން ބައެކެވެ:

1- ދޫ އަހަރެމެންނަށް އަންގައިދޭނެއެވެ: އަހަރެމެން ނުބައި ވާހަކަ ދައްކާނަމަ، ޣީބަ ބުނާނަމަ އަދި ނުބައިކަން ބޮޑު އަނގަތަކުގައި ބައިވެރިވާ ނަމަ އޭގެން ދައްކުވައިދެނީ ކަންބޮޑުވުން ވަރަށް ކުޑަކަމެވެ. އަހަރެމެންގެ ދޫ ﷲ ތަޢާލާ ހަނދުމަކުރުމުގައި މަޝްޣޫލުކުރަންޖެހޭނެ އެވެ. ޤުރުއާން ކިޔެވުމުގައާއި އަދި ޢިލްމުގެ މަޖިލީސްތަކުގައި ބައިވެރިވުމުގައެވެ.

2- އެހެނިހެން މުސްލިމުންނާއި މެދުގައި ހިތުގައި އޮންނަ ރުޅިވެރިކަމާއި، ހަސަދަވެރިކަމާއި އަދި ޢަދާވާތްތެރިކަން ނައްތާލާ، ހެޔޮކޮށް ދެކުމާއި އަޅާލުމަށް ބަދަލުކުރަންޖެހޭނެއެވެ.

3- އަހަރެމެންގެ ބަނޑަށް ލެވޭ އެއްޗެކާއިމެދުގައި ސަމާލުވާންޖެހޭނެއެވެ.

4- ޙަރާމް ތަކެއްޗަށް ބެލުމުގައި އަހަރެމެންގެ ލޯ އަމާޒުކޮށްގެން ނުވާނެއެވެ.

5- އަހަރެމެންގެ ފައި ޙަރާމް ތަންތަނާއި ދިމާލަށް ގެންގޮސްގެން ނުވާނެއެވެ.

6- ޙަރާމް ބޭނުންތަކަށް އަހަރެމެންގެ އަތް ދިއްކޮށްގެން ނުވާނެއެވެ.

7- ހެޔޮ ޢަމަލު ކުރުމުގައި، އެ ޢަމަލުތައް ކުރެވެނީ ﷲ ތަޢާލާ ފިޔަވައި އެހެން ފަރާތަކަށް ނޫންކަމާއި މެދުގައި ސަމާލުވާންޖެހޭނެ އެވެ.

ﷲތަޢާލާއަށް ބިރުވެތިވާންޖެހޭ ސަބަބުތައް:

އޭ ﷲގެ އަޅުތަކުންނޭވެ! ﷲ ތަޢާލާއަށް އަހަރެމެން ބިރުވެތި ވާންޖެހެނީ ކީއްވެކަމުގެ ވަރަށް ގިނަ ސަބަބުތައް ވެއެވެ. ތިރީގައި މިވަނީ އޭގެ ތެރެއިން ބައެއް ސަބަބުތަކެވެ.

1- ތައުބާވުމުގެ ކުރިން މަރުވުމުގެ ބިރު.

2- ތައުބާއާއި އެއްގޮތަށް ނޫޅެވުމާއި ވަޢުދާއި ޚިލާފްވެވުމުގެ ބިރު.

3- ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ވާޖިބުތައް އަދާނުކުރެވިދާނެ ކަމުގެ ބިރު.

4- ހިތުގެ މަޑުކަން ނެތިގެން ދިއުމާއި ހިތް ހަރުވުމުގެ ބިރު.

5- އެއްގޮތެއްގައި ނުހުރެވުމުގެ ބިރު.

6- އެދުންވެރިކަން ގަދަވެގަނެފާނެ ކަމުގެ ބިރު.

7- ފަޚުރުވެރިކަމުގެ ސަބަބުން ހެޔޮ ޢަމަލު ކުރުމުން އެކަމަށް ﷲތަޢާލާގެ ހަޟްރަތުގައި ޒިންމާ ވާން ޖެހުމުގެ ބިރު.

8- ގިނަ ގުނަ ނިޢުމަތްތަކުގެ ސަބަބުން ކިބުރުވެރިވެ ބޮޑާވެދާނެ ކަމުގެ ބިރު.

9- އެހެނިހެން މަޚްލޫޤާތުގެ ސަބަބުން ﷲ ތަޢާލާ އާއި ދުރުވެދާނެ ކަމުގެ ބިރު.

10- އާދަޔާ ޚިލާފު ނިޢުމަތްތަކުގެ ސަބަބުން ނުބައި ނިމުމެއް އަތުވެދާނެ ކަމުގެ ބިރު.

11- އަވަހަށް (މިދުނިޔޭގައި) ޢަޒާބު ދެއްވަފާނެކަމުގެ ބިރު.

12- މަރުވާ ވަގުތުގައި ނިކަމެތިކުރެވިދާނެ ކަމުގެ ބިރު.

13- ދުނިޔެވީ ޒީނަތުގެ ސަބަބުން ހެއްލެނިވެދާނެ ކަމުގެ ބިރު.

14- ހަނދާންނެތިފައިވާ ދަނޑިވަޅެއްގައި ﷲ ތަޢާލާ އެމީހެއްގެ ސިއްރު ހާމަކުރައްވަފާނެ ކަމުގެ ބިރު.

15- މަރުގެ ވަގުތުގައި ނުބައި ގޮތަކަށް މަރުވެދާނެ ކަމުގެ ބިރު.

16- މަރުގެ ސަކަރާތުގެ ބިރު.

17- މުންކަރު އަދި ނަކީރު ކައްވަޅުގައި ކުރައްވާނެ ސުވާލުތަކުގެ ބިރު.

18- ކައްވަޅުގެ ޢަޒާބުގެ ބިރު.



މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 13 ފެބްރުއަރީ 2011         

ޚިޔާލެއް ފާޅުކުރެއްވުމަށް…



އެހެން އަކުރުތަކެއް ދައްކާލާ!

/div>
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.