20 ޖޫން 2011 (ހޯމަ)

އަލްޤައިދާގެ މުޖާހިދުން ޔަމަނުގެ އަބްޔަނުގައި އިސްލާމީ އިމާރާތް އިޢުލާނުކޮށްފި… الله اكبر!

ޝާއިޢުކުރީ: ޚަބަރު ސެކްޝަން
ހިމެނޭ ބައި: މެދުއިރުމަތިން
ތަޤްސީމް:
 
(5 ރޭޓް)
ނަބިއްޔާ (صلى الله عليه وسلم) ޙަދީޘްކުރެއްވިއެވެ. “ބާރަ ހާހުގެ ލަޝްކަރެއް އަދަން އަބްޔަނުން ނިކުންނާނެތެވެ. އެބައިމީހުން ﷲ އާއި އެއިލާހުގެ ރަސޫލާއަށް ނަޞްރުދޭނެއެވެ. އެބައިމީހުންނީ ތިމަން ކަލޭގެފާނާއި އެބައިމީހުންނާއި ދެމެދުގައިވާ އެންމެ ހެޔޮވެގެންވާ މީހުންނެވެ.” (ޝައިޚް އަލްއަލްބާނީގެ އައްޞަޙީޙާ” 2782#)

ޞާލިޙުގެ ސިފައިންނާއި ބޮޑު ޓެރަރިސްޓު އެމެރިކާ ޢަސްކަރިއްޔާގެ ވައިގެ ވަރުގަދަ ޙަމަލާތައް ކުރިއަށް ދިޔަނަމަވެސް، ޢަރަބިޖަޒީރާގެ އަލްޤައިދާގެ މުޖާހިދު އަޚުން ޒިންޖިބާރާއި އަބްޔާންގެ ސަރަޙައްދު ބާރުގެ ދަށަށްވަނީ ގެނެސްފައެވެ. އަދި އަބްޔާނަކީ “އަބްޔާންގެ އިސްލާމީ އިމާރާތް” ކަމުގައި މުޖާހިދުންވަނީ އިޢުލާނުވެސް ކުރައްވާފައެވެ. މީގެ އިތުރުން މިހާރު ޝަބްވާ އަދި ޙަޟްރަމައުތަށްވެސް ވަނީ ފެތުރިފައެވެ.

އެތަންތަނުގައި ދިރިއުޅޭ ޢާއްމު ފަރާތްތަކުން ޚަބަރު ދެއްވާގޮތުގައި، މުޖާހިދުންވަނީ މަގުބަންދުތައް ހެދުމުގެ އިތުރުން ޗެކްޕޮއިންޓުތައް މަގުތަކުގައި ޤާއިމްކޮށްފައެވެ. އަދި ޢަސްކަރީ މަރުކަޒުތަކާއި ތަމްރީން މަރުކަޒުތައް ހެދުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. ޝަބްވާ ސަރަޙައްދުގެ ރައުޟާ އާއި ހޫތާ މި ދެއަވަށް މިހާރުއޮތީ މުޖާހިދުންގެ ބާރުގެ ދަށުގައެވެ.

އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ގިނަބަޔަކު ބުނާގޮތުގައި، ދެކުނު ޔަމަނުގެ ވަރަށް ގިނަ ޤަބީލާތައް މިހާރުވަނީ އަލްޤައިދާގެ މުޖާހިދުންނާއި ގުޅިފައެވެ. އަދި ގުޅިފައިވާ ލަޝްކަރެއްގެ ގޮތުގައި ޔަމަނުގެ ގޮނޑިކޮއްކޮ ސިފައިންނާ ދެކޮޅަށް ޙަމަލާތައް ރައްދުކުރެއެވެ.

މުޖާހިދުން ހޯދި މިކާމިޔާބީގެ ސަބަބުން، ދެކުނު ޔަމަނުގެ ސަރަޙައްދުތަކަށް އެމެރިކާއިން ބޮންއެޅުން އިތުރުކޮށްފައިވާކަމަށް ހުޅަނގުގެ މުވާޞަލާތީ ވުޒާރާތަކުން ހާމަކުރެއެވެ. މިއާއެކު، ޔަމަނުގެ ގޮނޑިކޮއްކޮ ލަޝްކަރުގެ ޢަސްކަރީ ސިފައިންގެ ގިނަބަޔަކުވަނީ މުޖާހިދުންނާ ދެކޮޅަށް ހަނގުރާމަކުރުމަށް އިންކާރުކޮށްފައެވެ.

ޝަބްވާގެ ޢަސްކަރީ މަރުކަޒެއްގެ ސިފައިންގެ ލެފްޓިނަންޓް ކާނަލް ޙަސަން ރިޟްވާން ހާމަކުރިގޮތުގައި، އެސަރަޙައްދުގައި ޙަރަކާތްތެރިވާ އަލްޤައިދާގެ މުޖާހިދުންގެ ތަމްރީނު ކޭމްޕުތަކާއި، މަރުކަޒުތައް އެނގޭކަމަށާއި، އެކަމަކު އެތަންތަނަށް ޙަމަލާ ދިނުމަށް ސިފައިން އިންކާރުކުރަމުންދާ ކަމުގައި ހާމަކޮށްފައިވެއެވެ. އެމީހުން ބުނާގޮތުގައި، މުޖާހިދުންގެ މި މަރުކަޒުތަކުގައި ހަތިޔާރުއެޅި ޤަބީލާތައް ޙަރަކާތްތެރިވަމުން ދެއެވެ.

ހުޅަނގުގެ މީޑިއާތަކުން އަމިއްލައަށް އިޢުތިރާފުވާގޮތުގައި، އަލްޤައިދާގެ މުޖާހިދުން ދިރިއުޅެމުންދަނީ ވަރަށް މިނިވަންކަމާ އެކުގައެވެ. ޙަޟްރަމައުތުގައިވެސް ކަންއޮތީ މިފަދައިންނެވެ. އެތަނުގެ ޢާއްމު ރައްޔިތެއް ހާމަކުރިގޮތުގައި، މުޖާހިދުން ޢާއްމު ކެފޭ ތަންތަނުގައި ކޮފީ ބުއިމަށްޓަކައި އައިސްގޮސް އުޅެއެވެ.

އެމެރިކާގެ ޓެރަރިސްޓު ސަރުކާރުން މިކަމާމެދު ވަރަށް ބޮޑަށް ކަންބޮޑުވާކަން ހާމަކޮށްފައިވެއެވެ.

މަޞްދަރު: އެކުލަވާލެވިފައި

  •   އަޅުގަނޑުމެންގެ ދުޢާގައި މުސްލިމު އަޚުންނާއި އުޚްތުން, މުހާޖިރުންނާއި އަންޞާރުން, އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ﷲގެ މަގުގައި ހަނގުރާމަކުރަށްވަމުންދާ އެންމެހާ މުޖާހިދުންނަށް ނަޞްރު ދެއްވެވުން އެދި ދުޢާކުރެއްވުމަށް ހަނދުމަފުޅު ބަހައްޓަވާ! އަދި އެމަގުގައި ރަހީނުކުރެވިފައިވާ އަޚުންނާއި އުޚްތުން ސަލާމަތްކޮށް ދެއްވެވުން އެދި ދުޢާކުރެއްވުމަށްވެސް ހަނދުމަފުޅު ބަހައްޓަވާ!
މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 19 ޖޫން 2011         

މިލިޔުމަށް ލިބިފައިވާ ޚިޔާލުތައް…  

 
+8 #1 ޢަލީ ޝަމީމް 2011-06-20 09:17
ނަބިއްޔާ ޙަދީޘް ބަސްފުޅުގެ ތެދުކަމާއެވެ. !!
ޚިޔާލެއް!
 
 
+7 #2 ޒެނޯން 2011-06-20 12:20
އެއައްވުރެ ބޮޑު ކާމިޔާބީވެސް އަދި ލިބޭނެ،،، ކާފަރުން ތިބޭނީ ދެރަވެފަ ބަލަން….މީ ކިހާބޮޑު ކާމިޔާބީއެއް ނަސްރު ލިބުނީ މުސްލިމުންނައް..
ޚިޔާލެއް!
 

ޚިޔާލެއް ފާޅުކުރެއްވުމަށް…



އެހެން އަކުރުތަކެއް ދައްކާލާ!

/div>
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.