17 ޖޫން 2011 (ހުކުރު)

ޔަމަނުގައި މުޖާހިދުންގެ ހަމަލާތައް ވަރުގަދަކޮށްފި

ޝާއިޢުކުރީ: ޚަބަރު ސެކްޝަން
ހިމެނޭ ބައި: މެދުއިރުމަތިން
 
(2 ރޭޓް)
އަދްން އަށް މުޖާހިދުން ހަމަލާ ދިނުމުގެ ސަބަބުން ޔަމަނުގެ ގޮނޑިކޮއްކޮ ސަރުކާރުގެ ޑިފެންސް މިނިސްޓަރ އެޤައުމުގެ ޤާނޫނީ އިދާރާތަކުން އަދްންގެ މައްޗަށް ބާރު އޮތުމުގެ ޤާބިލްކަމާއި ދޭތެރޭ ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

މިދިޔަ ބުދަދުވަހު ހެދުނުގެ ވަގުތެއްގައި އަލްޤައިދާގެ މުޖާހިދުން ޔަމަނުގެ ލަހްޖު ޕުރޮވިންސްގެ ވެރިކަން ކުރާ އަވަށް ހައުތާ އަށްވަދެ ޙަމަލާ ތަކެއްދީފިއެވެ. 12 ގަޑިއިރަށް ދެމިގެންދިޔަ މިހަނގުރާމައިގައި ގޮނޑިކޮއްކޮ ސަރުކާރުގެ ސިފައިންގެ މަރުކަޒު ތަކަށް ގެއްލުން ތަކެއް ދީފައިވެއެވެ. މިހަމަލާތައް ގޮނޑިކޮއްކޮ ސަރުކާރުގެ އިދާރީ އަދި އިޤްތިޞާދީ މުއައްސަސާ ތަކަށްވެސް އަމާޒުކުރެވިފައިވެއެވެ.

އެދުވަހުގެ ހަވީރު މުޖާހިދުން އެއަވަށުގެ ބޭރުސަރަހައްދަށް ނުކުމެ ލައުޑް ސްޕީކަރުތަކުން ގޮނޑިކޮއްކޮ ސިފައިންނާއި އޮފިޝަލުން 24 ގަޑި އިރުތެރޭ އެތަނުން ބޭރުވުމަށް ޢިއުލާން ކުރަމުން ދިޔައެވެ. މީގެ އިތުރުން ބުދަދުވަހު ގިނައަދަދެއްގެ މުޖާހިދުންވަނީ ޔަމަނުގައިވާ އެންމެ ބޮޑު އިޤްތިސާދީ ސަރަހައްދު ކަމުގައިވާ އަދްންއަށް ވަދެ ވަރުގަދަ ހަމަލާތަކެއްދީފައެވެ. ގޮނޑިކޮއްކޮ ސަރުކާރުގެ މަރުކަޒުތަކާއި، ޖާސޫސީ އިދާރާތަކާއި، ޗެކްޕޮއިންޓް ތަކާއި، އަދި އިދާރީ އިމާރާތްތަކަށް ވަނީ ހަމަލާދީފައެވެ.

ހަމަ އެއާއި އެކު ޒިންޖިބާރް އަވަށް ވަށައިގެންވާ އަބްޔަން ގައިވެސް ހަމަލާތައް ގެންދިޔައީ ކުރިއަށެވެ. މިސަރަހައްދަކީ މުޖާހިދުންގެ ބާރުގައި އޮތް ސަރަހައްދެކެވެ. ސަރުކާރު ސިފައިން ދަނީ މިތަން އަބުރާ ލިބޭތޯ މުޖާހިދުންނާއި ހަނގުރާމަ ކުރަމުންނެވެ. މި ހަނގުރާމަ ކުރިއަށްދާތާ މިހާތަނަށް 2 ހަފްތާވަނީ ވެފައެވެ.

ބުރާސްފަތި ދުވަހުވެސް އަދްން ގައި ހަމަލާތައް ކުރިއަށް ގެންދިޔައެވެ. ސަރުކާރުގެ އޮފިޝަލުން ބުނާގޮތުގައި އަލްޤައިދާ އަށް ނިސްބަތްވާ 10 މުޖާހިދުން ވަނީ އަތުލައިގަނެފައެވެ. މިކަމާ ބެހޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

އަދްން އަށް މުޖާހިދުން ހަމަލާ ދިނުމުގެ ސަބަބުން ޔަމަނުގެ ގޮނޑިކޮއްކޮ ސަރުކާރުގެ ޑިފެންސް މިނިސްޓަރ މުޙަންމަދު އަހްމަދު ނަސީރު އެޤައުމުގެ ޤާނޫނީ އިދާރާތަކުން އަދްންގެ މައްޗަށް ބާރު އޮތުމުގެ ޤާބިލްކަމާއި ދޭތެރޭ ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

ސަރުކާރާއި އިސްވެރީންނާއި މެދު ބޭއްވުނު ބައްދަލުވުމެއްގައި، އަމިއްލަ ސަލާމަތް ހޯދުމަށް އެންމެން އެއްބައިވުމަށް އޭނާ ބާރުއަޅާ ގޮވާލިއެވެ.

ބުރާސްފަތި ދުވަހު މުޖާހިދުންވަނީ ލަހްޖް ޕުރޮވިންސްގެ އެހެން އަވަށެއް ކަމުގައިވާ މަސަމީރު އަށްވެސް ހަމަލާ ތަކެއްދީފައެވެ. މިހަމަލާތަކަށްފަހު މުޖާހިދުން، އެއަވަށުގެ ސިފައިންގެ މަރުކަޒުތަކާއި، ޖާސޫސޫސީ އިދާރާތަކާއި، އިދާރީ މުއައްސަސާތައް އެމީހުންގެ ބާރުދަށަށް ގެނައެވެ. އޭގެ ބަދަލުގައި ސަރުކާރުގެ ސިފައިން ދިން ހަމަލާތަކަށްފަހު މުޖާހިދުން ވަނީ ސަރުކާރުގެ ސިފައިންގެ ހަތިޔާރުތައް ޣަނީމަކޮށްގެން ފައިބާފައެވެ.

މިހާރު ހަނގުރާމަ ކުރަމުންދާ ސަރަހައްދު ތަކަކީ އަދްން، ލަހްޖް އަދި ޔަމަނުގެ އިސްލާމީ އިމާރާތް އަބިޔަންއެވެ.

މަޞްދަރު: އެކުލަވާލެވިފައި

  •   އަޅުގަނޑުމެންގެ ދުޢާގައި މުސްލިމު އަޚުންނާއި އުޚްތުން, މުހާޖިރުންނާއި އަންޞާރުން, އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ﷲގެ މަގުގައި ހަނގުރާމަކުރަށްވަމުންދާ އެންމެހާ މުޖާހިދުންނަށް ނަޞްރު ދެއްވެވުން އެދި ދުޢާކުރެއްވުމަށް ހަނދުމަފުޅު ބަހައްޓަވާ! އަދި އެމަގުގައި ރަހީނުކުރެވިފައިވާ އަޚުންނާއި އުޚްތުން ސަލާމަތްކޮށް ދެއްވެވުން އެދި ދުޢާކުރެއްވުމަށްވެސް ހަނދުމަފުޅު ބަހައްޓަވާ!
މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 17 ޖޫން 2011         

މިލިޔުމަށް ލިބިފައިވާ ޚިޔާލުތައް…  

 
+3 #1 އިބްނި ހުސޭނު 2011-06-18 09:31
ހިތްވަރާ އެކު ޢަދުއްވުންނާ ކުރިމަތިލަމުން ގެންދާ މުސްލިމު މުޖާހިދުންނަށް ންޞްރު ދެއްވާށި. އާމީން.
ޚިޔާލެއް!
 

ޚިޔާލެއް ފާޅުކުރެއްވުމަށް…



އެހެން އަކުރުތަކެއް ދައްކާލާ!

/div>
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.