ތަޤްސީމް: (سلوك)

އަހަރެމެން ބޭނުންވަނީ ކޮންކަހަލަ މުޖުތަމައެއް ހެއްޔެވެ؟ އެހެންގޮތަކަށް ބުނާނަމަ، ތާރީޚުގައި އެއްޒަމާނެއްގައި އޮތްފަދަ އަދި މިހާރު އަހަރެމެން ގެނައުމަށް މަސައްކަތްކުރާ އިސްލާމީ މުޖްތަމައުއެއްގައި ހުންނަންޖެހޭ ސިފަތަކަކީ ކޮބައިތޯއެވެ؟

އެމުޖުތަމަޢުގައި، އެންމެންވެސް، މުސްލިމެއްކަމުގައިވިޔަސް އަދި ޛިއްމީއެއް (އިސްލާމީ ދައުލަތުގެ ދަށުގައި ޖިޒުޔަދީގެންތިބޭ ކާފަރުން) ވިޔަސް، އުޅޭނީ ހިތްހަމަޖެހުމާއި، ސުލްހަވެރިކަމާއި، ރައްކާތެރިކަމާއިއެކު އުފަލުގައެވެ.

ޝާއިޢުކުރީ: އަލްމުރާބިތު

بسم الله الرحمن الرحيم. الحمد لله رب العالمين كما ينبغي لجلال وجهه وعظيم سلطانه، والصلاة والسلام على نبينا محمدٍ وعلى آله وصحبه وإخوانه. وبعد : އެންމެހާ ޙަމްދާއި ޘަނާ ޙައްޤުވެގެންވަނީ ޢާލަމްތަކުގެ ވެރި އިލާހަށެވެ. އެއިލާހުގެ ރަޙްމަތާއި މަދަދުން މުސްލިމުންނަކީ މަދަދާއި އެހީތެރިކަން ފޯރުކުރުވާ އަޚުން ތަކެއްގެ ގޮތުގައި ލެއްވެވިއެވެ. އެއްބަޔަކު އަނެއްބަޔަކަށް ނަޞޭހަތާއި އެހީތެރިކަން ފޯރުކޮށް ޢިސްލާހު ކުރުމުގެ މަގުދެއްކެވިއެވެ. ޞަލަވާތާއި ސަލާމް ލެއްވުން އެދެނީ އަހަރެމެންގެ މަތިވެރި ނަބިއްޔާ، މީސްތަކުން އިޞްލާޙުގެ މަގުން އުޅޭނެ ފުރިހަމަ ނަމޫނާ ދެއްކެވި މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) އަށެވެ.

28 ނޮވެމްބަރ 2010 (އާދީއްތަ)

ކީރިތި ޤުރްއާން ހިތުދަސްކުރުން

ކީރިތި ޤުރްއާން ހިތުދަސް حافِظ އަކު މުސްލިމުންގެ ތެރޭގައި އިތުރުވުމަކީ އެއީ ބައެއް މީހުން ހީކުރާ ފަދައިން ހަމައެކަނި މުޞްޙަފެއް (ނުވަތަ ޚަތިމެއް) ގެ ނުސްޚާ އެއް އިތުރުވުމެއް ނޫނެވެ. އެކަމަކު އެއީ ކީރިތި މާތް الله سبحانه و تعالى މަތިވެރި ކަލާމްފުޅު ހިތުގައި ރައްކާކުރުމުގެ ޝަރަފު ލިބިފައިވާ މީހަކު މުސްލިމުންގެ ޖަމާޢަތަށް އިތުރުވެގެން ދިއުމުގެ މާތްކަމާއި އުފާ ހުރިހާ މުސްލިމުންނަށް ޙާޞިލުވުމެކެވެ. އަދި އެއީ މުޅި މުސްލިމް އުއްމަތު ގެ މައްޗަށް ފަރްޟު ވެފައިވާ ކީރިތި ޤުރްއާން ގެ ތަވާތުރު ހިފަހައްޓާ ދެމެހެއްޓުމުގެ ވާޖިބު އަދާ ކުރުމަށް ތައްޔާރުވެ އިސްނަގާ ހިތްވަރުގަދަ ހީވާގި މުސްލިމް ދަރީންގެ ތެރެއިން އެކަކު އެ އަމާނާތް ތަޙައްމަލުކޮށް އުފުލުމު ގައި ކާމިޔާބު ކުރުމެކެވެ.

ޝާއިޢުކުރީ: އުއްމު ޢަބްދުﷲ

އިސްލާމީ މުޖުތަމަޢުގައި މިސްކިތުގެ ދަރަޖަ ވެގެންދަނީ ރޫޚާނީ އަދި މާއްދީ މަގުދައްކައިދޭ ވަޞީލަތެއްގެ ގޮތުގައެވެ. އެއީ އަޅުކަމުގެ ތަނެކެވެ. ޢިލްމުގެ މަދަރުސާއެކެވެ. އަދި އަދަބިއްޔާތުގެ ކްލަބެކެވެ. ނަމާދުގެ ވާޖިބަށް ފުރިހަމައަށް ގުޅިފައިވާ ވުމާއި އަދި އަޅުވެރިންގެ ސަފުތަކަކީ ނަމާދުގެ ވާޖިބިއްޔަތުގެ އަޚްލާޤުގެ ސިފައެވެ. އަދި އަޅުވެރިންގެ ސަފުތަކަކީ އިސްލާމް ދީނުގެ ފޮނި މީރުކަން ގެނުވައިދޭ އަޚްލާޤުގެ ސިފަތަކާއި އާދަތަކެވެ. ވަރުގަދަ އަޚްލާޤުގެ މަތީގައި ތިބި ޝަޙްސިއްޔަތު ތަކެއް ބިނާކުރުމަށް ކުޅަދާނަވެގެންނުވާ މިހާރުގެ މީހުން ހިތްހަމަޖެހުން ލިބިގަންނަނީ ވަރުގަދަ ބޮޑެތި މިސްކިތްތައް ބިނާ ކުރުމުންނެވެ.

ޝާއިޢުކުރީ: އުއްމު ޢަބްދުﷲ

ދަރިފުޅުގެ ތަޢުލީމުގެ ފުރަތަމަ މަރުޙަލާ، ތަރުބިއްޔަތު އަދި ރިވެތި އަޚްލާޤް އަށަގެންނެވުން..

ދަރިން ތަރުބިއްޔަތު ކުރުމަށްޓަކައި ހަރުދަނާ ފައިދާ ކުރަނިވި އުޞޫލެއް ގެންގުޅުމަކީ ވަރަށް މުހިންމު ފައިދާ ކުރަނިވި ކަމެކެވެ. އެހެނީ، ދަރިންނަކީ ﷲ ގެ ހަޟްރަތުން މައިންބަފައިންނަށް ދެއްވިގެންވާ އަމާނާތެކެވެ. އަދި އެކުދިންގެ ހިތަކީ ރިވެތި، ސާފް އަދި އާދައިގެ ލޯގަނޑެކެވެ. އެހިތަކީ އެންމެހާ ބައްޓަން ތަކާއި ގޮތްތަކުން ބަރީޢަވެގެންވާ އެއްޗެއްކަމުގައި ވިޔަސް އެހިތަކީ ހުރިހާ ވައްތަރެއްގެ ކަންތައްތަކަކުން ނުފޫޒު ފޯރާފަދަ އެއްޗެކެވެ. އަދި އެހެން މީހުން އެދޭ ފަދަ ކޮންމެ ގޮތަކަށް އެހިތް ލަންބުވައި ލެވިދާނެއެވެ.

« ފެށުން ފަހަތަށް 1 2 3 4 5 6 7 8 ކުރިއަށް ނިމުން »
ޞަފްޙާ 1 (ޖުމްލަ 27)
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.