ޞިއްޙަތު

02 ޖޫން 2011 (ބުރާސްފަތި)

ބަލި މަޑުކަމެއް ޖެހޭ މީހާ ހިތައް އަރަނީ ކީކޭބާ؟

ޝާއިޢުކުރީ: ޒުލްފިޤާރް
ހިމެނޭ ބައި: ޞިއްޙަތު

އިންސާނާއަކީ ނިކަމެތި ކަމުން ފުރިގެންވާ މަޚްލޫގެކެވެ. އަދި އޭނާގެ ނިކަމެތިކަމުގެ ސަބަބުން ދިމާވާ ކަންތައްތައް ފޫބެއްދުމަށްޓަކައި އަބަދާއި އަބަދު މަސައްކަތް ކުރަން ޖެހިފައިވާ މީހެކެވެ. ބަލިމަޑުކަމަކީ އިންސާނާގެ ނިކަމެތިކަން އޭގެ އެންމެ ފުންމިނަށް ހާމަކޮށްދޭ ކަންތަކެވެ. އެހެންކަމުން، އަހަރެމެންގެ ރަޙްމަތްތެރިއެއް ނުވަތަ ޚުދު އަހުރެމެން ބަލިވެއްޖެނަމަ އެކަމާއި މެދު ވިސްނައި، އެކަމުގައި ފޮރުވިފައިވާ ޢިބްރަތް ދެނެގަތުމަށް މަސައްކަތް ކުރަންޖެހޭނެއެވެ.


30 މޭ 2011 (ހޯމަ)

ކޮލެސްޓްރޯލް

ޝާއިޢުކުރީ: ޒުލްފިޤާރް
ހިމެނޭ ބައި: ޞިއްޙަތު

ކޮލެސްޓްރޯލަކީ އޮލަކޮށް ބަޓަރު ނުވަތަ ދިޔާ މާޖިރިން ފަދަ ގޮތަކަށް ހުންނަ މަޑު ސަރުބީއެއް ފަދަ އެއްޗެކެވެ. މިއީ ހަށިގަނޑަށް ކޮންމެހެން ބޭނުން އަދި ހަށިގަނޑުން އުފައްދާ މާއްދާއެކެވެ. ހަށިގަނޑުން ކޮލެސްޓްރޯލް ބޭނުންކުރަނީ ސެލްގެ ބޭރު ފަށަލަ އުފެއްދުމަށާއި ހަށިގަނޑުގެ އެކިކަންތައްތައް ކޮންޓްރޯލް ކުރާ ދިޔަތައް (ހޯމޯންތައް) އުފެއްދުމަށެވެ. މި މާއްދާ ލޭގައި މާގިނަވުމަކީ ހާރޓް އެޓެކާއި ވާ ބަލިޖެހުން ގާތް ކަމެކެވެ.



ކިތަންމެ ކުޑަ އަދި ބޮޑު ސޫތްޕެއްވެސް ޚަލްޤުކުރެއްވެވި ފަރާތަކީ، ޢާލަމްތަކުގެ ވެރި ﷲ އެވެ. ދުނިޔޭގެ ޙަޔާތުގެ މި ދަތުރުގައި، މި ވަގުތީ ތަނުގައި އަޅުގަނޑުމެން ދިރިއުޅެމުން މިދަނީ، މިފަދަ އެތައް ސޫތްޕެއްގެ އުނދަގޫތަކާއި ވޭން ތަޙައްމަލްކުރާ ޙާލުގައެވެ. މިފަދަ ކޮންމެ އިމްތިޙާނަކުންވެސް ދެނެގަންނަންވީ، މި ދުނިޔޭގެ ޙަޔާތަކީ ވަގުތީ، ކުޑަ އުފަލެއް ލިބިދޭ ޙަޔާތެއްކަމެވެ. އަދި މިފަދަ ކޮންމެ މަޚްލޫޤަކާއި މެދު ވިސްނައި ފިކުރުކޮށް ދެނެގަންނަންވީ، ﷲ ގެ ކުޅަދުންވަންތަކަމާއި އެއިލާހު ވޮޑިގެންވާކަމުގެ ހެކިތަކެވެ.


26 މާރޗް 2011 (ހޮނިހިރު)

ކުޑަދަރިފުޅުގެ ފުރަތަމަ ރުއިން

ޝާއިޢުކުރީ: އުއްމު ޢީޝަލް
ހިމެނޭ ބައި: ޞިއްޙަތު

ދިރިހުރި ފުރާނައެއް ދުނިޔެއަށް އުފަންވީ ކަމުގެ ފުރަތަމަ ނިޝާނަކީ އެކުއްޖާގެ ރުއިމުގެ އަޑެވެ. މި ރުއިމުގެ އަޑު ވެގެންދަނީ އެ ތުއްތުތުއްތު ފުރާނައިގެ އިންތިޒާރުގައި މަޑުކޮށްގެން ތިބޭ އެ ކުއްޖާގެ މައިންބަފައިންނާއި ގާތްތިމާގެ މީހުންގެ ކަންފަތައް އިވޭ އެންމެ ހިތްހަމަ ޖެހޭ އަޑުކަމުގައެވެ.

ކުޑަދަރިފުޅު ހީލުމުގެ ބަދަލުގައި ރުއިމާއި އެކު ދުނިޔެއަށް އުފަންވަނީ ކޮންސަބަބާއި ހުރެގެން ކަމާމެދު ވިސްނައިލީމު ހެއްޔެވެ؟ އަހަރެމެންގެ މާތް ނަބިއްޔާ (صلى الله عليه وسلم) ވަނީ މި މުހިންމު ސުވާލަށް ވަރަށް ފުރިހަމަ ޖަވާބެއް ދެއްވާފައެވެ؟



ތުއްތު ދަރިފުޅުގެ އުމުރުން ހަ މަސްދުވަސް ވަންދެން (އެހެން އެއްޗެއް ނުދީ) ގާތުން ކިރު ދިނުމުން އެކުދިންނަށް ޖެހޭ ތަފާތު އިންފެކްޝަންތަކުން ރައްކާތެރި ކޮށްދޭ ކަމަށް ދިރާސާ ތަކުން ދައްކާފައިވެއެވެ.

« ފެށުން ފަހަތަށް 1 2 3 4 5 6 7 ކުރިއަށް ނިމުން »
ޞަފްޙާ 1 (ޖުމްލަ 7)
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.