امام ابن رجب الحنبلي (رحمه الله)


އިބްރާހިމް އިބްނި އަދްހަމް (رحمه اللّه) އަކީ ތިންވަނަ ޤަރުނުގެ ޢިލްމުވެރިއެކެވެ. އަދި ސުފްޔާން އައްޘައުރީގެ މުދައްރިސެކެވެ. އަދި އެކުވެރިއެއްވެސްމެއެވެ. ﷲ سبحانه وتعالى، سورة غافر ގައި ވަޙީކުރައްވާފައިވާ ބަސްފުޅާބެހޭގޮތުން އެކަލޭގެފާނުގެ އަރިހުގައި ސުވާލު ދެންނެވުނެވެ.



1- ﷲ ތަޢާލާ އެއިލާހުގެ އަޅުތަކުންނަށް ލައްވަވާފައިވާ ނިޢުމަތްތައް ދެނެގަތުން: މިފަދަ ނިޢުމަތްތަކަކީ، އެނިޢުމަތްތަކުގެ ގިނަކަމުގެ ސަބަބުން ގުނާ އަދަދު ނުކުރެވޭ ވަރުގެ ނިޢުމަތްތަކެކެވެ. ﷲތަޢާލާ ވަހީކުރެއްވިއެވެ. ”وَإِنْ تَعُدُّوا نِعْمَةَ اللَّهِ لا تُحْصُوهَا“ ”ﷲ ގެ، ނިޢުމަތްތައް ތިޔަބައިމީހުން ގުނާނަމަ، ތިޔަބައިމީހުންނަކަށް އެ ނިޢުމަތްތައް ޢަދަދެއް ނުކުރެވޭހުއްޓެވެ.“ (ސޫރަތުލް އިބްރާހީމް: 34)



އިބްނު ޢުމަރު (رضي الله عنهما) ވިދާޅުވިއެވެ. ”ކަލޭމެން ދީނީ ފަތުވާތައް އަހަރެމެންގެ ގާތުން އަހަމުން ތިދަނީ އަހަރެމެންނަކީ، އަހަރެމެންދޭ ފަތުވާ އާއިމެދު ސުވާލުނުކުރެވޭ ބައެއް ފަދައިންނެވެ.“

އަދިވެސް އިބްން ވާސީ ވިދާޅުވިއެވެ. ”އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނެ ބަޔަކީ ޢިލްމު ވެރިންނެވެ.“ މާލިކު (رضي الله عنهما) އާއިބެހޭ ގޮތުން ރިވާކުރެވިގެން ވެއެވެ. އެކަލޭގެފާނުގެ އަރިހުގައި ކަމަކާއި ބެހޭގޮތުން ސުވާލުކުރެވިއްޖެނަމަ ހީވާނީ އެކަލޭގެފާނު ޖަންނަތާއި ޖަހަންނަމައާއި ދެމެދުގައި ހުންނަ ހެންނެވެ.



ދަންނާށެވެ! މަތީ މަޤާމްތަކާއި ދަރަޖަތައް ލިބިގަތުމަށް އުޅޭ މީހާއަށް، އެކަން ޙާޞިލުވުމުގެ ކުރިން އެފަދަ މީހަކަށް ބޮޑެތި ގެއްލުންތައް ކުރިމަތިވެއެވެ. އެއީ އެކަމަށްޓަކައި ގަދައަޅާ ކުރަންޖެހޭ މަސައްކަތާއި އަދި އެކަން ދެމެހެއްޓުމުގައި އޭނާ ގަދައަޅާ އެދި އަދި އޭގެ ސަބަބުން އުފެދޭ ނާއިންސާފާއި ކިބުވެރިކަމާއި އަދި އެހެނިހެން ނުބައި ކަންތައްތަކެވެ.



އިބްރާހިމް އިބްނު އަދްހަމް (رحمه الله) އަކީ ތިންވަނަ ގަރުނުގެ ޢިލްމުވެރިއެކެވެ. މިބޭފުޅާއަކީ ސުފިޔާނުއް ޘައުރީގެ ބައިވެރިއެކެވެ. ﷲ ތަޢާލަގެ އާޔަތާ ބެހޭ ގޮތުން މިބޭފުޅާއާއި ސުވާލު ކުރެވުނެވެ.

وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ… [އަދި ކަލޭމެންގެ ވެރި ރައްބު ވަޙީ ކުރައްވަނީ: ތިމަން އިލާހުގެ ހަޟްރަތުން އެދޭށެވެ. ތިމަން އިލާހު ކަލޭމެންގެ ދުޢާތައް އިޖާބަ ކުރައްވާހުށީމެވެ.] (ސޫރަތުލް މުއުމިން:60)”

 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.