ޒަކާތާއި ޞަދަގާތް
24 މާރޗް 2011 (ބުރާސްފަތި)

އަބޫ ޠަލްޙާގެ ބަގީޗާ

ހިމެނޭ ބައި: ފޮތް

މިފަހަރު އަރްޤަމް ޕަބްލިކޭޝަންސް އިން މިގެނެސްދެނީ އައްޝައިޚު މުޙައްމަދް ޞާލިޙް އަލް މުނައްޖިދުގެ އަގުހުރި ލިޔުންތަކުގެ ތެރެއިން ލިޔުމެއްގެ ދިވެހި ތަރުޖަމާއެވެ. ފަހެ މިއީ އަޅުގަނޑުމެން އެކަމެއްގެ މަތިން ހަނދާން ނައްތާލާފައިވާ މަތިވެރި އަޖުރެއް ލިބެނިވި އަޅުކަމެއް ކަމުގައި ވާތީ މިފަހަރު އަރްޤަމް ޕަބްލިކޭޝަން އިން ގަސްދުކުރީ މިލިޔުމުގެ ދިވެހި ތަރުޖަމާއެއް ތިޔަ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ހަދިޔާ ކުރުމަށެވެ. އެހެނީ މިއަޅުކަމަކީ ﷲ سبحانه وتعالى ގެ އަޅާ ޝައިޠާނާގެ ކިބައިން ސަލާމަތް ކޮއްދެއްވާނެ ވަރުގަދަ ހަތިޔާރެކެވެ. އަދި 70 ޝައިތާނުންގެ މައްޗަށް އޭނާ ގަދަވާ ގަދަވުމެކެވެ. އަދި އޭނާ، އޭނާގެ ނަފްސު އެހަތްދިހަ ޝައިތާނުންގެ ކިބައިން ސަލާމަތް ކޮށްފިއެވެ. ރަސޫލާ (صلى الله عليه وسلم) ހަދީޘް ކުރެއްވިއެވެ.

05 ސެޕްޓެމްބަރ 2010 (އާދީއްތަ)

ފިޠުރު ޒަކާތް

ޝާއިޢުކުރީ: އަބޫ ކަޘީރް

ފިޠުރު ޒަކާތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް (ނެރުން) ވާޖިބުވެގެންވާ އެއްޗެކެވެ. އިބްނު ޢުމަރު (رضي الله عنه) ކިބައިން ރިވާވެގެން ވެއެވެ. ”އެއް ’ސާޢަ‘ (ހަތަރު މުށް/އަތް ގޮށި) ކަދުރު ނުވަތަ އެއް ’ސާޢަ‘ (ބާރލޭ) ފުށް ޒަކާތުގެ ގޮތުގައި ނެރުމަށް، ނަބިއްޔާ (صلى الله عليه وسلم) އަންގަވާފައިވެއެވެ. އެއީ ކޮންމެ މުސްލިމު ޅަ އަދި މުސްކުޅި ފިރިހެނަކު އަދި އަންހެނަކު ވެސް މެއެވެ.“ [އަލްބުޚާރީ އަދި މުސްލިމް]

19 މާރޗް 2010 (ހުކުރު)

ގިނައިން ޞަދަޤާތް ކުރުން

ޝާއިޢުކުރީ: އުއްމު ޢަބްދުﷲ

ސަލަފުންގެ އުޅުމާއި އަޚުލާޤުގެ ތެރެއިން ހިމެނޭ ކަމަކީ، އެބޭކަލުން އިންތިހާ ދަރަޖައަށް ޞަދަޤާތް ކުރެއްވުމެވެ. އެބޭކަލުންގެ ބޭނުންތަކުގެ މައްޗަށާއި، ރެއާއި ދުވާލު ސިއްރާއި ފާޅުގައެވެ. ކާނާއި މުދާ ހޭދަކުރެވެން ނެތް ބޭކަލަކު ނަމަ، މީސްތަކުން އުދަނގަލުން ސަލާމަތް ކުރުމުގައި އެހީވެއެވެ. އަދި އެހެން މީހުންގެ އުދަނގޫތައް ތަޙައްމަލް ކުރައްވައެވެ.

ޝާއިޢުކުރީ: އުއްމު އުމެއިމާ

އިސްލާމީ ތާރީޚު ފުރިގެންވަނީ، އަނިޔާވެރިންގެ އަތްދަށުން ލިބުނު އަނިޔާތަކާއި، އަސީރު ކުރެވުނު މުސްލިމު އަންހެނުންނާއި، ފިރިހެނުންގެ ވާހަކަތަކުންނެވެ. ޔޫސުފް (عليه السلام) ސޫރަތުގައި ޞަރީޙަކޮށް ބަޔާން ވެގެންވަނީ، ނުހައްޤުން ޤައިދު ކުރެވުމަކީ ހަމައެކަނި ތަވްޙީދުގެ ޘަޤާފަތުން ވާރުތަކޮށްފައިވާ ކަމެއް ނޫންކަމެވެ. ތައުރާތާއި އަދި ޤުރުއާނުގައި ވެސް މިކަން ހިމެނިގެންވެއެވެ. އަދި ހަމައެއާއިއެކު މިކަންތައްތަކާއި ނުލައި، ޔަހޫދީ ދީނާއި، ނަޞާރާ ދީން އަދި އިސްލާމް ދީން ފުރިހަމައެއް ނުވާނެއެވެ. އަދި އެއީ ބޭއިންޞާފުން އަސީރު ކުރެވިފައިވާ މުސްލިމުންގެ ސިކުނޑިތަކުގައި ގުގުމާލި ވާހަކައެވެ.

 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.