ޙައްޖާއި ޢުމްރާ
13 ނޮވެމްބަރ 2010 (ހޮނިހިރު)

ޢަރަފާތް ދުވަހުގެ ރޯދަ

ޝާއިޢުކުރީ: އަބޫ ކަޘީރް

ޛުލްޙިއްޖާ މަހުގެ ނުވަވަނަ ދުވަހަކީ އަރަފާތް ދުވަހެވެ. އެއީ ޙައްޖުވެރިން ޢަރަފާތުގެ ބިމުގައި މަޑު ކުރާ ދުވަހެވެ. ޙައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިނުވާ އެންމެހާ މުސްލިމުން ޢަރަފާތް ދުވަހުގައި ރޯދައަށް ހުރުމަކީ ސުންނަތް ވެގެންވާ ކަމެކެވެ.

އަބޫ ޙަފްސު (رضي الله عنه) ގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ (صلى الله عليه وسلم) ޙަދީޘް ކުރެއްވިއެވެ. ”ޢަރަފާތް ދުވަހުގައި ރޯދައަށް ހުރުމުން ދެއަހަރުގެ ފާފަތައް ފުހެވިގެން ދެއެވެ. އެއީ ވޭތުވެ ގޮސްފައިވާ އަހަރާއި ކުރިއަށް އޮތް އަހަރުގެއެވެ…“ [ބުޚާރީ، މުސްލިމް]

ޝާއިޢުކުރީ: އުއްމު ޢަބްދުﷲ

ޙަމްދު ހުރީ ﷲ އަށެވެ. ﷲ ތަޢާލާގެ ގެކޮޅުކަމުގައިވާ މާތް ޙަރަމްފުޅަށް ޙައްޖުވުމަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. އަދި އިސްލާމްދީނުގެ އަސާސްތަކުގެ ތެރެއިން އެންމެ މުހިއްމު އެއް އަސާސެވެ. އެހެނީ ނަބިއްޔާ (صلى الله عليه وسلم) ޙަދީޘް ކުރެއްވިއެވެ. ”އިސްލާމްދީން ބިނާވެގެންވަނީ 5 ރުކުނެއްގެ މައްޗަށެވެ. ޝަހާދަތުގެ ދެކަލިމައަށް ހެކިވުމާއި، ނަމާދު ޤާއިމްކުރުމާއި، ޒަކާތް ދިނުމާއި، ރަމަޟާން މަހު ރޯދަ ހިފުމާއި އަދި ﷲ ތަޢާލާގެ ގެކޮޅުކަމުގައިވާ މާތް ޙަރަމްފުޅަށް ޙައްޖުވުމެވެ.“

ޝާއިޢުކުރީ: އަބޫ ޣަރީބް

އަޅުގަނޑުމެން މިއަދު، އަޟްޙާ ޢީދު ފާހަގަ ކުރާއިރު އިސްލާމީ އުންމަތުގެ ޙާލަތާއި މެދު ފިކުރު ކޮށްލަނީ ކިތައް އަޚުންނާއި އުޚްތުން ހެއްޔެވެ؟ އަޅުގަނޑުމެންގެ އަޚުންނާއި އުޚްތުންތައް ދުނިޔޭގެ އެތަން މިތާގައި ކަތިލެވެމުންދާ ހިނދެއްގައި އުފާވެރިކަމާއި އެކު ޢީދެއް ފާހާގަ ކުރެވޭނީ ކޮންފަދަ އަކުން ހެއްޔެވެ؟ ތިމާ މެންގެ ބޭބެއިންނާ، ދައްތައިންނާ، ކޮއްކޮއިންތައް ކުއްފާރުންގެ މުޑުދާރު ޖަލުތަކުގައި ބަޔާން ކުރަން ދަތި އަނިޔާތަކުގައި ރޭދުވާ ހޭދަ ކުރަމުންދާ ދަނޑިވަޅެއްގައި ޢީދުގެ އުފާ އަޅުގަނޑުމެންނަށް ހާޞިލް ކުރެވޭނީ ކޮންފަދައަކުން ހެއްޔެވެ؟

ޝާއިޢުކުރީ: އެޑްމިން ޢަބްދުﷲ
ހިމެނޭ ބައި: ދީނީ ލިޔުން (ނަކަލް)

އެންމެހާ ޙަމްދާއި ޘަނާ ޙައްޤުވެގެންވަނީ ކާއިނާތު މިލްކުވެވޮޑިގެންވާ އަރަހުށި ހުސްޠާހިރުވަންތަ މާތް ﷲއަށެވެ. ޞަލަވާތާއި ސަލާމް ލެއްވުމަށް އެދި ދުޢާކުރަނީ އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲޢަލައި ވަސައްލަމައަށެވެ. މި ޞަލަވާތުގައި އެކަލޭގެފާނަށް ނަޞްރު ދެއްވި މަތިވެރި ޞަޙާބީންނާއި،ޤިޔާމަތް ދުވަހާ ހަމައަށް އެކަލޭގެފާނުގެ ރިސާލަތަށް ބޯލަބައި ކިޔަމަންތެރިވާ އެންމެހާ އަޚުންނާއި އުޚްތުން ޝާމިލުކުރަމެވެ.

 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.