28 ޖޫން 2011 (އަންގާރަ)

އެމެރިކާގެ ޓެރެރިސްޓުންގެ ކިބައިން ސަލާމަތްވުމަށް ސޯމާލިޔާގެ އަވަށެއްގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރަށް

ޝާއިޢުކުރީ: ޚަބަރު ސެކްޝަން
ހިމެނޭ ބައި: ސޯމާލިއާ
 
(5 ރޭޓް)
ﷲގެ ވާގިފުޅާއެކު ސޯމާލިޔާގެ ބޯޑު ސަރަހައްދެއްގައި އިސްލާމީ ޝަރީޢަތް ވަނީ ޤާއިމް ކޮއްފައެވެ.

Fޖޫން 23 ވަނަ ދުވަހު އެމެރިކާ އަދި ފްރާންސްގެ މަތިންދާބޯޓު ތަކަކުން ސޯމާލިޔާގެ ކިސްމާއޯ އަވަށަށް ދިން ޓެރަރިސްޓު ބޮމުގެ ޙަމަލާ ތަކުގެ ސަބަބުން، އޭގެ އަނެއް ދުވަހު އެއަވަށުގެ ރައްޔިތުން އެތަން ދޫކޮށް ދާންފަށައިފިކަމަށް އެފްރިކާގެ ނޫސް އިދާރާއަކާއި ސޯމާލިޔާގެ ގޮނޑިކޮއްކޮ އިދާރާއަކުން ހާމަ ކުރެއެވެ.

މި އަމާންކަމާއިއެކު އެއްބައެއްގެ ގޮތުގައި އުޅެމުން އައި މީހުންނަށް ވަނީ އޮބާމާ އަދި ސަރްކޯޒީގެ ޓެރަރިސްޓް ހަމަލާތަކުން ސަލާމަތްވުމަށް، އެހެން އަވަށްތަކަށް ދާން ޖެހިފައެވެ. އަލް ޝަބާބުގެ ރޭޑިއޯއެއް މެދުވެރިކޮށް ޝަބާބުގެ ފަރާތުން ކިސްމާޔޯއަށް ކަނޑައަޅާފައިވާ ވެރިޔާ ޝައިޚް ހަސަން ޔަޢްޤޫބު އަލީ ވިދާޅުވި ގޮތުގައި އެމެރިކާ އަދި ފްރާންސްގެ ދެ މަތިންދާ ބޯޓެއް އެމީހުންނާއި ދިމާކޮށް ހަމަލާދީ ދެ މުޖާހިދުންނަށްވެސް ގެއްލުން ވަނީ ލިބިފައެވެ.

އެމެރިކާއިން ސޯމާލިޔާ ތެރޭގައި ސިއްރު ހަރަކާތްތަކެއް ހިންގަމުން ދެއެވެ. އެފްރިކާގެ އިދާރާއިން ޚަބަރުލިބޭ ގޮތުގައި އެމެރިކާއިން ހޯދަން ބޭނުންވެފައިވާ މީހުންގެ ލިސްޓެއް ވާކަމަށް އެމީހުން ރަސްމީކޮން ބުނެފައިވެއެވެ. އަދި އޭގެން މީހެއް އުޅޭ ތަނެއްގެ މައުލޫމާތެއް ލިބިއްޖެނަމަ މަރާލާނޭ ކަމުގައިވެސް ބުނެފައިވެއެވެ.

މިކަން ބަހަނާއަކަށް ނަގައިގެން އެމެރިކާއިން ދަނީ ސޯމާލިޔާގެ އެކި ހިސާބުތަކަށް ހަމަލާ ދެމުންނެވެ. އެމެރިކާނުންނަކަށް އިސްލާމީ ޝަރީޢަތަށް ބަޔަކު ޢަމަލު ކުރަމުން ދާތަން ބަލަން ކެތެއްނުކުރެވެއެވެ. ﷲގެ ވާގިފުޅާއެކު ސޯމާލިޔާގެ ބޯޑު ސަރަހައްދެއްގައި އިސްލާމީ ޝަރީޢަތް ވަނީ ޤާއިމް ކޮއްފައެވެ.

މަޞްދަރު: އެކުލަވާލެވިފައި

  •   އަޅުގަނޑުމެންގެ ދުޢާގައި މުސްލިމު އަޚުންނާއި އުޚްތުން, މުހާޖިރުންނާއި އަންޞާރުން, އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ﷲގެ މަގުގައި ހަނގުރާމަކުރަށްވަމުންދާ އެންމެހާ މުޖާހިދުންނަށް ނަޞްރު ދެއްވެވުން އެދި ދުޢާކުރެއްވުމަށް ހަނދުމަފުޅު ބަހައްޓަވާ! އަދި އެމަގުގައި ރަހީނުކުރެވިފައިވާ އަޚުންނާއި އުޚްތުން ސަލާމަތްކޮށް ދެއްވެވުން އެދި ދުޢާކުރެއްވުމަށްވެސް ހަނދުމަފުޅު ބަހައްޓަވާ!
މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 01 ޖުލައި 2011         

ޚިޔާލެއް ފާޅުކުރެއްވުމަށް…



އެހެން އަކުރުތަކެއް ދައްކާލާ!

/div>
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.