شيخ سلمان بن فهد العودة


އަހަރެންގެ ޙަޔާތުގެ ދުވަސްތަކުގައި ދީނަށް ޚިދުމަތްކުރާނީ ކިހިނެތް ހެއްޔެވެ؟ އަހަރެންގެ އަމިއްލަ ކަންތައްތައް ކުރުމުގެ ތެރޭގައި ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ މިއީ އަހަރެމެންގެ ތެރެއިން ވަރަށް ގިނަ މީހުން އަމިއްލަ ނަފްސާއި ކުރާ ސުވާލެކެވެ. އަދި މިއީ ވަރަށް ރަނގަޅު ސުވާލެކެވެ.

އެހެންކަމުން، އަހަރެމެންގެ އަމިއްލަ ނަފްސާއި ސުވާލުކުރަމެވެ. އަހަރެން، މީސްތަކުންނަށް ހެޔޮކަންތައްތައް ކުރުމަށް ގޮވާލާނީ ހެއްޔެވެ؟ ނުބައި ކަންތައްތައް މަނާކުރާނީ ހެއްޔެވެ؟ ނުވަތަ އަހަންނަށް އޮތް ރަނގަޅު ގޮތަކީ، ކުދިންތައް އެއްކޮށް، އެކުދިންނަށް ޤުރުއާން ހިތުދަސް ކުރުމަށް އެހީތެރިވެ ދިނުން ހެއްޔެވެ؟ ނުވަތަ އޭގެ ބަދަލުގައި ހިލޭސާބަހަށް ކުރެވޭ މަސައްކަތެއްގައި ބައިވެރިވާނީހެއްޔެވެ؟



ވަރަށް ގިނައިން ކުރެވޭ ސުވާލެކެވެ.[ޢިލްމު ޙާޞިލް ކުރުމުގައާއި، ދަޢްވާ ދިނުމުގައާއި، ޖިހާދު ކުރުމުގައި އެމީހާގެ ވަގުތުތައް ހަމަޖައްސާނީ ކިހިނެއް ހެއްޔެވެ؟ ފަށާނީ ކޮން ކަމަކުން ހެއްޔެވެ؟]

މިމައްސަލައަކީ ހީވާގޮތުން ޒުވާނުންގެ ތެރެއިން ގިނަ މީހުންނަށް އުނދަގޫ ވަމުންދާ މައްސަލައެކެވެ. އެއީ ދަޢްވަތުގެ ދާއިރާގެ ދޮރުތަކުގައި ޓަކިޖަހަމުންދާ ޒުވާނުންތައް ވަނީ ޢިލްމު ޙާޞިލު ކުރާ ނުވަތަ ޖިހާދުކުރާ ޒުވާނުންތައް ވަށާލާފައެވެ.

ކުރީގެ އިސްވެ ދިޔަ މުސްލިމުންގެ ޖީލު ދެއްކެވި ނަމޫނާއަށް އަހަރެމެން ތަބަޢު ނުވަނީ ކީއްވެހެއްޔެވެ؟

 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.