شيخ محمد صالح المنجد (حفظه الله)


الحمد لله. ރާއްޖޭގައި އިސްލާމިކް ބޭންކެއް ހުޅުވުމާއި ގުޅިގެން އަޅުގަނޑުމެންގެ ހިތްތަކުގައި އުފެދިގެން އައި އެންމެ ބޮޑު ސުވާލަކީ އިސްލާމިކް ބޭންކެއް ހުޅުވުމާއި އެކު ބޭންކް އޮފް މޯލްޑިވްސް ފަދަ ރިބާގެ މުއާމަލާތް ކުރެވޭ ބޭންކްތަކުގައި ފައިސާ ރައްކާކުރުން ހުއްދަވާނެތޯއެވެ؟



މުސްލިމަކަށް ރަނގަޅު ހުވަފެނެއް ފެނިއްޖެނަމަ، އަންނަނިވި ކަންތައްތައް ކުރުން އެދެވިގެންވެއެވެ.

އޭނާ ﷲ އަށް ޙަމްދުކޮށް ﷲ މަތިވެރި ކުރަންވާނެއެވެ.

އެކަމުގެ ޢިލްމުލިބިފައިވާ މީހެއްގެ ފަރާތުން އޭނާ އެހުވަފެން، ތަޢުބީރުކުރަންވާނެއެވެ.

އެހުވަފެން ކިޔައި ދިނުމުގެ ސަބަބުން ހެޔޮ ބަހެއް ނުލިބޭނެ ފަދަ މީހަކަށް އެހުވަފެން ނުކިޔައި ދޭށެވެ. ނުވަތަ ޙިކްމަތްތެރި މީހަކަށެވެ. ނުވަތަ އޭނާ ލޯބިވާ މީހަކަށެވެ. އަދި އޭގެ ސަބަބުން އޭނާއާއި މެދު ޙަސަދަވެރިވެދާނެ ފަދަ މީހަކަށްވެސް އެހުވަފެން ކިޔައިނުދޭށެވެ.



އަމިއްލަ ނަފްސުގެ ކުށްތަކަށް އިޢުތިރާފްވުމަކީ، ނަފްސު އިޞްލާޙުވުމުގެ އެންމެ ފުރަތަމަ ފިޔަވަޅެވެ. އެމީހެއްގެ ކިބައިގައި ކުށްތަކެއް ހުރިހަކަމަށް އިޢުތިރާފްވެއްޖެ ކޮންމެ މީހަކު ވަނީ ނަފްސު އިޞްލާޙްކުރުމުގެ މަގު ފަށާފައެވެ. މިފަދައިން ކުށްތަކަށް އިޢުތިރާފްވުމީ، އަހަރެމެންގެ އަމިއްލަ ނަފްސުތައް އިޞްލާޙްވުމާއި، އެކަމުގައި ދެމިހުރުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. މިފަދައިން އިޢުތިރާފްވުމުގެ ސަބަބުން، މީހެއްގެ ނަފްސު އިޞްލާޙްވުމުން ދުރުހެލިކޮށްގެން ނުވާނެއެވެ. މިއީ، މީހަކު އިޞްލާޙުވެ ރަނގަޅުވާން މަސައްކަތްކުރާ ހިނދުގައި، ﷲތަޢާލާ ވެލައްވާ އަޅާލެއްވުމުގެ ހެއްކެކެވެ. އެހެނީ، ﷲތަޢާލާ ވަހީކުރެއްވިއެވެ.



الله سبحانه وتعالى މާތް ކުރެއްވި މުޙައްރަމް މަހަކީ ވަރަށްވެސް ބަރަކާތްތެރި އަދި މުހިއްމު މަހެކެވެ. މުޙައްރަމް މަހަކީ ހިޖްރީ އައު އަހަރު ފެށޭ މަހެވެ. އަދި އެމަހަކީ، ﷲ ތަޢާލާ ޙުރުމަތްތެރި ކުރެއްވި ހަތަރު މަސްތަކުގެތެރޭގައި ހިމެނޭ މަހެއްވެސް މެއެވެ. ﷲ ވަޙީ ކުރެއްވިއެވެ. [إِنَّ عِدَّةَ الشُّهُورِ عِنْدَ اللَّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّهِ يَوْمَ خَلَقَ السَّمَاوَاتِ وَالأرْضَ مِنْهَا أَرْبَعَةٌ حُرُمٌ ذَلِكَ الدِّينُ الْقَيِّمُ فَلا تَظْلِمُوا فِيهِنَّ أَنْفُسَكُمْ وَقَاتِلُوا الْمُشْرِكِينَ كَافَّةً كَمَا يُقَاتِلُونَكُمْ كَافَّةً وَاعْلَمُوا أَنَّ اللَّهَ مَعَ الْمُتَّقِينَ]



ޝައިޚް ޞާލިޙް އަލް-މުނައްޖިދުއަށް ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުން, މައިކަލް ޖެކްޝަން މަރުވުމާއި އެކަމުން މުސްލިމުން ލިބިގަންނަންވީ ފިލާވަޅުތަކުގެ ވާހަކަ ބަޔާންކޮށްދިނެވެ. ޝައިޚް ވިދާޅުވަނީ ޙަޤީޤަތުގައި ކަންއޮތްގޮތުގެ ވާހަކައެވެ. އަދި ގިނަ މުސްލިމުންނެއް ޖެކްޝަން މަރުވުމުން އެކަމާއި ހިތާމަފާޅުކޮށް އޭނައަށް އިޙްތިރާމު އަދާކުރާކަންވަނީ ދައްކާފައެވެ. އެއީ, އޭނަ އިސްލާމްވީ ކަމުގެ އެއްވެސް ސާފު ޘާބިތު ދަލީލެއް ނެތް އިރުވެސް, އަދި އޭނަ ފާފަވެރިއެއްގޮތުގަ މަރުވިކަން އެނގޭއިރުވެސް މެއެވެ. މިފަތުވާއަކީ ޝައިޚް ފަތިސް ނަމާދުކޮށް ނިމުނު ވަގުތު އެހި ސުވާލަކަށް, ކުރުގޮތަކަށް ދީފައިވާ ފަތުވާއެކެވެ.

 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.