ދިވެހިރާއްޖެ

“ދިއިސްލާމް” ގެ ނަމުގައި 01 ޖޫން 2011 ވަނަ ރޭ ނެރުނު މަޖައްލާ އަކީ ދިއިސްލާމް އޮންލައިން ނޫހުގެ ފަރާތުން ނެރެން ފެށި މަޖައްލާއެއް

މުޅިން އާ ދިވެހި މަޖައްލާއެއް ވުޖޫދަށް އަތުވެއްޖެއެވެ. . “ދިއިސްލާމް” ގެ ނަމުގައި 01 ޖޫން 2011 ވަނަ ރޭ ނެރުނު މަޖައްލާ އަކީ ދިއިސްލާމް އޮންލައިން ނޫހުގެ ފަރާތުން ނެރެން ފެށި މަޖައްލާއެކެވެ.


މިފަދަ ދީނީ ޙަރަކާތްތަކާއި ދެކޮޅަށް، ދެކޮޅުވެރި ފަރާތްތަކުން ދެގުނައަށް މަސައްކަތްކުރަމުންދޭ.

ޖަމްޢިއްޔަތުއް ސަލަފާއި، މުސްލިމުންގެ ގުޅުން އަދި ޕީސް ފައުންޑޭޝަންގެ އެހީތެރިކަމާއެކު މިއަދު ހަވީރު 4 އަކުން ފެށިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޙަރަކާތްތައް، އަންނަ ހުކުރު (3 ޖޫން 2011) އަށް ފަސްކޮށްފިކަމުގައި ޚަބަރު ލިބިއްޖެއެވެ.


29 އޭޕްރީލް 2011 (ހުކުރު)

ދިވެހިންވެސް ބޭނުމީ އިސްލާމީ ޝަރީޢަތް…

ޝާއިޢުކުރީ: ޚަބަރު ސެކްޝަން
ހިމެނޭ ބައި: ދިވެހިރާއްޖެ
ތަޤްސީމް:
މިއެއްވުމަކީ ދިވެހިރާއްޖޭގައި މިހާތަނަށް އިސްލާމީ ޝަރީޢަތަށް ގޮވާލާ ބޭއްވުނު ފުރަތަމަ އެއްވުމެވެ.

ދިވެހިރާއްޖޭއި އިސްލާމީ ޝަރީއަތް ތަންފީޒު ކުރުމަށް ގޮވާލާ ވަރުގަދަ އެއްވުމެއް ބާއްވައިފިއެވެ. މިއަދު ހަވީރު 4:00އިން 6:00 އަށް ސުނާމީ ބިނާ ސަރަހައްދުގައި ކުރިއަށްދިޔަ މިއެއްވުމުގައި އިސްލާމީ ޝަރީއާ ތަންފީޒު ކުރުމަށް ގޮވާލައި ލިޔެފައިވާ ބޯޑުތަކާއި ޕޯސްޓަރުތައް ހިފައިގެން ގިނަ އަދަދެއްގެ އާންމު ރައްޔިތުން އެއްވެތިއްބެވެ. އަދި މަދަނީ އިއްތިހާދުގެ ޖަމިއްޔާތަކުގެ އިސްވެރިންނާއި ޝޭޚުން މިއަދު އެއްވުމުގައި ބައިވެރިވެ އަޑު އުފުލި އެވެ. މިއީ ދިވެހިރާއްޖޭގައި މިހާތަނަށް އިސްލާމީ ޝަރީޢަތަށް ގޮވާލާ ބޭއްވުނު ފުރަތަމަ އެއްވުމެވެ.


ފަޟީލަތުއް ޝައިޚް އިލްޔާސް ހުސެއިން ދެއްވި ވަރުގަދަ ދަރުސްއަކީ އަދި މިހާތަނަށް ކެރިގެން އެހާ ހާމަކަން ބޮޑު ގޮތެއްގައި މުޅިރާއްޖެއާ މުޚާޠަބުކޮށް ދިވެހި ފަރުދަކު ގޮވާލި ފުރަތަމަ ފަހަރެވެ.

ދިވެހިރާއްޖެ މީގެ ކުރިން ދުވަހަކުވެސް ނުދެކޭހާ ފަދަ ދަށުދަރަޖައަކަށް ރާއްޖެ ވެއްޓިފައި ވަނިކޮށް މިދިޔަ ހުކުރުދުވަހުގެރޭ ދަރުބާރުގޭގައި އަދާލަތުން ބޭއްވި ދަރުސްގައި ރާއްޖޭގައި މީހުން އުޅޭ ހުރިހާ ރަށެއްގައި 29 ވާ ހުކުރު ދުވަހު އަޞްރު ނަމާދަށް ފަހު، އެއްވެ ރާއްޖެއަށް އިސްލާމީ ޝަރީޢަތް ގެނެސްދިނުމަށް އެދި ސަރުކާރަށް ގޮވާލުމަށް ބައިވެރިވުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ކިބައިން އެދުނެވެ. މާލޭގައި އެއްވުން އޮންނާނީ އާރޓިފިޝަލް ބީޗްގައެވެ. އަދި މި އެއްވުމުގައި ގިނަ ބަޔަކު ބައިވެރިވާނެ ކަމަށް އުންމީދުކުރެވެއެވެ.


އެހެންވީމާ، އަޅުގަނޑު ގޮވާލަން އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ޙައްދުތައް އެއޮތްގޮތަށް ބަރާބަރަށް ތަންފީޛްކުރުމަށް. އެކަން އެގޮތަށް ނުކުރާކަމުގައިވާނަމަ އަޅުގަނޑުމެންނަށް ހެދޭ އެއްވެސް ޤާނޫނެއް، ޤަވާއިދެއްގެ ބޭނުމެއް ނެތް. މިޙައްދުތައް ޤާއިމްނުކުރާކަމުގައިވާނަމަ ރައްޔިތުންގެ މަޖިލީސް ވެސް އުވާލުމަށް އަޅުގަނޑު ގޮވާލަން” ޝައިޚް ގޮވާލެއްވިއެވެ

އިސްލާމީ ޝަރީޢަތުގެ ޙައްދުތައް ތަންފީޛް ކުރުމަށާއި، މިޙައްދުތައް ޤާއިމްނުކުރާކަމުގައިވާނަމަ ރައްޔިތުންގެ މަޖިލީސް އުވާލުމަށް ޖަމްޢިއްޔަތުއްސަލަފުން ގޮވާލައިފިއެވެ. ރޭ ސަން އެފް.އެމް އިން ފޮނުވި “ޢިލްމީ ޚަޒާނާ” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިކަމަށް ގޮވާލެއްވީ ޖަމްޢިއްޔަތުއްސަލަފްގެ ނާއިބް ރައީސް ޝައިޚް ޙަސަން މޫސާ ފިކުރީ އެވެ.

« ފެށުން ފަހަތަށް 1 2 3 ކުރިއަށް ނިމުން »
ޞަފްޙާ 1 (ޖުމްލަ 3)
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.