امام محمد الغزالي (رحمه الله)


އިސްލާމީ މުޖުތަމަޢުގައި މިސްކިތުގެ ދަރަޖަ ވެގެންދަނީ ރޫޚާނީ އަދި މާއްދީ މަގުދައްކައިދޭ ވަޞީލަތެއްގެ ގޮތުގައެވެ. އެއީ އަޅުކަމުގެ ތަނެކެވެ. ޢިލްމުގެ މަދަރުސާއެކެވެ. އަދި އަދަބިއްޔާތުގެ ކްލަބެކެވެ. ނަމާދުގެ ވާޖިބަށް ފުރިހަމައަށް ގުޅިފައިވާ ވުމާއި އަދި އަޅުވެރިންގެ ސަފުތަކަކީ ނަމާދުގެ ވާޖިބިއްޔަތުގެ އަޚްލާޤުގެ ސިފައެވެ. އަދި އަޅުވެރިންގެ ސަފުތަކަކީ އިސްލާމް ދީނުގެ ފޮނި މީރުކަން ގެނުވައިދޭ އަޚްލާޤުގެ ސިފަތަކާއި އާދަތަކެވެ. ވަރުގަދަ އަޚްލާޤުގެ މަތީގައި ތިބި ޝަޙްސިއްޔަތު ތަކެއް ބިނާކުރުމަށް ކުޅަދާނަވެގެންނުވާ މިހާރުގެ މީހުން ހިތްހަމަޖެހުން ލިބިގަންނަނީ ވަރުގަދަ ބޮޑެތި މިސްކިތްތައް ބިނާ ކުރުމުންނެވެ.



ދަރިފުޅުގެ ތަޢުލީމުގެ ފުރަތަމަ މަރުޙަލާ، ތަރުބިއްޔަތު އަދި ރިވެތި އަޚްލާޤް އަށަގެންނެވުން..

ދަރިން ތަރުބިއްޔަތު ކުރުމަށްޓަކައި ހަރުދަނާ ފައިދާ ކުރަނިވި އުޞޫލެއް ގެންގުޅުމަކީ ވަރަށް މުހިންމު ފައިދާ ކުރަނިވި ކަމެކެވެ. އެހެނީ، ދަރިންނަކީ ﷲ ގެ ހަޟްރަތުން މައިންބަފައިންނަށް ދެއްވިގެންވާ އަމާނާތެކެވެ. އަދި އެކުދިންގެ ހިތަކީ ރިވެތި، ސާފް އަދި އާދައިގެ ލޯގަނޑެކެވެ. އެހިތަކީ އެންމެހާ ބައްޓަން ތަކާއި ގޮތްތަކުން ބަރީޢަވެގެންވާ އެއްޗެއްކަމުގައި ވިޔަސް އެހިތަކީ ހުރިހާ ވައްތަރެއްގެ ކަންތައްތަކަކުން ނުފޫޒު ފޯރާފަދަ އެއްޗެކެވެ. އަދި އެހެން މީހުން އެދޭ ފަދަ ކޮންމެ ގޮތަކަށް އެހިތް ލަންބުވައި ލެވިދާނެއެވެ.



ދެބަސްވުމެއް އިންތިހާ ދަރަޖައަށް ގޮސް އޭގެ މޫތައް އެތެރެއަށް ވަދެ، އޭގެ ކަށިތައް ގޮފިތަކަށްވެ، އަދި އޭގެ ގޮފިތައް ޢަދަދުން އިތުރުވުމުން ދެން އީމާންކަމުގެ މޭވާތަކުގެ ފޮނިކަމަށް ވަރަށް ބޮޑަށް އަސަރުކުރެއެވެ. އިސްލާމްދީނުގައި އެކަންތަކަށް ހިތްވަރުދޭ ކަންތައްކަމުގައިވާ، މަޑުމައިތިރިކަމާއި، ހަމްދަރުދީ އާއި، ހިތްހަމަޖެހުމާއި އަދި އަމާންކަން ފަހަތަށް ޖެހިދެއެވެ. އަޅުކަން ކުރުމުގައި އޭގައިވާ ތަޤްވާވެރިކަން ގެއްލިދެއެވެ. އަދި އެއަޅުކަމުން ނަފްސަށް އެއްވެސް ފައިދާއެއް ނުވެއެވެ.



އީމާންކަމަކީ ނުހަނު ބާރުގަދަ އެއްޗެކެވެ. އެހެނީ، އޭގެ ސަބަބުން މީހާ ދަށު ދަރަޖައިގެ ސިފަ ތަކުންނާއި ހަޑި ހުތުރު ޢަމަލުތަކުން ދުރުކޮށްދެއެވެ. އަދި މަތިވެރި ސިފަތައް ލިބިގަތުމަށާއި ރިވެތި އަޚްލާޤު ލިބުމަށް މަގުފަހިކޮށްދެއެވެ. ﷲ ތަޢާލާ، އެކަލާނގެ އަޅުތަކުންނަށް ނުބައި ކަންތައްތައް ނަފްރަތުކުރުމަށާއި އަދި މަތިވެރި ކަންތައްތައް ގޮވާލާއިރުގައި އެކަންތައްތަކަކީ އެބައިމީހުންގެ ހިތުގައިވާ އީމާންކަމުގެ މުހިންމު ޝަރުޠެއް ކަމުގައި ކަނޑައަޅުއްވައެވެ. މިސާލަކަށް، ތައުބާ ސޫރަތުގައި އެކަލާނގެ މީސްތަކުންނަށް ތެދު ބުނުމަށާއި ތަޤްވާވެރިކަން އަށަގެންނެވުމަށް އަމުރު ކުރައްވާ ހިނދުގައި އެބައިމީހުންނާ މިފަދައިން މުޚާޠިބު ކުރައްވައެވެ.

 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.