سيد قطب (رحمه الله)


”ބަލިކަށި، ކުރު ޢުމުރުގެ އުނި އިންސާނާ އޭނާގެ ނަފްސު އެންމެ ބާރުގަދަ ފަރާތާއި ގުޅެންޖެހޭނެ އެވެ. އެހެނީ އިންސާނާއަށް ބޭނުންވާ ހަކަތަ އެ އިންސާނާގެ ކުޅަދާނަކަން ލިބިގެންވާ މިންވަރަށްވުރެ އިތުރުވުމުން، ހަކަތައިގެ ގޮތުން އެކަލާނގެ ހަޟްރަތުން އެހީތެރިކަން ލިބުމަށެވެ. އަދި ސިއްރާއި ފާޅު ނުބައި ބާރުތަކާއި ކުރިމަތިވުމުންނެވެ. އަދި ދަހިވެތިކަމާއި އަމިއްލަ ނަފްސުގެ އެދުންތަކާއި ދުރުވުމުގެ މަގުގައި ސާބިތުކަމާއި އެކުގައި ދެމިހުރުމަށް އުދަނގޫވުމުންނެވެ. އަދި ނުބައިކަމާއި އަނިޔާވެރިކަން ބޮޑުވުމުން އެއާއި ދެކޮޅަށް ގަދައަޅާ މަސައްކަތްކުރުމަށް އުދަނގޫވުމުންނެވެ. އަދި މަގު މާ ދިގުވުމުންނާއި އޭނާގެ ހަޔާތުގެ ކުރު މުއްދަތުގައި މުޞީބާތްތައް ދެމިގެން ދިއުމުންނެވެ. އަދި އޭނާއަށް އެއްވެސް ކަމެއް ޙާޞިލެއް ނުކުރެވުނުކަން އެގުމުންނެވެ. އަދި އެއީ އޭނާ ނުހަނު އަވަހަށް ގެންދަވާނެކަމަށް އިޙްސާސްކުރެވޭ ޙާލު އެވެ. އަދި އޭނާގެ ޙަޔާތުގެ އިރު އޮއްސި އަދި ނުބައިކަން އޭގެ ބާރުގަދަކޮށްފިކަން އޭނާއަށް އެގުމުންނެވެ. ހެޔޮކަމުގައި ބާރެއް ނުވެ އުޑުގައި އެއްވެސް އުޖާލާކަމެއް ނެތި އަދި މަގުގައި އެއްވެސް ނިޝާނެއް ނެތުމުންނެވެ.



މުއުމިނު އަޅާގެ މައްޗަށް ވަނީ އޭނާގެ މައްޗަށްވާ ވާޖިބުތައް އަދާ ކުރުމެވެ. އަދި އެވާޖިބުތަކަކީ ދުނިޔަވީ ޙަޔާތުގެ މައްޗަށް، ﷲ ތަޢާލާ މަތިވެރިކޮށް، ދުނިޔަވީ ޙަޔާތުގެ މައްޗަށް އީމާންކަން އިޚްތިޔާރުކޮށް، އީމާންކަމުގެ ތެރޭގައި އެބައިމީހުން އިމްތިޙާނުކުރެވުމުގެ ސަބަބުން މަތިވެރިވެގެން ދިޔުން އިޚްތިޔާރުކުރުމާއި އެކު، ހެޔޮ ނިޔަތާއި، ޢަމަލު ކުރުމާއި އެކު، ﷲ ގެ އެއްކައުވަންތަކަމަށް ހެކިވުމެވެ. ދެން އެއަށްފަހު އޭނާ އާއި އޭނާގެ ޢަދުއްވުންނާއި، އޭނާގެ ދީނާއި، އޭނާގެ ދަޢްވަތާއި މެދު ކަންތައްތައް އެންމެ ފުރިހަމަ ގޮތުގައި ނިންމަވާނީ ﷲ ތަޢާލާއެވެ. އަދި ﷲ ތަޢާލާ އެފަދަ މީހަކަށް ތާރީޚުދުށް ފަދަ ނިމުމެއްވެސް ދެއްވަފާނެއެވެ. ނުވަތަ ދުވަހަކުވެސް ފެނިފައިނުވާ، ހަމައެކަނި ﷲ ތަޢާލާ އެނގިވޮޑިގެންނަވާ، އަދި އެއިލާހު މޮޅަށް ދެނެވޮޑިގަންނަވާ ފަދަ ނިމުމެއްވެސް ދެއްވަފާނެއެވެ.

 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.