ޢިބްރަތްތެރި ވާހަކަތައް


އަހަރެންނަށް މި ހާދިސާ ކިޔައިދިނީ 20 އަހަރަށްވުރެ ގިނަ ދުވަހު ޢިލްމުވެރިންގެ އަރިހުން ޢިލްމު ހޯދަމުން ދިޔަ ޢިލްމުގެ ދަރިވަރެކެވެ. އޭނާ އަހަރެންނަށް ޝައިޚް އުސާމާ ބިން ލާދިން (رحمه الله) އަށް އެންމެ 9 އަހަރުގައި ފެނުނު ހުވަފެނެއްގެ ވާހަކަ ކިޔައިދިނެވެ. މި ހުވަފެނުންވެސް އަންގައިދެނީ ﷲ سبحانه وتعالى އުސާމާ ބިން ލާދިން އެންމެ ކުޑަ އުމުރުން ފެށިގެންވެސް ، މުސްލިމުންގެ ބިންތަކަށް އަރައިގަނެގެން އުޅޭ ކާފަރުންނާއި ދެކޮޅަށް ކުރާ ހަނގުރާމަތަކަށް ތައްޔާރު ކުރުވަމުން ދިޔަކަމެވެ.


14 ޖޫން 2011 (އަންގާރަ)

އުޅުން ބަދަލުކޮށްލި ހުވަފެން

ޝާއިޢުކުރީ: ޒުލްފިޤާރް
ހިމެނޭ ބައި: ޢިބްރަތްތެރި ވާހަކަ

ރީތި ކަމާއި ލޫޅާފަތިކަމަކީ ނިޢުމަތްތަކުގެވެރި ﷲ އަހަރެންނަށް ދެއްވާފައިވާ ހިބައެކެވެ. އެނިޢުމަތް ލިބިގަންނަމުން، އަހަރެން އުޅެމުން ގެންދިޔައީ ޒުވާން ފިރިހެންކުދީން ހިތު ލޯބިން ޖެހޭ ޖަޒުބާތީ ދަންތުރަ ތަކެއްގަވެ. ޙަޔާތުގެ ވޮޑޭ ތުޑިމަތީގައެވެ. ޔުނިވަރސިޓީގެ ޒުވާން ދަރިވަރުންގެ މެދުގައި މިކަންވަނީ އެންމެ ގަޔާވެގެން ކަމާވެގެން ދެކެވޭ ވާހަކަ އަކަށްވެފައެވެ. އަހަރެންނަށް އެކަން އިޙްސާސް ކުރެވެއެވެ. މިނިޢުމަތް ބޭނުން ހިފުމުގައި ދެއްކުންތެރިކަމާއި ލަންބުވައިލުމުގެ މިޒާޖަށް ތަރުހީބުދެމުން އަހަރެން ހިތްތަކުގެ ޖަޒުބާތުތަކުން ދާހިއްލުވަމުން ގެންދިޔައީ ހަމަ ޤަސްތުގައެވެ. އަންހެނެއްގެ ރީތިކަމަކީ އަނެކުންނަށް ދައްކައި އިޝްތިހާރުކޮށް އޭގެ އަވައިގައި ވީހައި ގިނަބަޔަކު ޖެއްސުމަށް އޮތް ހަތިޔާރެއްކަމަށް ބަލައިގެންނެވެ. ހަވީރު ފިނީގެ ޕާރޓީތަކަށް ހަރަކާތް އަންނަނީ އަހަރެންގެ ލޫޅާފަތި ހަށިގަނޑުގެ ވަނާތަކަށް ގެންނަ ބަނޑިބަނޑިންނެވެ. ޒުވާން ހިތްތައް އުތުރުގެން އަރައި ބަންޑުންވަނީ އަހަރެންގެ ހިތްގައިމު ހިނިތުންވުމުންނެވެ.


06 ޖޫން 2011 (ހޯމަ)

އަވަށްޓެރިއެއްގެ ތައުބާ!

ޝާއިޢުކުރީ: އުއްމު ޢީޝަލް
ހިމެނޭ ބައި: ޢިބްރަތްތެރި ވާހަކަ

މާލިކް ބިން ދީނާރު ރިވާކުރައްވާފައިވެއެވެ. ނުބައި އަމަލުތަށް ކުރުމުގައި ދެމިހުރި އަވަށްޓެރިއެއް އަހަރެންގެވިއެވެ. ހުރިހާ އަވަށްޓެރިންވެސް އޭނާ ބަހައްޓަނީ އެކަހެރިކޮށްފައެވެ. އެއްދުވަހަކު އޭނާގެ އެހެން އަވަށްޓެރިންތަކެއް އަހަރެންގެ ގާތަށް އައިސް އޭނާގެ ނުބައިއަމަލުތަކުގެ ޝަކުވާ އުފުލިއެވެ.



އޭނާގެ މަންމަގެ ހުންނަނީ އެއްލޮލެވެ. އޭނާ މަންމަދެކެ ވަރަށް ރުޅި އާދެއެވެ. މަންމަ އަކީ އޭނާގެ ޙަޔާތުގައި ޖެހިފައިވާ ލަދުވެތި ކަމުގެ ލައްގަނޑެކެވެ. ޢާއިލާގެ ޚަރަދު ބަރަދު ބެލެހެއްޓުމަށްޓަކައި މަންމަ ކުރާ މަސައްކަތަކީ މީހުންނަށް ކައްކައި ދިނުމެވެ.


18 މޭ 2011 (ބުދަ)

ވަޅުލާފައިވާ ޚަޒާނާ

ޝާއިޢުކުރީ: ޒުލްފިޤާރް
ހިމެނޭ ބައި: ޢިބްރަތްތެރި ވާހަކަ

އެއް ޒަމާނެއްގައި މުރާލި ދީލަތި ދަނޑުވެރިއެއް އުޅެނެވެ. އޭނާއަށް ކަންނެތް ދަހި ހަތަރު ދަރިން ލިބުނެވެ. މަރަށް ޙާޟިރުވުމުން ދަނޑުވެރިޔާ ދަރިންނަށް ވަޞިއްޔަތެއް ކުރިއެވެ. އެއީ ވަރަށް ބޮޑު ރަން ޚަޒާނާއެއް ޢާއިލާގެ ދަނޑު ކޮނުމުން ފެންނާނޭ ކަމަށެވެ. ދަނޑުވެރިޔާ މަރުވުމުން، މިކުދިން ދަނޑަށް ގޮސް ދަނޑުގެ އެއްކޮޅުން އަނެއްކޮޅަށް ކޮނެފިއެވެ. ނަމަވެސް ޚަޒާނާއެއް ނުފެނުނެވެ.

« ފެށުން ފަހަތަށް 1 2 3 4 5 6 7 8 ކުރިއަށް ނިމުން »
ޞަފްޙާ 1 (ޖުމްލަ 20)
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.