ރޯދައިގެ އަޅުކަން
13 ނޮވެމްބަރ 2010 (ހޮނިހިރު)

ޢަރަފާތް ދުވަހުގެ ރޯދަ

ޝާއިޢުކުރީ: އަބޫ ކަޘީރް

ޛުލްޙިއްޖާ މަހުގެ ނުވަވަނަ ދުވަހަކީ އަރަފާތް ދުވަހެވެ. އެއީ ޙައްޖުވެރިން ޢަރަފާތުގެ ބިމުގައި މަޑު ކުރާ ދުވަހެވެ. ޙައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިނުވާ އެންމެހާ މުސްލިމުން ޢަރަފާތް ދުވަހުގައި ރޯދައަށް ހުރުމަކީ ސުންނަތް ވެގެންވާ ކަމެކެވެ.

އަބޫ ޙަފްސު (رضي الله عنه) ގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ (صلى الله عليه وسلم) ޙަދީޘް ކުރެއްވިއެވެ. ”ޢަރަފާތް ދުވަހުގައި ރޯދައަށް ހުރުމުން ދެއަހަރުގެ ފާފަތައް ފުހެވިގެން ދެއެވެ. އެއީ ވޭތުވެ ގޮސްފައިވާ އަހަރާއި ކުރިއަށް އޮތް އަހަރުގެއެވެ…“ [ބުޚާރީ، މުސްލިމް]

ޝާއިޢުކުރީ: އެޑްމިން ޢަބްދުﷲ

ރޯދަ ހިފުމާއި އެކު ކެތްތެރިވެ، ޘާބިތު ވުމުގެ މައްސަރު އަހަރެމެންނާއި ބައްދަލު ކޮށްފައިވާއިރު، ޣައްޒާގައި ތިބި އަހަރެމެންގެ އަޚުންތަކާއި އިބްނި ތައިމިއްޔާ މިސްކިތުގައި ތިބި އެމީހުންގެ އަޚުން އަދިވެސް ދަނީ އެމީހުންނާއި ކުރިމަތިލާން ޖެހިފައިވާ ދަތި އުނދަގޫތައް ތަޙައްމަލް ކުރަމުންނެވެ.

ޝާއިޢުކުރީ: އުއްމު ކުލްޘޫމް

الحمد لله والصلاة والسلام على رسول الله, وبعد:

ބަރަކާތްތެރި ރަމަޟާން މަސް އަހަރެމެންނާ ވަކިވެގެން ދެއެވެ. އޭގެ އުފާވެރި ދުވަސްތައް މާޒީވެ ދެއެވެ. އޭގައިވި ބަރަކާތްތެރި ރޭތައް ތާރީޚާއި އެކުވެ ދެއެވެ. އަހަރުމެން ޤުރުއާނުގެ މި މައްސަރު ފަހަތަށް ދޫކުރަމެވެ. އެއީ ތަޤުވާއާއި ކެތްތެރިކަމާއި ޖިހާދާއި ރަޙުމަތާއި ފާފުއްސެވުމާއި ޖަހަންނަމައިން މިންޖުވުމުގެ މައްސަރު ވެސް މެއެވެ.

ޝާއިޢުކުރީ: އުއްމު ޢަބްދުﷲ

ރޯދަ މަހުގެ ފަރުޟު އަދާ ކުރުމަށް ފަހުގައި ޝައްވާލު މަހުގެ 6 ރޯދަ ހިފުމަކީ ސުންނަތް މުސްތަހައްބު އަޅުކަމެކެވެ. އަދި ވާޖިބު ކަމެއް ނޫނެވެ. ޝައްވާލް މަހުގެ 6 ރޯދަ ހިފުމަކީ މުސްލިމުންގެ މައްޗަށް ކުރުން އެދެވިގެންވާ ކަމެކެވެ. އަދި 6 ރޯދަ ހިފުމުގެ މަތިވެރި ދަރުމައާއި އަޖުރު ލިބުން ވެއެވެ. މި 6 ދުވަހު ރޯދައަށް ހުރެފި މީހަކަށް، އެމީހަކު މުޅި އަހަރުގައި ރޯދައަށް ހުރި ކަމުގެ އަޖުރު ލިޔެވޭ ހުއްޓެވެ. އަބޫ އައްޔޫބު (رضي الله عنه) ރިވާކުރެއްވިއެވެ. ނަބިއްޔާ (صلى الله عليه وسلم) ޙަދީޘް ކުރެއްވި އެވެ. ”ރަމަޟާން މަހުގެ ރޯދަ ހިފާ، އަދި އެއާއިއެކުގައި ޝައްވާލު މަހުގެ 6 ރޯދަ ހިފައިފި މީހަކަށް އެމީހަކު މުޅި އަހަރު ދުވަހު ރޯދަ ހިފުން ފަދައެވެ.“ [މުސްލިމް]

06 ސެޕްޓެމްބަރ 2010 (ހޯމަ)

ފިޠުރު ޢީދު

ޝާއިޢުކުރީ: އަބޫ ކަޘީރް

އަނަސް (رضى الله عنه) ކިބައިން ރިވާވެގެން ވެއެވެ.” ނަބިއްޔާ (صلى الله عليه وسلم) މައްކާއިން މަދީނާއަށް ހިޖުރަ ކުރެއްވި އިރު މަދީނާގެ އަހުލުވެރިން ޚާއްޞަ ދެ ދުވަހެއް ފާހަގަ ކުރެއެވެ. މިދުވަސް ތަކުގައި އެމީހުން މިދުވަހުގެ މުނާސަބަތުގައި ކުޅިވަރު ކުޅެ ތަފާތު ޙަރަކާތްތައް ހިންގާ އުޅުނެވެ. ނަބިއްޔާ (صلى الله عليه وسلم)، މަދީނާގެ އަންޞާރުން ކުރެ މިދެ ދުވަހާއި ބެހޭގޮތުން ސުވާލު ކުރެއްވިއެވެ. އެމީހުން ބުނި ގޮތުގައި އެމީހުން އިސްލާމްވުމުގެ ކުރިން، އެމީހުން މިދެދުވަސް ފާހަގަކޮށް ތަފާތު ހަރަކާތްތައް ހިންގާ އުޅެއެވެ. ނަބިއްޔާ (صلى الله عليه وسلم) އެމީހުންނަށް ޙަދީޘް ކުރެއްވިއެވެ. ”ތި ދެދުވަހުގެ ބަދަލުގައި ﷲ ތިޔަބައިމީހުންނަށް ތިޔަށް ވުރެ މާ ރަނގަޅު ދެދުވަސް ހޮއްވަވާފައިވެއެވެ. އެއީ ފިޠުރު ޢީދާއި އަޟްޙާ ޢީދެވެ.“

« ފެށުން ފަހަތަށް 1 2 3 4 5 6 ކުރިއަށް ނިމުން »
ޞަފްޙާ 1 (ޖުމްލަ 6)
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.