ތަޤްސީމް: الولاء والبراء
ޝާއިޢުކުރީ: އަބޫ ދުޖާނާ

“…މީގެ ސަބަބުން، އެބައިމީހުން އިބްން ހަޖަރު އަލް ހައިޘަމީ އަށް ސުވާލު ދެންނެވިއެވެ. “ނަޞާރާއިންނަށް ސަލާމްކުރުމަށްޓަކައި އެބައިމީހުންނަށް މުސްލިމެއްގެ އަތް ދިއްކުރެވޭނެ ހެއްޔެވެ؟” ޖަވާބުގައި އެބޭފުޅާ ވިދާޅުވިއެވެ. “ނޫނެކެވެ. ސަބަބަކީ އެނަޞާރީ މީހާ، ތިބާ ސަލާމްކުރުމުގެ ސަބަބުން އަމާންކަން އިޙްސާސްކުރެވިދާނެތީއެވެ. އެހެންކަމުން އޭނާ ސަލާމްކުރުމަށްޓަކައި ތިބާގެއަތް އޭނާގެ މައްޗަށް އިސްނުކުރާށެވެ.”

ކަލިމައިގެ މާނަ: ﷲ ފިޔަވައި އަޅުކަންކުރުން ޙައްޤު އެހެން ފަރާތެއް ނުވެއެވެ. އަދި ހަމައެފަދައިން، ﷲ ފިޔަވައި އެހެން ފަރާތްތަކުން އިލާހުވަންތަކަން ނަފީކުރުމާއިއެކު، ﷲ އަށް އެކަނި އިލާހުވަންތަކަން ޘާބިތު ކުރުމެވެ. شيخ الإسلام ابن تيمية (رحمه الله) ވިދާޅުވިއެވެ: [ﷲ އަށް ލޯބިވެތިވުމުން މެނުވީ ހިތަށް އުފާވެރިކަމާއި ލައްޛަތެއް ނުލިބޭނެއެވެ. އަދި (އެހެންމެ) އެއިލާހު ލޯބިވެވޮޑިގަންނަވާ ކަންތައްތަކާއި ކައިރިވުމުންނެވެ. އެއިލާހު ފަދައިން ލޯބިވެތިވާ އެހެން ހުރިހާ ފަރާތްތަކެއްގެ ކިބައިން އެނބުރިގަނެގެން މެނުވީ، އެއިލާހަށް ލޯބިވެތިވުން ޙާޞިލްކުރުމަކީ ކުޅަދާނަވެގެންވާ ކަމެއްނޫނެވެ. އަދި (لا إله إلا الله ގެ) ޙަޤީޤަތަކީ މިއީއެވެ. އަދި ﷲގެ ޚަލީލް އިބްރާހީމް (عليه السلام) ގެ މިއްލަތަކީވެސް މިއީއެވެ. އަދި ﷲގެ ޞަލަވާތާއި ސަލާމްލެއްވެވި އެންމެހާ ނަބިއްޔުންނާއި ރަސޫލުންގެ މިއްލަތަކީވެސް މިއީއެވެ.]

04 ފެބްރުއަރީ 2011 (ހުކުރު)

ޤައުމީ ރޫޙު

އެންމެހާ ޙަމްދު ޘަނާއާއި ތަޢުރީފު ޙައްޤުވެގެންވަނީ މުޅި ކާއިނާތާއި އޭގައިވާ އެންމެހާ ތަކެތި ޚަލްޤުކުރައްވަވާ، އުޅެންވީ ނޫޅެންވީ ގޮތުގެ ދުސްތޫރު ބާވާލެއްވެވި ﷲ ތަޢާލާއަށެވެ. ޞަލަވާތާއި ސަލާމާއި ބަރަކާތް ލެއްވެވުން އެދި ދުޢާކުރަނީ އެ ދުސްތޫރު އިންސީންނާއި ޖިންނީންގެ މެދުގައި ތަންފީޛު ކުރުމަށް އަމުރުކުރައްވަވާ އެކަން އުނގަންނާ ދެއްވެވުމަށް ފޮނުއްވެނި މާތް ނަބިއްޔާ މުޙައްމަދުގެފާނަށެވެ. އަދި އެކަލޭގެފާނުގެ ރިސާލަތައް ތަބަޢުވެވަޑައިގެންނެވި އެންމެހާ އާލުންނާއި އަޞްޙާބުން މި ދުޢާގައި ޝާމިލުކުރަމެވެ.

العلامة ابن القيم (رحمه الله) ވިދާޅުވިއެވެ: ”ތައުޙީދަކީ ﷲ ފިޔަވައި އެހެން ޚާލިޤެއް ނުވާކަމަށާއި، އަދި ﷲ އީ އެންމެހާ ތަކެއްޗެއްގެ ވެރިރައްބު އަދި ވެރިރަސްކަލާނގެކަމަށް، އަޅާ އިޤުރާރުވާ އިޤުރާރުވުން އެކަންޏެއް ނޫނެވެ. ބުދުތަކަށް އަޅުކަންކުރަމުން ދިޔަމީހުން ވެސް، މުޝްރިކުންކަމުގައިވާ ޙާލު މިކަންކަމަށް އިޤުރާރުވިއެވެ. ޝައްކެއްނެތް ގޮތުގައި! ތައުޙީދު އެކުލަވާލެވިފައިވަނީ ﷲ އަށް ލޯބިވުމާއި، އެއިލާހަށް ކިޔަމަންތެރިވުމާއި، އެއިލާހުގެ ކުރިމަތީގައި ނިކަމެތިވުމާއި، އެއިލާހަށް ފުރިހަމަގޮތުގައި ކިޔަންމަތެރިވެ ބޯލެނބުމާއި، އެއިލާހަށް އިޚްލާޞްތެރިކަމާއިއެކު އަޅުކަންކުރުމާއި، އަދި ހުރިހާ ބަސްތަކެއްގައްޔާއި ޢަމަލުތަކެއްގައި، އަދި މުއްބާރުކުރުމުގައްޔާއި އަތްހުޅުވާލުމުގައި، އަދި ލޯބިވުމުގައްޔާއި ރުޅިއައުމުގައި އެއިލާހުގެ މަތިވެރި ވަޖްހުފުޅު އަދައިގެން ކުރުމުގެ މައްޗަށެވެ.

الموالاة (އެހީތެރިވުން) ގެ އަޞްލަކީ ލޯތްބެވެ. އަދި المعاداة (ޢަދާވާތްތެރިކަން) ގެ އަޞްލަކީ ރުޅިއެވެ. ހިތްތަކާއި ގުނަވަންތައް ޙަރަކާތްތެރިވަނީ މި ދެކަމުގެ ސަބަބުންނެވެ. الموالاة ގެ ސަބަބުން ނުޞްރަތް ދިނުމާއި، އެކުވެރިވެ އޯގާވެރިވުމާއި، އެހީތެރިކަން ފޯރުކޮށްދިނުން ފަދަކަންކަން ޙަޤީޤަތަކަށް ވެދެއެވެ. އަދި المعاداة ގެ ސަބަބުން ޖިހާދުކުރުމާއި، ހިޖުރަކުރުން ފަދަ ކަންކަން ޙަޤީޤަތަކަށް ވެދެއެވެ. (އައްރިސާލަތުލް މުފީދާ – ޝައިޚް ޢަބްދުއްލަޠީފް އާލުއްޝައިޚް)

« ފެށުން ފަހަތަށް 1 2 3 ކުރިއަށް ނިމުން »
ޞަފްޙާ 1 (ޖުމްލަ 3)
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.