06 ޖެނުއަރީ 2010 (ބުދަ)

الولاء و البراء (ގުޅުންބަދަހިކުރުމާއި ބަރީއަވުމުގެ) ތެރެއިން – ކާފަރުންނަށް ބަރޯސާވުން *މުހިއްމު*

ޝާއިޢުކުރީ: ޢަބްދުލް މަތީން މިކްޔާލް
 
(0 ރޭޓް)

ޢާއްމުގޮތެއްގައި އެހީތެރިވުމަށް, ގުޅުންބަދަހިކުރުމަށް ނުވަތަ ރައްކާތެރިކޮށްދިނުމަށް އެދި ކާފަރުންނަށް ބަރޯސާވުން ނުވަތަ އެމީހުންގެ ދީނަށް ވަނުމަކީ މި ގުޅުމުގެ (އެބަހީ ކާފަރުންނާއިއެކު ގުޅުންބަދަހިކުރުމުގެ) ދެވަނަ ވައްތަރެވެ. ﷲ ތަޢާލާވަނީ މިކަން ޙަރާމްކުރައްވަވާފައެވެ. ވަޙީކުރެއްވިއެވެ. ”لا يَتَّخِذِ الْمُؤْمِنُونَ الْكَافِرِينَ أَوْلِيَاءَ مِنْ دُونِ الْمُؤْمِنِينَ وَمَنْ يَفْعَلْ ذَلِكَ فَلَيْسَ مِنَ اللَّهِ فِي شَيْءٍ إِلا أَنْ تَتَّقُوا مِنْهُمْ تُقَاةً وَيُحَذِّرُكُمُ اللَّهُ نَفْسَهُ وَإِلَى اللَّهِ الْمَصِيرُ“ ”މުއުމިނުން، މުއުމިނުން ފިޔަވައި, ކާފަރުން އެއީ އެކުވެރި ވާގިވެރިވާބައެއް ކަމުގައި ނުހަދާ ހުށިކަމެވެ! އެފަދައިން ކަންތައް ކޮށްފިމީހާއަށް ﷲ ގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ނުވާނެއެވެ. އެއީ އެބައިމީހުންގެ ކިބައިން އަންނަ ނުރައްކަލަކުން ތިޔަބައިމީހުން ބިރުގަންނަ ޙާލެއްގައި މެނުވީއެވެ. އަދި ﷲ އެއިލާހުގެ ޛާތުފުޅަށް (އެބަހީ:ޢަޒާބަށް) ރައްކާތެރިވެ ތިބުމަށް ކަލޭމެންނަށް އިންޛާރުދެއްވަވައެވެ. އަދި އެނބުރިދިއުން ވަނީ ﷲ ގެ ޙަޟްރަތަށެވެ.“ (ސޫރަތު އާލްޢިމްރާން:28)

އިބްނު ޖަރީރުއް ޠަބަރީ (رحمه الله) ތަފްސީރުކުރައްވަމުން ވިދާޅުވާގޮތުގައި އެމީހުންނަކީ ”أَوْلِيَاءَ“ ”އެކުވެރި ވާގިވެރިވާބައެއް ކަމުގައި“ ނެގުމުގެ މާނައަކީ, އެމީހުންގެ ކިބައިން މަދަދާއި, ނުޞްރަތާއި އަދި އެހީތެރިކަން ހޯދުމެވެ. އެއީ އެމީހުންގެ ދީނަށާއި, ޘަޤާފަތަށާއި, އަދި ދިރިއުޅުމުގެ ނިޒާމަށާއި, މުސްލިމުންގެ މައްޗަށް ގަދަވެގަތުމަށް އެހީތެރިވުމުގައި ވަފާތެރިވާކަން އެންގުމަށްޓަކައެވެ. މިފަދަމީހުން ﷲ އަށް ކުރާނެ އެއްވެސް ދަޢުވާއެއް ނެތެވެ. އެމީހުންވަނީ އެމީހުންގެ ނަފްސުތައް ﷲ ގެ ކިބައިން ބަރީއަކޮށްލާފައެވެ. އަދި އެއިލާހުވަނީ އެމީހުންގެ ކިބައިން ބަރީއަވެވޮޑިގެންނެވެ. އެއީ އެމީހުން އެއިލާހުގެ ދީނަށް އިންކާރުކޮށް ކުފުރު ޤަބޫލުކުރި ކަމަށްޓަކައެވެ.

”إِلا أَنْ تَتَّقُوا مِنْهُمْ تُقَاةً“ ”އެއީ އެބައިމީހުންގެ ކިބައިން އަންނަ ނުރައްކަލަކުން ތިޔަބައިމީހުން ބިރުގަންނަ ޙާލެއްގައި މެނުވީއެވެ.“ ގެ މާނައަކީ, އެމީހުންގެ ބާރުގެ ދަށުގައި މީހަކުވާނަމަ, އެމީހުންނަށް ވަފާތެރިވުން ދެއްކުމަށްޓަކައި ކޮންމެވެސް ފަދަގޮތަކުން މަޖުބޫރުކަމެއް ނުވަތަ ބިރުވެތިކަމެއް ވުން އެކަށީގެންވަނީ, ހިތުތެރޭގައި އެމީހުންނަށް ރުޅިވެރިކަންވާ ޙާލު, ތިމާގެ ނަފްސު އެމީހުންގެ ކުފުރުގެ ކިބައިން ދުރުވެގެންވާ ޙާލު, އަދި މުސްލިމުންނާ ދެކޮޅަށް އެހީތެރިވުމަށް އިންކާރުކުރާ ޙާލުގައެވެ. (ތަފްސީރުއް ޠަބަރީ 3ވ. 228ޞ)

”يَا أَيُّهَا الَّذِينَ آمَنُوا لا تَتَّخِذُوا الْيَهُودَ وَالنَّصَارَى أَوْلِيَاءَ بَعْضُهُمْ أَوْلِيَاءُ بَعْضٍ وَمَنْ يَتَوَلَّهُمْ مِنْكُمْ فَإِنَّهُ مِنْهُمْ إِنَّ اللَّهَ لا يَهْدِي الْقَوْمَ الظَّالِمِينَ“
”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ޔަހޫދީންނާއި ނަޞާރާއިން އެކުވެރި ވާގިވެރިންކަމުގައި ތިޔަބައިމީހުން ނުނަގާށެވެ! އެބައިމީހުންނަކީ އެއްބަޔަކު އަނެއްބައެއްގެ އެކުވެރި ވާގިވެރިންނެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން، އެބައިމީހުން އެކުވެރި ވާގިވެރިކަމުގައި ނަގައިފިމީހާ ދަންނާށެވެ! ފަހެ ހަމަކަށަވަރުން، އެއީ އެބައިމީހުންގެ ތެރެއިންވާ މީހެކެވެ. އަދި ހަމަކަށަވަރުން, އަނިޔާވެރިންނަކަށް ﷲ ތެދުމަގެއް ނުދައްކަވައެވެ.“
(ސޫރަތުލް މާއިދާ:51)

އިމާމް އިބްނު ޖަރީރް (رحمه الله) ފާހަގަކުރައްވާގޮތުގައި: “މުސްލިމުންނާއި އެކު ގުޅުންބަދަހި ކުރުމުގެ ބަދަލުގައި, ޔަހޫދީން ނުވަތަ ނަޞާރާއިންނާއި އެކު ގުޅުން ބަދަހިކޮށްފިމީހާ ކަނޑައެޅޭނީ އެމީހުންގެ ތެރެއިންވާ މީހެއްގެ ގޮތުގައެވެ. އޭނާއީ އެމީހުންގެ އީމާންކަމާއި އަދި ޤައުމުގެ ތެރެއިންވާ މީހެކެވެ. އެއްވެސް މީހަކު ވާގިވެރިއެއް އަދި ހިމާޔަތްކޮށްދޭމީހެއް, އޭނާއާއި އެއްބަސްވުމަށް ފަހުގައި މެނުވީ ނުނަގާނެއެވެ. އެމީހާއާއިމެދު އޭނާ ރުހިއްޖެނަމަ, ދެން އޭނާގެ ދީނާއިމެދުވެސް އޭނާ ހަމަ އެފަދައިން ދެކޭނެއެވެ. އޭނާގެ އެކުވެރިޔާ ޚިލާފުވާ އަދި ދެކޮޅުހަދާ ކޮންމެ ކަމަކަށް އޭނާވެސް ދެކޮޅުހަދާނެއެވެ. އެހެންކަމުން, އެ ދެމީހުން އެއް ޙާލަތެއް ހިއްސާކުރަން ޖެހޭނެއެވެ. އަދި އެދެމީހުންގެ މައްޗަށްވާ ޙުކުމަކީވެސް އެއް ޙުކުމެކެވެ.” (ތަފްސީރުއް ޠަބަރީ 6ވ. 277ޞ)

އިބްނު ހަޒަމް (رحمه الله) ވިދާޅުވިއެވެ: ﷲ ގެ ބަސްފުޅު ”…وَمَنْ يَتَوَلَّهُمْ مِنْكُمْ فَإِنَّهُ مِنْهُمْ…“ ”އަދި ތިޔަބައިމީހުންގެ ތެރެއިން، އެބައިމީހުން އެކުވެރި ވާގިވެރިކަމުގައި ނަގައިފިމީހާ ދަންނާށެވެ! ފަހެ ހަމަކަށަވަރުން، އެއީ އެބައިމީހުންގެ ތެރެއިންވާ މީހެކެވެ.“ ގެ މާނައަކީ, ހަމަ ޔަޤީނުންވެސް އެއީ އެމީހުން ބުނާ ފަދައިން, ކާފަރުންގެ މެދުގައި ހުރި ކާފަރެކެވެ. އަދި މިއީ ދެ މުސްލިމަކަށް ދެބަސްނުވެވޭނެ ޙަޤީޤަތެކެވެ. (އިބްނު ހަޒަމް, އަލް މުޙައްލާގައި 13ވ. 35ޞ)

އިބްނު ތައިމިއްޔާ (رحمه الله) މި ވަޙީބަސްފުޅާއި މެދު ވާހަކަ ދައްކަވަމުން އެހެން އާޔަތެއް އިތުރުކުރައްވާ ވިދާޅުވިއެވެ.

”وَلَوْ كَانُوا يُؤْمِنُونَ بِاللَّهِ وَالنَّبِيِّ وَمَا أُنْزِلَ إِلَيْهِ مَا اتَّخَذُوهُمْ أَوْلِيَاءَ…
”އަދި އެމީހުން ﷲ އަށާއި ނަބިއްޔާ (صلى الله عليه وسلم) އަށް އީމާންވީނަމަ, އަދި އެކަލޭގެފާނަށް ބާވާލެއްވުނު ފޮތަށް އީމާންވީނަމަ, އެބައިމީހުންނަކީ (ކާފަރުން) އެކުވެރި ވާގިވެރިންކަމުގައި ނަގައި ނުހެދީހެވެ.“
(ސޫރަތުލް މާއިދާ:81)

މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 08 މާރޗް 2011         

ޚިޔާލެއް ފާޅުކުރެއްވުމަށް…



އެހެން އަކުރުތަކެއް ދައްކާލާ!

/div>
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.