14 މޭ 2011 (ހޮނިހިރު)

އުސާމާވީ ޝަހީދު! އޭ މީޑިއާތަކާ… ކަލޭމެންނަށް ހަލާކުހުރި! މަރުވެ ކުނިވީ ހަމަ ކަލޭމެން! *މުހިއްމު*

ޝާއިޢުކުރީ: މުޙައްމަދު މުސްޠަފާ (މުސްތޮ)
ހިމެނޭ ބައި: ޢާއްމު ލިޔުން
 
(11 ރޭޓް)

الحمد لله ربِّ العالمين، الذي أرسل رسوله بالهدى ودين الحق ليظهره على الدين كلِّه ولو كره المشرِّكون. والصلاة والسلام على نبيِّنا محمد وعلى آله وصحبه، ومن دعا بدعوته وتمسك بسنّته إلى يوم الدين.

އިސްލާމްދީނާއި ކުފުރާއި ދެމެދު މިހިނގާ ހަނގުރާމަ ކުރިއަށްދާ ވަރަށް އޭގެ ސަފުތައް ސާފުވެ އޭގެ ތެރޭގައިވާ މުނާފިޤުންތައް ﷲ ތަޢާލާ ފައުޅު ކުރައްވާނޭކަމީ އެއްވެސް ޝައްކެތްނެތް ޙަޤީޤަތެކެވެ. އަދި މިހަނގުރާމަ މިވަނީ މުޅި ދުނިޔެ ދެބަޔަކަށް ބެހުމަށް މަޖުބޫރުކޮށްފައެވެ.

ﷲ ތަޢާލާ ވަނީ ކީރިތި ޤުރުއާނުގައި އަހަރެމެން އެކުވެރިވާންވީ މީހުންނާއި ބަރީޢަވާންވީ މީހުން ވަރަށް ސާފު ޢިބާރާތުން އަންގަވާފައެވެ. މާއިދާ ސޫރަތުގެ 51 ވަނަ އާޔަތުގައި އެއިލާހު ވަޙީކުރެއްވިއެވެ:

يَا أَيُّهَا الَّذِينَ آمَنُوا لا تَتَّخِذُوا الْيَهُودَ وَالنَّصَارَى أَوْلِيَاءَ بَعْضُهُمْ أَوْلِيَاءُ بَعْضٍ وَمَنْ يَتَوَلَّهُمْ مِنْكُمْ فَإِنَّهُ مِنْهُمْ إِنَّ اللَّهَ لا يَهْدِي الْقَوْمَ الظَّالِمِينَ

“އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ޔަހޫދީންނާއި ނަޞާރާއިން އެއީ ސަހަރޯވެރި ނަޞްރުވެރިން ކަމުގައި ކަލޭމެން ނުބަލާށެވެ. އިޚްތިޔާރު ނުކުރާށެވެ! އެމީހުންގެ އެއްބަޔަކު އެއީ އަނެއްބައެއްގެ ސަހަރޯވެރިން ނަޞްރުވެރިންނެވެ. (ކޮންމެބަޔަކީވެސް މުއުމިނުންނާއި އިދިކޮޅު މީހުންނެވެ.) އަދި ކަލޭމެންކުރެން އެމީހުން އެއީ ތިމާމެންގެ ސަހަރޯވެރިންކަމުގައި ހަދައިފިބަޔަކު އެއީ ހަމަ އެމީހުންގެ މީހުންނެވެ. ހަމަކަށަވަރުން އަނިޔާވެރި ބަޔަކަށް ﷲ ތެދުމަގެއް ނުދައްކަވާނެއެވެ.”)އަލް މާއިދާ: 51)

މިގޮތުން ނަޖިސް ދޮގުވެރިއާ ބުޝް، 20 ސެޕްޓެމްބަރު 2001 ގައި ޠާޣޫތީ މުންނާރު ކޮންގުރެސްއިން ދިން ޚިޠާބުގައި މިހެން ބުނިހިނދު އޭނާ ހެދީ ވަރަށްބޮޑު ތެދެކެވެ:

“އެހެންޏާ ކަލޭމެންވަނީ އަހަރެމެންނާއި އެކުގައެވެ. ނޫނީ ކަލޭމެންވަނީ ޓެރަރިސްޓުންނާއި އެކުގައެވެ.”

މިހެންކަމުން މިޞަލީބީ ހަނގުރާމަޔަކީ ހަމައެކަނި އަސްކަރީ އެއްޗެއް ނޫން ކަން މިއަދު އަހަރެމެން ޤަބޫލުކޮށް ހޭވެރިވާން އެބަޖެހެއެވެ. މިކަން އެމެރިކާއިން ޚުދު ވަރަށް ސާފު ޢިބާރާތުން ބަޔާންކޮށް ބުނެފައިވެއެވެ:

“އިސްލާމީ ދުނިޔޭގެ ބޮޑުބައިގާ ހިނގަމުންދާ ކޯޅުމަކީ އޭގެ ޒާތުގައި ފިކުރުގެ ހަނގުރާމައެކެވެ. އިސްލާމީ ދުނިޔޭގެ މުސްތަޤްބަލް ކަނޑާނެގޭނީ މިހަނގުރާމައިގެ ނަތީޖާ އަށެވެ.”[1] އަދިވެސް ބުނެފައިވެއެވެ: “އިއްތިހާދީ އެމެރިކާއިން މިކުރިޔަށް ގެންދަނީ ހަތިޔާރުގެ ހަނގުރާމަޔާއި އެކުމެ، ފިކުރުތަކުގެ ހަނގުރާމަޔެއްވެސް މެއެވެ.”[2] ގައިމެވެ. ދުވަސްތައް ކަޑައްތު ކުރަމުން ދާހެން އެމެރިކާގެ ނޯކިރީންނާއި އެއްކައުވަންތައް ﷲގެ އަޅުން ފާޅުވަމުން ދެއެވެ.

މިއަދު މިވަނީ މިހަނގުރާމައިގެ އިސްލާމީ އަބްޠާލުންގެ ތެރެއިން މަތިވެރި ބޭފުޅެއް ޝަހީދުވެފައެވެ. އެއީ މުސްލިމުންގެ ލަޝްކަރުގެ ޤާއިދު، މިދައުރުގެ ސިންގާ، އައްޝެއިޚް އުސާމާ ބުނު ލާދިން – رحمه الله وتقبله في الشهداء – އެވެ.

މިބޭފުޅާ އަކީ – އަހަރެމެން ހިސާބުކުރާގޮތުން – ދުނިޔޭގެ ހޭވެރިކަމަށް ޚުދު މިދިވެހިރާއްޖެ ނުއަންނަނީސްވެސް އެބޭފުޅާއަށް ލިބިވަޑައިގަތް ވިހި ބިލިއަނުގެ މަހުޖަނު ޙަޔާތްފުޅު، އަފްޣާނިސްތާނުގެ ޗަކަސްފެނާއި ހަރުރޮށީގެ ތެރެއަށް ﷲ އަށްޓަކައި ޤުރުބާން ކުރެއްވި މުޖާހިދު ޒުހުދުވެރި ތަޤްވާވެރި އިޚްލާޞްތެރި ހިތްވަރުގަދަ ޖެހިލުންކުޑަ މުސްލިމެކެވެ. އެބޭފުޅެއްގެ ދަލާއި ލޭ އިސްލާމް ދީނަށްޓަކައި އޮހޮރުއްވާފައިވާ މުޖާހިދު ބަޠަލެކެވެ. އިސްލާމްދީނުގެ ނަން އަހަރެމެންގެ ދޫތަކުން ބުނެ ދައުވާކުރާހިނދު، އެދީނަށްޓަކައި އަހަރެމެން ޢަމަލީގޮތުން ކޮށްދެވިފައިވަނީ ކީއްތޯ ނިކަން ވިސްނާލަމާހެއްޔެވެ؟ ގިނަބަޔެއް މަސްތީ ދުނިޔެވީ ޙަޔާތުގެ ތެރެއަށް ވެއްޓިފައިވާހިނދު، ހިތުގައި މިދީނަށްޓަކައި ކިރިޔާވެސް ރިހުމެއް ވާމީހެއްނަމަ، މުޅި ޙަޔާތުން ތިން ހަތަރު ދުވަސް، ޣާޒާއަށްޓަކައި އެއްވުމެއްބާއްވައިލައި، ނޫނީ އަތުގައިވާ ލާރިކޮޅުން އެއްޗެއް ދިނުމަށްމެނުވީ އަހަރެމެންނަކަށް ހޭދަކުރެވިފައެއް ނުވެއެވެ.

އެހެނަސް އުސާމާތޯއެވެ! އުސާމާ ވަނީ އެބޭފުޅާގެ ޙަޔާތުން ﷲގެ މަގުގައި ތިރީސް އަހަރުދުވަސް ހޭދަކުރައްވާފައެވެ. އަދި އޭގެތެރޭގައި އެއިލާހަށްޓަކައި ހަތަރުފަހަރެއްމަތީން ބޮޑެތި ޒަޚަމުން ޒަޚަމްވެލައްވައި ލޭފޮދު އޮހޮރިވަޑައިގެންފައެވެ. ޝެއިޚް ޢަބްދުﷲ ޢައްޒާމް (رَحِمَهُ اللَّهُ) ވިދާޅުވިއެވެ: “…އެއުރެންނެއް ދުނިޔެއަކަށް ނުބަލަތެވެ. އެއެއުރެންނަށް އަތުވެއްޖެނަމަ، އެވަނީ އެއުރެންގެ އަތްތަކުގައެވެ. އަދި އެއުރެންގެ ހިތްތަކަކަށް އެޔެއް ނުވަދެއެވެ. ދުނިޔެއަކީ (އާޚިރަތުގެ) ލަނޑުދަނޑިއަށްވާ ވަސީލަތެވެ. އަދި އެ (ދުނިޔެ) އަކީ އެއްވެސް ޙާލެއްގައި (އެވެރިންގެ) ލަނޑުދަނޑިއެއްނޫނެވެ. އެހެންކަމުން، އެފަދަ މީހުން ކަނީ ދިރިތިބުމަށްޓަކައެވެ. އެހެނަސް ދިރިތިބެނީ ކެއުމަށްޓަކައެއް ނޫނެވެ. އެއުރެން ކަނީ ހަމައެކަނި ދިރިތިބެވޭނޭ މިންވަރަށެވެ. އަދި މިދަނޑިވަޅުގައި އަހަރެން ﷲ عَزَّ وَجَلَّ އަރިހުން އަހަރެމެންގެ އަޚް އަބޫ ޢަބްދުﷲ އުސާމާ ބުނު ލާދިން އެއިލާހު ރައްކާތެރިކުރުމަށް އެދެމެވެ. ފަހެ މިބިންމައްޗަކުންނެއް އަހަރެންގެ ލޮލެއް އެފަދަ މީހެއްގެ މައްޗަށް ދުވަހަކުވެސް އެޅިފައެއް ނުވެއެވެ. އޭނާ އޭނާގެ ގޭގައި އުޅެނީ ފަޤީރެއް ފަދައިންނެވެ. އަހަރެން ޙައްޖަށް ނޫނީ ޢުމުރާވުމަށް ދާއިރު، ޖިއްދާގައިވާ އޭނާގެ ގޭގައި އަހަރެން ހުންނަމެވެ. އަދި ދުވަހަކުވެސް އެމުޅި ގެއަކު ގޮނޑިއެއްވެސް ނޫނީ މޭޒެއްވެސް ނުވެއެވެ. އޭނާގެ ހަތަރު އަނބިން ތިބެއެވެ. އަދި އޭގެ ތެރެއިން އެއްވެސް މީހެއްގެ ގެއެއްގައިވެސް ގޮނޑިއެއް ނޫނީ މޭޒެއްނުވެއެވެ. (ސައޫދީއަށް) މިޞްރުން އައިސް އުޅޭ ނޫނީ އުރުދުނުން އައިސްއުޅޭ އެއްވެސް މަސައްކަތު މީހެއްގެ ގެއަށް ބަލާލިއަސް އުސާމާގެ ގެއަށް ވުރެ މޮޅުއިތުރު ވާނެއެވެ. މިއާއިއެކުވެސް، އޭނާ ކުރެން މުޖާހިދުންނަށްޓަކައި މިލިއަން ރިޔާލަށް އެދެފިނަމަ، ހިނދުކޮޅެއްތެރޭ ޗެކުފޮތް ނަގައި އެލިޔެލަދޭނެއެވެ. …ތިބާއާއިއެކު އެނާ އިށީނދެއްޖެނަމަ، އެއީ ޚާދިމުން ގެތެރެއިން ނޯކިރީއެކޭ ހީވާނެއެވެ. އެއީ އެނޭގެ އަދަބާއި ފިރިހެންވަތަކަމާއިއެކުގައެވެ. ﷲ ގަންދީ ބުނަމެވެ. އަހަރެން އޭނާއާއިމެދު ދެކެނީ މިފަދައިންނެވެ. އަހަރެން ޝެއިޚް ސައްޔާފު ގާތުން އޭނާ މިތަނުން ޙަރަކާތްކުރުމުން (އެބަހީ: ޕިޝާވަރުން އަފްޣާނިސްތާނުގެ ތެރެއަށް ދިޔުމުން) މަނާކޮށް ޤަރާރެއް ދިނުމަށް އެދުނީމެވެ. އެހެނަސް އޭނާ (އުސާމާ) އަބަދުވެސް ލޯބިކުރަނީ ހަނގުރާމައިގެ މައިދާނުގައިވުމަށެވެ. އޭނާގެ ލޭގެ ޕުރެޝަރު ޢާންމުކޮށް ވެއްޓެއެވެ. އެހެންކަމުން އޭނާ އޭނާގެ ޖީބުތައް ލޮނުން ފުރާލައި ފެނުގެ ޖަގެއް އޭނާއާއިއެކު ވާގޮތުގައި މެނުވީ ހިގައި ނެހެދެއެވެ. އަދި ލޭގެ ޕުރެޝަރު މަތިކުރުމަށް ލޮނުކޮޅެއް ނަގައި އެއާއިއެކު ފެންފޮދެއް އަބަދުވެސް ބުއިންމަތީ ހުންނަން ޖެހެއެވެ. އަދި އޭނާ އަހަރެންގެ ގެއަށް އަންނަހިނދު… އަހަރެންގެ މިބަސް ތެދުކުރާށެވެ. ފޯނު ރިންގުވާ އަޑު އޭނާއަށް އިވުމުން، އޭނާ ތެދުވެ ފޯނު އަހަރެންގެ ގާތަށް ގެނެސް ދޭނެއެވެ. އެއީ އަހަރެން އަހަރެންގެ އިށީނދެ އިންތަނުން ތެދުނުކުރުމަށެވެ! އެފަދަ އަދަބާއި، ޙަޔާތާއި ފިރިހެންވަންތަކަމެވެ… އަހަރެމެން އެދެނީ އެއިލާހު އެއިލާހުގެ އިރާދައާއިއެކު އޭނާ ރައްކައުތެރި ކުރެއްވުމެވެ.”[3]

އެހެނަސް މިއަދު މިމަތިވެރި ޝަހާމަތުގެ ސިންގާ އޭގެ ސަވާރީން ފައިބައި ވަޑައިގަތުމާއިއެކު، އިސްލާމުންގެ ނަމުން ނިސްބަތްވެފައިތިބި މީޑިއާތަކަކުން އެމަތިވެރި ސިންގާގެ ނަންފުޅުގެ ޢިއްޒަތަށް ހުތުރުވާހެން “މަރުވިއްޔޭ މަރާލައިފިޔޭ” ރައްދުކުރަމުން އެބަދެއެވެ. އެއީ އޭގެ ދެދުވަހެއް ކުރިން ނަޖިސް ކާފިރާ ޑަޔާނާއާއިމެދު އެވެރިން “އަވަހާރަވީއޭ” ބުނުމަށްފަހެވެ. އަދި ދީނެއް އަޚްލާޤެއްނެތް ގައްޛާފީގެ ދަރި ސައިފަށްވެސް “އަވަހާރަވީއޭ” ގޮވުމަށްފަހުގައެވެ. އަދި ކިއެއްހެއްޔެވެ؟ ނަބިއްޔާއަށް އިހާނަނެތި ބަސް ރައްދުކޮށް، ޢާއިޝާ (رَضِىَ اللَّهُ عَنْهَا) އަކީ ޒިނޭކުރާ ބޭކަނބަލެއްކަމަށް ގޮވައި އަބޫ ބަކުރާއި ޢުމަރު (رَضِىَ اللَّهُ عَنْهُمَا) އަކީ ކާފަރުން ކަމަށް ގޮވާ ހިޒްބުﷲގެ ޝިއައީ ދީނުގެ މީހުން މަރުވެ، ހަލާކުވުމުން އެވެރިންވަނީ “ޝަހީދުވެފައި” ކަމަށްވެސް ލިޔުނުބަޔަކީ ހަމަމިއީއެވެ.[4] އަދި އެމެރިކާގެ ޠާޣޫތީ ދައްޖާލުންގެ ތެރެއިން މުސްލިމުންގެ ލޭ އެބައެއްގެ އަތުން ކެނޑިގެން ނުދާ މީހުންނަށް “ވިދާޅުވިޔޭ” “ވަޑައިގެންފިޔޭ” ބުނަމުންގޮސް، އިޒްރާއިލުގެ އޫރު ޝެރޯނަށްވެސް މިބައިމީހުން “ވިދާޅުވިޔޭ”[5] ބުނެ ޢިއްޒަތްކުރާހިނދު، މުއުމިނު މުޖާހިދުންނާއި މެދު “ޒަވާހިރީ ބުނެފައިވަނީ” އޭ “ގޮސްފިޔޭ” ބުނުމުގެ ސިޔާސަތުގެ ޙަޤީޤަތަކީ ފަހެ ކޮބައިކަމާއިމެދު އަހަރެމެން މިއަދު ވިސްނަންޖެހިއްޖެއެވެ.



މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 14 މޭ 2011         

މިލިޔުމަށް ލިބިފައިވާ ޚިޔާލުތައް…  

 
+9 #1 އުމްމު ހާޖަރް 2011-05-15 19:09
ބިކުރުވެރި މާތް މަރްޔަމް ގެފާނުގެ އިސްތަށިފުޅުގައި ދޮގު ބުހުތާނު ދޮގު އިލްޒާމް ކާފަރުން އެޅުވި، ޢީސާ ޢަލައިހިއްސަލާމްގެ އިސްތަށިފުޅުގައި ނުބައި ނުލަފާ ދޮގު ވާހަކަތަކެއް އުޅެވި، ކާފަރުން ހަމަ އެގޮތަށް މުޙައްމަދު ނަބީ ކަލޭގެ ފާނު އޭ ކިޔައިގެން މުޝްރިކުން އެކިއެކި ދޮގު ފަތުރާ، ހަމަ އެގޮތަށް ޞާލިޙް މީހެއްނަމަ ބަދުނާމު ކުރުމަށް މަސައްކަތް ކުރުމީ ކާފަރުންގެ ގޮތެއް، މިހާރު ދިވެހި މީޑިޔާތަކުން ޝެއިޚް އުސާމާ ރަޙިމަހުﷲ ޝަހީދުވުމަށްފަހު ކާފަރުން ދެއްކި ހުރިހާ ދޮގު ވާހަކަ ތަކެއް ޤަބޫލުކޮށް އެ ވާހަކަތައް ދިވެހި މުޖުތަމަޢުގައި ފެތުރުމަށް ކުރާ ނުބައި ނުލަފާ ލަޢްނަލް ލިބިގެންވާ ކަންތަކަށް ރައްބުލް ޢިއްޒަގެ ޙުކުމްފުޅަށް ކެތްތެރިކަމާއި އެކު ކެތް ކުރަމެވެ.
ޚިޔާލެއް!
 
 
+6 #2 ނައުފަލް 2011-05-16 06:33
މަގޭ އެންމެހާ އަޙުންނައް މިދަނޑިވަޅު ކެތްތެރިވުމައް ވަޝިއްޔަތް ކުރަން ، އެހެނީ އެމީހުންގެ ދުލުން ބޭރުނުވާނެ އެއްވެސް ބަހެއް ، ވަރައް މާތް ދެ މަލާއިކަތުން އެބަސް ފަތެއްގަ ނުލިޔުއްވާ……. އަދި އެބައި މީހުން ފަޞީހަތް ވާނެ ދުވަހަކީ އާދި އެދުވަސް ، ލޯތައް ބޮޑުވެ ތަރަ ތަރަ ޖަހައިގެން ދާދުވަސް…. އަދި ސަލާމަތްތެރި ސާފުވެގެންވާ ހިތަކާއިގެން އައި މީހަކައް މެނުވީ އެދުވަހަކު ސަލާމަތްތެރިކަމެއް ނެތް…. އޭ ﷲ އުސާމާގެ ޝަހާދަތް ޤަބޫލް ކޮއްދެއްވާށި.. އާމީން…
ޚިޔާލެއް!
 
 
+3 #3 ޝާޑު 2011-05-17 07:40
މިއީ ވަރަށް ފުރިހަމަ ލިޔުމެއް. ޙަޤީޤަތް ވަރަށް ރަނގަޅަށް ބަޔާންވެގެން ހިނގައްޖެ. މުސްތޮއަށް ހެޔޮ ޖަޒާ ﷲ ދެއްވާށި. ކާފަރުން މުސްލިމުންނާމެދު ކަންތައްކުރާ ގޮތަކީ މިއީ. މިކަމަށް ރުހޭ މުސްލިމުން އުޅޭކަން ދެރަކަމަކީ. ޚާއްސަކޮށް ޚަބަރު ފަތުރާ ތަންތަނުގަ. އެމީހުންވެސް ވިސްނަންވެއްޖެ ކަންނޭގެ ދޯ ބޮޑުމީހާ ބުންޏަސް ޙައްޤަށް މެނުވީ އެއްޗެއް ނުބުނަން. މިއަދު ބޮޑުމީހާ ތާ. އެކަމަކު މާދަމާ ވެރިރަސްކަލާނގެ. ކޮންތާކަށް ދެންވަންނާނީ؟
ޚިޔާލެއް!
 
 
0 #4 މުޙައްމަދު ވަޙީދު 2011-06-15 09:48
އުސާމާ ޝަޙީދު ވީކަމެއް އަހަރުމެންނަށް އިނގޭނެ ގޮތެއްނެތް.. ﷲގެ މަގުގައި ޖިހާދު ކުރުމުގެ ޝަރުތުތަކެއް ވާކަން އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭނެ.
ޚިޔާލެއް!
 

ޚިޔާލެއް ފާޅުކުރެއްވުމަށް…



އެހެން އަކުރުތަކެއް ދައްކާލާ!

/div>
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.