05 ޖުލައި 2011 (އަންގާރަ)

ޚުބައިބު ބުނު ޢަދިއްޔު (رضى الله عنه) އާއި އެކަލޭގެފާނުގެ ޞަހާބީން..

ޝާއިޢުކުރީ: އުއްމު ޢީޝަލް
ތަޤްސީމް:
 
(1 ރޭޓް)

އެއްފަހަރަކު ރަސޫލާ (صلى الله عليه وسلم)، އެކަލޭގެފާނުގެ ޞަހާބީންތަކެއް ޚާއްސަ ހަރަކާތަކަށް ފޮނުއްވިއެވެ. އަދި އެބައިމީހުންގެ ވެރިއަކަށް އާޞިމް ބިން ޘާބިތް އަލް އަންޞާރީ (رضى الله عنه) އައްޔަން ކުރެއްވިއެވެ. މިބައިމީހުންގެ ދަތުރު އަލް ހަޟައު އާއި ހިސާބަށް ދެވެންދެން އެބައިމީހުން ފުރިހަމަ ކުރަމުން ގެންދިޔައެވެ. އެއީ އުސްފާން އާއި މައްކާއާއި ދެމެދުގައިވާ ތަނެކެވެ. ބަނޫ ލިހުޔާންގެ މީހުންގެ 100 (ދުނިދަނޑި ޖަހާމީހުން)، އެބައިމީހުން ހޯދުމަށްޓަކައި ފޮނުވުއްވިއެވެ. އާޞިމް (رضى الله عنه) އާއި އެކަލޭގެފާނުގެ ޞަހާބީންނަށް، އެބައިމީހުންނަށް ފާރަލަމުން ބަޔަކު އަންނަކަމަށް ހީފުޅު ކުރައްވައިގެން ފިއްލަވާނެތަނެއް ހޯއްދެވުމުގެ މަސައްކަތް ކުރެއްވިއެވެ. އެހެންނަމަވެސް ވަރަށް އަވަހަށް ދުސްމަނުން އެބައިމީހުންނާއި އަރާހަމަވިއެވެ. (ދުނިދަނޑި ޖަހާމީހަކު) ބުންޏެވެ. “ހުއްޓޭށެވެ. ކަލޭމެންގެ ދުނިދަނޑިތަށް އަމާންދޭށެވެ. ކަލޭމެންގެ ތެރެއިން އެއްވެސް މީހަކަު މަރާނުލާނެ ކަމުގެ ޔަޤީންކަމަށް އަހުދު އަހުރެމެންވަމެވެ.”

ޖަވާބުގައި އާޞިމް ވިދާޅުވިއެވެ. “އޭ މީސްތަކުންނޭވެ! ތިމަންކަލޭގެފާނުގެ މައްޗަށް ހިމާޔަތްދޭނެކަމަށް ނުވަތަ ރައްކާތެރިކަން ދޭނެކަމަށް ކާފަރުން ބުނާ ބަހަކަށް ތިމަންކަލޭގެފާނު ދުވަހަކުވެސް އިތުބާރެއް ނުކުރައްވާނަމެވެ. އޭ ﷲއެވެ. މިކަން އިބަ އިލާހުގެ ރަސޫލާ އަށް އަންގަވައި ދެއްވާށެވެ.” (ދުނި ދަނޑިޖަހާ މީހުން) އާޞިމް (رضى الله عنه) ގެ ގަޔަށް ތީރު އަމާޒުކުރުމަށްފަހު އެކަލޭގެފާނު ޝަހީދުކޮށްލިއެވެ. އަދި ހިޔާމަތް ދޭނެކަމަށް އަޙުދުކުރުމަށްފަހު ދެންތިބި ތިން ޞަހާބީން ހައްޔަރުކުރެވުނެވެ. އެބައިމީހުންގެ ތެރޭގައި ޚުބައިބު ބުނު ޢަދިއްޔު (رضى الله عنه) އާއި ޒައިދު (رضى الله عنه) އާއި އެކު ތިންވަނަ މީހާގެ ނަން ރިވާކުރުމުގައި ވަނީ ނުޖަހައެވެ. އެތިން ސަޙާބީން ހައްޔަރު ކުރުމަށްފަހު (ތީރު އުކާމީހެއް) އޭނާގެ ދުނީގައި އިން ވާފަށެއް ނެގުމަށްފަހު އެތިން ސަޙާބީން އައްސާލިއެެވެ.

ނަންނުޖަހައި ދޫކޮށްލައިފައިވާ ޞަޙާބީ ވިދާޅުވިއެވެ. “މިއީ އަހަރެމެންނަށް އެންމެ ފުރަތަމަ ވެވުނު ހިޔާނާތެވެ. ﷲ ގަންދީ ބުނަމެވެ. ކަލޭމެންނާއި އެކު އިތުރަށް ކުރިއަށް އަހުރެން ނުދާނަމެވެ. ހަމަކަށަވަރުން އަހަރެން ތަބަޢުވުމަށް ރަނގަޅު މިސާލެއް ކަލޭމެންގެ ތެރޭގައިވެއެވެ.” (މިތަނުގައި އެޞަހާބީ މިނިސްބަތްކުރަނީ ދުނިދަނޑިން ޝަހީދުކޮށްލެވުނު މުސްލިމް އަޚާގެ ވާހަކައެވެ.) އެބައިމީހުންނާއި އެކު މިޞަހާބީ ދަމާފައި ގެންދިއުމަށް އެބައިމީހުން މަސައްކަތްކުރި ނަމަވެސް އޭނާ އެކަމާއި ދެކޮޅު ހެދުމުން، އެޞަހާބީވެސް ޝަހީދުކޮށްލިއެވެ. ދެން ޚުބައިބް (رضى الله عنه) އާއި ޒައިދު (رضى الله عنه) އާއި ދެބޭފުޅުން މައްކާއަށް ގެންގޮސް ވިއްކާލިއެވެ.

މިކަން ހިނގާފައިވަނީ ބަދުރު ހަނގުރާމައަށް ފަހުގައެވެ. ބަނޫ އަލް ހާރިޘްބުން އާމިރްބުން ނަވްފަލް ބުން އަބްދު މަނާފްގެ މީހުންތިބީ ޚުބައިބް(رضى الله عنه)ގަތުމުން ވަރަށް ބޮޑަށް އެކަމައި އުފާވެފައެވެ. ސަބަބަކީ ބަދުރު ހަނގުރާމައިގައި އަލް ހާރިޘް މަރާލާފައި ވަނީ ޚުބައިބް(رضى الله عنه)ގެ އަތްޕުޅުންނެވެ.

ޚުބައިބް(رضى الله عنه) އެބައިމީހުންގެ ގާތުގައި އަސީރެއްގެ ގޮތުގައި ކުޑަ ދުވަސް ކޮޅަކު ބެހެއްޓުމަށްފަހު އެކަލޭގެފާނު ޝަހީދުކޮށްލެއްވުމަށް އެބަިއމީހުން ނިންމިއެވެ. އެކަލޭފާނު މިގޮތަށް ހުންނެވި ދުވަސްވަރު، އަލް ހާރިޘްގެ އަންހެން ދަރިއެއްގެ ގާތުން އެކަލޭގެފާނަށް ކުރަފަތެއް ދެއްވުމަށް އެދުނެވެ. އެއީ އެކަލޭގެފާނުގެ ލަތުވެތި ގުނަވަނުގެ އިސްތަށިފުޅު ބޭލެއްވުމަށްޓަކައެވެ. އެބައިމީހުން އެކަލޭގެފާނަށް ކުރަފަތެއް ދެެއްވިއެވެ. ދެން އޭގެތެރެއިން މީހެއްގެ ފިރިހެންދަރިފުޅަށް އޭނާގެ މަންމަ ވަކިވުމުން، މަންމަ ހޯދަމުން އަންނަމުން މި އަސީރު ކައިރިއަށް އާދެވިއްޖެއެވެ. ކުޑަ އިރުކޮޅެއްފަހު އެކުއްޖާގެ މަންމަ އެކުއްޖާ ހޯދަމުން އަންނަނިކޮށް، މިއަންހެނާއަށް ލިބުނީ ކުއްލިހައިރާންކަމެކެވެ. އޭނާއަށް ފެނުނީ ޙުބައިބްގެ އެއްއަތުގައި ކުރަފަތެއް އަދި އެކަލޭގެފާނުގެ އުނގުފުޅުގައި އެ އަންހެނާގެ ދަރިފުޅު އިންދައެވެ. އެެއަންހެނާގެ މޫނުމަތިން ބިރުވެރިކަން ފާޅުވުމުން ޚުބައިބް(رضى الله عنه)އަށް މިކަން އެނގިވަޑައިގަތެވެ. އަދި އެއަންހެނާއަށް ލުއިކަމެއް ދިނުމަށް ވިދާޅުވިއެވެ. “ތިމަން މިކުއްޖާ މަރާލާފާނެ ކަމާމެދު ކަމަނާ ބިރުގަންނަނީ ހެއްޔެވެ؟ ހަމަޔަޤީނުންވެސް ތިމަން އެފަދައިން ކަންތަކެއް ނުކުރާނަމެވެ.”

އެ އަންހެނާ ފަހުން ބަޔާންކޮށްފައިވެއެވެ. “ﷲ ގަންދި ބުނަމެވެ. ޙުބައިމް ވަރުގެ ރަނގަޅު އަސީރެއް ތިމަން ދުވަހަކުވެސް ފެނިފައި (ނުވަތަ އަޑު އިވިފައިވެސް ނުވެއެވެ.) ﷲ ގަންދީ ބުނަމެވެ. (އެކަލޭފާނު އަސީރެއްގެ ގޮތުގައި ހުންނެވި ހިނދު) އެއްދުވަހަކު ތިމަންނާއަށް ޙުބައިބް ފެނުނެވެ. އޭރު އެކަލޭގެފާނު އޮންނެވީ ހިލަހިލާ ޖައްސަވާފައެވެ. އެއިރު އެކަލޭގެފާނުގެ އެއްއަތުގައި މޭބިސްކަދުރުގެ ކޯޅިއެއް އޮތެވެ. ހައިރާން ވާންޖެހޭ ކަމަކީ ކޮބައިތޯއެވެ! އެއިރު މައްކާގައި މޭބިސްކަދުރު ހެއްދިފައެއް ނުވެއެވެ.” އެއަންހެނާ ބުނެ އުޅެއެވެ. “ހަމަޔަޤީނުންވެސް އެއީ ޚުބައިބް (رضى الله عنه) ﷲ ތަޢާލާ ދެއްވައިފައިވާ ނިޢުމަތެކެވެ.”

ގުރައިޝުން އެކަލޭގެފާނު ސަހަރާއަށް ގެންދެވުމުން (މައްކާގެ ހަލަބޮލި މާހައުލުގައި ދުރަށް ގެންގޮސް އެކަލޭގެފާނު ޝަހީދުކޮށްލެއްވުމަށް) އެކަލޭގެފާނު ވިދާޅުވިއެވެ. “ތިމަންކަލޭގެފާނު 2 ރަކްޢަތުގެ ނަމާދެއް ކުރެއްވުމަށް ހުއްދަ ދެއްވާށެވެ.” އެބައިމީހުން އެކަލޭގެފާނަށް އެކަންތައް ފުރިހަމަ ކުރުމަށް ވަގުތު ދިިނެވެ. އަދި އެކަލޭގެފާނު ނަމާދު ފުރިހަމަކޮށް ނިމިގެން ވިދާޅުވިއެވެ.

“ﷲ ގަންދީ ބުނަމެވެ. ކަލޭމެން، ތިމަންކަލޭގެފާނު މިހުންނެވީ ބިރުންނޭ ހީނުކުރައްވާނެނަމަ ތިމަންކަލޭގެފާނުގެ ނަމާދު މިއަށްވުރެ ލަސްކުރީމުހެވެ. އޭ ﷲ އެވެ. އެބައިމީހުންގެ އަދަދު ގުނައްވާންދޭވެ! އަދި އެއިގެން އެންމެ މީހަކުވެސް ދޫކޮށްނުލައްވާ ފަހަރަކު މީހަކު ޤަތުލުކުރައްވާނދޭވެ!”

ޝަހީދުކޮއްލެއްވުމަށްޓަކައި ހާޞިރުކުރެވޭ މީހުންގެ ތެރެއިން، އެބައެއްގެ ކެތްތެރިކަން ދީނަށްޓަކައި ލައްވާފައިވާކަން އަންގައިދީ، މުސްލިމުންގެ މައްޗަށް ނަމާދުކުރެވުން ދައްކުވައިދީފައިވަނީ ޚުބައިބް (رضى الله عنه) އެވެ.

އާޞިމް (رضى الله عنه) އާއި އެކު ފޮނުވުނު މީސްތަކުންނަށް އެދުވަހު، އެމީހުންގެ އަމާޒުން ކައްސައިލައިފިކަން ﷲ ތަޢާލާގެ އިޒުނަފުޅާއިއެކު ރަސޫލާ (صلى الله عليه وسلم) އެނގިވަޑައިގެން، އެކަން ޞަހާބީންނަށް އަންގަވައިދެއްވިއެވެ. ދެން ޤުރައިސުންގެ މީހުން، އޭގެން ބަޔަކާއި އާޞިމް (رضى الله عنه) ޝަހީދުކޮށްލެވުނު ތަނަށް ފޮނުއްވިއެވެ. އެކަލޭގެފާނުގެ ހަށިކޮޅެއް ބައެއް ގެނެސް އެހެންމީހުންނަށް ދައްކައި އެކަން ޔަޤީންކުރުމަށެވެ.

އެހެނީ އާޞިމް (رضى الله عنه) ވަނީ ޤުރައިސުންގެ ބޮޑެއް މަރާލައިފައި ކަމުން، އާޞިމް (رضى الله عنه)ގެ ޤަތުލުވެފައިވާ ހަށިކޮޅުން ބައެއް ފެނުވަނީ އެބައިމީހުންށް ލިބޭނެ ހިތްހަމަ ޖެހުމެއްކަމަށް ވާތީއެވެ.

އެހެނެއްކަމަކު ﷲ ތަޢާލާ ކުޅަދުރު ހަތައިގެ ވިލާގަނޑެއް ފޮނުއްވައި އާސިމް(رضى الله عنه) ގެ ހަށިގަނޑު ރައްކާތެރި ކުރެއްވިއެވެ. އެހެންކަމުން އެބައިމީހުންނަށް އާސިމް (رضى الله عنه) އާއި ކުރިމަތިލައްވަންވެސް އަދި ހަށިގަނޑުގެ ބައެއްވެސް ނަގައިގެނެއް ނުގެންދެވުނެވެ. (އަލް ބުޚާރީ 3045 އަދި އަޙްމަދު 311 ،295/2)

މަޞްދަރު: “Glimpses of the lives of Righteous People” ފޮތުގެ ޞަފުހާ 63 ން 65 އަށް. .

މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 05 ޖުލައި 2011         

ޚިޔާލެއް ފާޅުކުރެއްވުމަށް…



އެހެން އަކުރުތަކެއް ދައްކާލާ!

/div>
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.