10 ޖޫން 2011 (ހުކުރު)

އަހަރެން ގުޅެންވީ ކޮންބަޔަކާ ހެއްޔެވެ؟

ޝާއިޢުކުރީ: އުއްމު ޢީޝަލް
 
(3 ރޭޓް)

ތިބާ ގުޅެންވީ ކޮންބަޔަކާތޯ ތިބާ ސުވާލު ކުރީމެވެ. އަހަރެން ތިބާއަށް މިނަސޭހަތްތެރި ވަނީ ހައްޤާއި ތައުޙީދަށް އެހީތެރިވެދީ އެއަށް ތަބާވާ މީހުންގެ ތެރެއިންވުމަށެވެ. އަދި މިސިފަތައް އެންމެ ބޮޑަށް އެބައެއްގެ ކިބައިގައިވާ ބައެއް ހޯދުމަށްފަހު އެބައިމީހުންނާއި އެކު ކެއްތެރިކަމާއި އެކު އުޅުމަށްވެސް ނަސޭހަތްތެރިވަމެވެ. އެއީ ﷲ ތަޢާލާ، އެއިލާހުގެ ރަސޫލާ (صلى الله عليه وسلم) އަށް މިފަދައިން އެންގެވީތިއެވެ.

وَاصْبِرْ نَفْسَكَ مَعَ الَّذِينَ يَدْعُونَ رَبَّهُمْ بِالْغَدَاةِ وَالْعَشِيِّ يُرِيدُونَ وَجْهَهُ…

މާނައީ: “އަދި އެބައިމީހުންގެ ވެރި އިލާހުގެ ވަޖުހުފުޅަށް އެދިގެން، އެއިލާހަށް ހެނދުނާއި ހަވީރު ދުޢާކޮށް އަޅުކަންކޮށް އުޅޭ މީހުންނާއި އެކު ކަލޭގެފާނުގެ ނަފްސު ހިފަހައްޓައި ކެތްކުރާށެވެ…” (ސޫރަތުލް ކަހްފު: 28)

ހައްޤާއި ތައުޙީދުގެ މަތީގައިވާ މީހުންނަށް ތަބާވުމުގެ ކުރިން ތިބާ ފުރަތަމަ އުނގެނި ދަސްކުރަންވީ ހައްޤާއި ތައުޙީދަކީ ކޮންއެއްޗެއްކަމެވެ. ސަބަބަކީ ހައްޤުގެ އަލީގައި މީހުން ދެނެގަނެވިގެން ދާކަމެވެ. އެހެންކަމުން ތައުޙީދުގެ ކަލިމައަށް ގޮވާލުމުގައި އެންމެ އިސްކޮށް ތިބޭ މީހުން ތިބާއަށް އެނގިއްޖެނަމަ، ތިބާއަށް ވެވުނު އެންމެ މަތީ ދަރަޖައަކުން އެބައިމީހުންނަށް އެހީތެރިވެ، އެބައިމީހުންނާއި ގުޅުން ބަދަހިކުރާށެވެ.

ވަކި ޝަހުސިއްޔަތަކަށް އެމީހަކަށް ހައްޤުނޫން މަތިވެރިކަމެއް ދިނުމުން ރައްކާތެރިވާށެވެ. އެއީ އޭގެ ސަބަބުން ހެޔޮކަންތައްތަކާއި ތިބާއާއި ދެމެދު ގައިވާ ހުރަހަކަށް ވެދާނެތީއެވެ. ހައްޤުގައިވާ މީހުންނާއި އެކު ތިބާވުމަށް އަހަރެން ދިން ނަސޭހަތުގައި އެފަދަ މީހެއްގައި ހުންނަށްޖެހޭ މުހިންމު ސިފަތަކަކީ ޖުމްލަކޮށް މިއެވެ.

• އެބައިމީހުންނަކީ އަހްލުއް ސުންނަތް ވަލް ޖަމާޢަތުގެ އަޤީދާއަށް ތަބާވާނޭ ބައެކެވެ.

• އަދި އެބައިމީހުންގެ ނަފްސުތައް ޝިރުކުން ސަލާމަތްވުމަށާއި ތައުޙީދަށް ގޮވާލެއްވުމުގައި ރަސޫލާ (صلى الله عليه وسلم) ގެންގުޅުއްވި އުސްލޫތައް އެބައިމީހުން ތަބަޢުވާނެއެވެ.

• އިބްރާހީމް (عليه السلام) އާއި އެކަލޭގެފާނާއި އެކުގައިވީ މީހުން ކަންތައް ކުރެއްވިފަދައިން ފާޅުގައި އެބައިމީހުންވެސް މިކަންތައްތައް(ޝިރުކުން ސަލާމަތްވުމާއި ތަޢުހީދަށް ގޮވާލެއްވުން) ކުރާނެތެވެ.

• އެބައިމީހުން ޝަރީޢަތާއި ޚިލާފަށް ކަނުނަޒަރިއްޔާތެއްގެ މައްޗަށް ބަޔަކަށް ހައްޤުނޫން ތަޢުރީފެއް ނުކުރާނެއެވެ.

• ދީނަށް ނަސްރު ދިނުމަށްޓަކައި އެބައިމީހުންގެ ފުށުން ދޭންޖެހޭ އެހީތެރިކަމެއް އެބައިމީހުންނަށް ދޭނެތެވެ.

• ޠާއިފަތުލް މަންޞޫރާއިން ސިފަކުރައްވާފައިވާ ފަދައިން، އެބައިމީހުންނާއި މެދު ދެކޮޅުވެރިވުމަކުން ނުވަތަ ޢަދާވަތްތެރިވުމަކުން އެބައިމީހުން ދެރަނުވާނެތެވެ. އެއީ ކާމިޔާބު ލިބެނިވި ބައިގަނޑުގެ ސިފައެކެވެ.

މަޞްދަރު: http://iskandrani.wordpress.com

މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 10 ޖޫން 2011         

ޚިޔާލެއް ފާޅުކުރެއްވުމަށް…



އެހެން އަކުރުތަކެއް ދައްކާލާ!

/div>
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.