ދިރާސާ
ހިމެނޭ ބައި: ޢާއްމު ލިޔުން

ދިވެހިރާއްޖޭގައި ބާލިޣުވާ އުމުރަށް އަންނަކުދިންގެ ޙާލު

ޢާންމު ގޮތެއްގައި ރާއްޖެއަށް ބަލާއިރު، މި އުމުރުފުރާ އަށް އަންނަ ކުދިން ވަނީ ވަރަށްބޮޑު ނަފްސާނީ ޕުރެޝަރުތަކެއްގެ ތެރޭގައެވެ. އެއީ އަޅުގަނޑު ކުރިންވެސް އިޝާރާތް ކޮށްލިފަދައިން، މުޖުތަމައުގެ ނޭދެވޭ މީޑިއާ އާއި ޓޫރިޒަމް އަދި މިނޫންވެސް މިފަދަ ކަންކަމުގެ ސަބަބުން ކުޑަކުދިންގެ ޖިންސިއްޔާތު އަށަގަތުންވަނީ އަވަސްވެފައެވެ. އަދި ދިވެހިން ކައިބޯން ގެންގުޅޭ ތަކެތީގެ ސަބަބުންވެސް ދިވެހިންނަކީ “ހޫނު” ހަށިގަނޑެއްގެ ބަޔެއްކަމަށްވުމުން، ޖިންސިއްޔާތުގެ ބާރު ވަރުގަދަވުން މީގެ ތެރެއަށް އިތުރު ޕުރެޝަރަކަށްވެއެވެ. ބާލިޣުވުމަށްވަހު މިއަންނަ ޖިންސީ ބާރާއިއެކުވެސް، އިސްލާމީ ގޮތުންވާ ހައްދުތަކަށްޓަކައި އެހެނިހެން ލާދީނީ މުޖުތަމަޢުތަކާއި ޚިލާފަށް މިމުޖުތަމަޢުގައި މިކަން ޢާންމުގޮތުގައި ފާޅުކޮށް މަނާވެއެވެ. އަދި އިމްޕޯރޓުކުރެވިފައި މިވާ ތަޢްލީމީ ނިޒާމުގެ ދަށުން ކުއްޖާ ކިޔަވާ ނިމެންދެން މި ނަފްސާނީ ގެއްލުމުގެ ތެރޭގައި ކުއްޖާ ފިތިފައި ހުންނަން ޖެހެއެވެ. އަދި މިކަމުގައިވާ އެންމެ ބޮޑު، ނުބައަކީ، މި މުޖުތަމަޢުގައި މިވާހަކަތަކަކީ ޢައިބެއް (ޓެބޫއެއް) ކަމަށް ބެލެވުމެވެ. އެހެންކަމުން އެކުއްޖާ އެކަނިވެރި ގޮތެއްގައި އޭނާގެ ފިތުރަތީ ޖިންސީ އެދުންވެރިކަން ނަފްސާނީ އަނިޔާއެއްގެ ގޮތުގައި ތަޙައްމަލް ކުރަމުން ގެންދެއެވެ.

ހިމެނޭ ބައި: ޢާއްމު ލިޔުން

ދުނިޔޭގެ ތާރީޚާއި ކާފަރުންނާއި އިސްލާމްދީނާއި ދެމެދު ކައިވެނީގެ އުމުރުގެ ތަފާތުތައް

ތަޙުޤީޤުތަކުން ދައްކާގޮތުގައި ކުއްޖަކު ބާލިޣުވުންވަނީ އެދުންވެރިކަމާއެކު (އަނެއް ޖިންސަށް) ބަލާ ބެލުމާއިއެކުގައެވެ.[1] އަންހެނުންނަށް ޖެނެޓިކަލީ ބަލާއިރު މިއީ އުމުރުން 7 އަހަރާއި 13 އަހަރާއި ދެމެދުގައިކަމަށް ދިރާސާތަކުގައިވެއެވެ.[2]

ހިމެނޭ ބައި: ޢާއްމު ލިޔުން

ޅައުމުރުގައި ކައިވެނީގެ ސިޔާސަތަށް ޚާއްޞަ ނަޒަރެއް

ތަޢާރަފް:

ދިވެހި ރާއްޖޭގައި މިވާ ވަޟަޢީ ޤާނޫނުގައި ކުޑަކުއްޖެއްގެ އުމުރަކަށް މިހާރު ބަޔާންވެވިފައިވާ 18 އަހަރުން 16 އަހަރަށް ބަދަލުކުރުމަށްޓަކައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޙްލޫފު ހުށަހެޅި ބިލް އަނބުރައި ގެންގޮސްފިއެވެ. މަޙްލޫފު ބަޔާންކޮށްފައިވާ ގޮތުގައި މި “އިސްލާޙު” އަނބުރައި ގެންގޮސްފައިވަނީ އެކަމާ ގުޅިގެން ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުންނާއި އ.ދ ގެ ޔުނިސެފުން އޭނާއާއި ބައްދަލުކޮށް “ކަންބޮޑުވާކަން ފާހަގަ ކުރުމުން” ކަމަށެވެ.

ހިމެނޭ ބައި: ޢާއްމު ލިޔުން

“މިއީ ދިވެހި ނޫސްވެރިންގެ ފުށުގައި ތަޙްޤީޤީ ނޫސްވެރިކަމުގެ ހަރުދަނާކަން، އަދިވެސް އަށަނުގަންނަކަން ރަމްޒުކޮށްދޭ ހެއްކެއް”

އިންޓަރޕޯލުގެ ނަމުގައި ދުވަހު ނޫސް ހަވީރާމެދު ޚަބަރެއް ޝާއިޢު ކުރުމުގެ ސަބަބުން އިންޓަރޕޯލުން ވަރަށް ސާފު ރައްދެއް އެއިދާރާގެ ވެބްސައިޓުގައި ހަވީރާ ދެކޮޅަށް ޝާއިޢުކޮށްފިއެވެ. އެއީ އިންޓަރޕޯލުގެ އިދާރާއާއި ހަވާލާދީ 26 މާރޗް 2011 ގައި ހަވީރުން ޝާއިޢުކޮށްފައިވާ ޚަބަރަކާއި ގުޅިގެންނެވެ. އެހެނަސް ހަވީރުންވަނީ މިއާދެކޮޅަށް ވާހަކަދައްކާ ނޫސްވެރިކަމުގެ މަސްދަރު ސިއްރުކުރުމުގެ ފިލާވަޅަކާއެކު، އިންޓަރޕޯލްގެ އޮފިޝަލެއް އޭނާގެ އައިޑެންޓިޓީ ސިއްރުކުރުމަށް އެދިފައިވާކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.[1]

ހިމެނޭ ބައި: ފަލަސްޠީން
އ.ދ. ގެ ސަލާމަތީ ކައުންސިލްގައި މިއަހަރު، އޮބާމާގެ ސަރުކާރުން ކޮށްފައިވާ އެންމެ ފުރަތަމަ ވީޓޯ އަކީވެސް އިޒްރާއީލުގެ މިއާބާދީތަކަށްޓަކައެވެ. އެ އާބާދީތައް ކުށްވެރިކުރުމާ ދެކޮޅަށެވެ.

މުސްލިމުންގެ އަތުން ގަދަބާރުން ޔަހޫދީން ހިފާފައިވާ، މުސްލިމުންގެ މުޤައްދަސް ބިން، ބައިތުލް މަޤްދިސްގައި އެއްޗެއް ގޮވީ، ޣާޒާގައި އިސްރާއީލުން ދިން ހަމަލާތަކެއްގައި 8 މުސްލިމުން ޤަތުލުކުރިތާ އެއްދުވަސް ފަހުންނެވެ. އޭގެ ތެރޭގައި މުސްކުޅި ކާފައަކާއި، ފުރާވަރުގެ ތިން ކުޑަކުދިންވެސް ހިމެނެއެވެ. މީގެ އިތުރުންވެސް ކުޑަކުދިންވެސް ހިމެނޭ ގޮތުގައި އިތުރު 10 ފަލަސްޠީނީން، ވަރަށް ނުރައްކާތެރި ޒަޚަމްތަކާއެކު އަނިޔާވެފައިވެއެވެ. އޮބާމާގެ ސަރުކާރުންވަނީ އިޒްރާއީލަށް ދެވުނު ޙަމަލާ ހަރުއަޑުން ކުށްވެރިކޮށްފައެވެ. އެހެނަސް ފަލަސްތީނުގެ ޢާންމުންނަށް ޔަހޫދީން ދީފައިވާ، ނުރައްކާތެރި ޙަމަލާތަށް ކުށްވެރިކުރުމަށް އިންކާރުކުރި އެވެ.

« ފެށުން ފަހަތަށް 1 2 3 4 5 ކުރިއަށް ނިމުން »
ޞަފްޙާ 1 (ޖުމްލަ 5)
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.