ދީނީ ލިޔުން (ތަރުޖަމާ)


އެއްފަހަރަކު ރަސޫލާ (صلى الله عليه وسلم)، އެކަލޭގެފާނުގެ ޞަހާބީންތަކެއް ޚާއްސަ ހަރަކާތަކަށް ފޮނުއްވިއެވެ. އަދި އެބައިމީހުންގެ ވެރިއަކަށް އާޞިމް ބިން ޘާބިތް އަލް އަންޞާރީ (رضى الله عنه) އައްޔަން ކުރެއްވިއެވެ. މިބައިމީހުންގެ ދަތުރު އަލް ހަޟައު އާއި ހިސާބަށް ދެވެންދެން އެބައިމީހުން ފުރިހަމަ ކުރަމުން ގެންދިޔައެވެ. އެއީ އުސްފާން އާއި މައްކާއާއި ދެމެދުގައިވާ ތަނެކެވެ. ބަނޫ ލިހުޔާންގެ މީހުންގެ 100 (ދުނިދަނޑި ޖަހާމީހުން)، އެބައިމީހުން ހޯދުމަށްޓަކައި ފޮނުވުއްވިއެވެ. އާޞިމް (رضى الله عنه) އާއި އެކަލޭގެފާނުގެ ޞަހާބީންނަށް، އެބައިމީހުންނަށް ފާރަލަމުން ބަޔަކު އަންނަކަމަށް ހީފުޅު ކުރައްވައިގެން ފިއްލަވާނެތަނެއް ހޯއްދެވުމުގެ މަސައްކަތް ކުރެއްވިއެވެ. އެހެންނަމަވެސް ވަރަށް އަވަހަށް ދުސްމަނުން އެބައިމީހުންނާއި އަރާހަމަވިއެވެ. (ދުނިދަނޑި ޖަހާމީހަކު) ބުންޏެވެ. “ހުއްޓޭށެވެ. ކަލޭމެންގެ ދުނިދަނޑިތަށް އަމާންދޭށެވެ. ކަލޭމެންގެ ތެރެއިން އެއްވެސް މީހަކަު މަރާނުލާނެ ކަމުގެ ޔަޤީންކަމަށް އަހުދު އަހުރެމެންވަމެވެ.”



އަލް އިމާމް ބުޚާރީ އެކަލޭގެފާނުގެ ފޮތުގައި “އީމާންކަން އިތުރުވުމާއި އުނިވުމުގެ ވާހަކަ ނަންގަތް ބާބު” މިސުރުޚީގެ ދަށުން ބާބު ނަންގަވައި މިސުރުޚީގެ މުހިއްމުކަން މީސްތަކުންނަށް އެންގެވިއެވެ.



އަބްދުﷲ ބިން މަސްޢޫދު (رضى الله عنه) ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ (صلى الله عليه وسلم) ހަދީޘް ކުރެއްވިއެވެ. “ތިޔަބައިމީހުންގެ ތެރެއިން އެމީހެއްގެ މުދަލަށްވުރެ ބޮޑަށް އެމީހެއްގެ ވާރުތަވެރިންގެ މުދާދެކެ ލޯބިވަނީ ކާކުހެއްޔެވެ؟” އެހިނދު އަޞްހާބު ބޭކަލުން ދެންނެވިއެވެ. “އޭ ﷲ ރަސޫލާއެވެ! ތިމަންމެންގެ ތެރެއިން ކޮންމެ މީހަކުވެސް ބޮޑަށް ލޯބިވަނީ ހަމައެކަނި އެމީހެއްގެ މުދާދެކެއެވެ.” އެހިނދު ރަސޫލާ (صلى الله عليه وسلم) ހަދީޘް ކުރެއްވިއެވެ. “ހަމަކަށަވަރުން އެމީހާގެ މުދަލަކީ އެމީހަކު ހެޔޮގޮތުގައި ހަރަދުކޮށްފި ކޮންމެ މުދަލެކެވެ. އެމީހަކު ރަގަނޅުގޮތުގައި ހަރަދުނުކޮށް ފަހަށް ދޫކޮށްފައިދާ މުދަލަކީ އެމީހެއްގެ ވާރުތަވެރިޔާގެ މުދަލެވެ.” (ޞަހީހުލް ބުޚާރީ: 6442)



އައްޝެއިޚް ޑރ. ޢަބްދުލް ޢަޒީޒު ބުނު މުޙައްމަދު އާލް ޢަބްދުއް ލަތީފު حَفِظَهُ اللَّهُ ، “نواقض الإيمان القولية والعملية”[1] ގައި ވިދާޅުވިއެވެ:



އިންސާނުންގެ ތެރެއިން އެންމެ ފުރަތަމަ ޖަންނަތަށް ވަދެވުނީ އެންމެހާ އިންސާނުންގެ ބަފައިކަލުން ކަމުގައިވާ އާދަމް (عليه السلام) އެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

« ފެށުން ފަހަތަށް 1 2 3 4 5 6 7 8 ކުރިއަށް ނިމުން »
ޞަފްޙާ 1 (ޖުމްލަ 24)
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.