04 ޖުލައި 2011 (ހޯމަ)

އަފްޣާނިސްތާނަށް ވެރިވެގަނެގެން އުޅޭ އެމެރިކާ އަދި ނޭޓޯގެ 50 ސިފައިން މަރުވެއްޖެ!

ޝާއިޢުކުރީ: ޚަބަރު ސެކްޝަން
ހިމެނޭ ބައި: އަފްޣާނިސްތާން
 
(6 ރޭޓް)
މުޖާހިދުން ދަނީ ދުވަހެއް ދުވަހަކަށް ހަމަލާތައް ވަރުގަދަކޮށް ވެރިވެގަނެގެންއުޅޭ ސިފައިން ބޭރުކުރަމުންނެވެ.

ކުނާރް އާއި ނޫރިސްތާން ޕްރޮވިންސްގެ ގުޅިފައިވާ މުޖާހިދުންގެ ލަޝްކަރުތައް ، ދުވަސްތަކަކަށް ދެމިގެންދިޔަ ވަރުގަދަ ހަނގުރާމައަށްފަހު މުޅި ވަތާޕޫރް ސަރަހައްދުގައިވާ ހުރިހައި އެމެރިކާ-ނޭޓޯ ސިފައިންނާއި ގޮނޑިކޮއްކޮ ސިފައިން އެތައް ގެއްލުންތަކާއި އެކު ރޭގައި ﷲތަޢާލާގެ ވާގިފުޅާއި މަދަދާއިއެކު އެތަނުން ބޭރުކޮށްފިއެވެ.

އެމެރިކާ ނޭޓޯ ސިފައިންގެ ޖުމްލަ 37 މީހުން މަރުވެ 13 މީހުން ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައިވާކަމަށް މުޖާހިދުންގެ އޮފިޝަލުން ހާމަކުރެއެވެ. އަދި 2 ހެލިކޮޕްޓަރާއި ޖަސޫސީ މަތިންދާބޯއްޓެއްވެސް އެއްކޮށް ހަލާކުކޮށްލިއެވެ. އޭގެ އިތުރުން އެމެރިކާގެ 2 ހަމަލާދޭ ހެލިކޮޕްޓަރަށް އަމާޒުކޮށް މުޖާހިދުން ދިން އިޝްތިޝާދީ ހަމަލާއެއްގައި އެ ދޭތި ގޮއްވާލުމާއިއެކު އިތުރު 19 އަށްވުރެ ގިނަ އެމެރިކާ ސިފައިން މަރުވެ އެތައްބަޔަކު ޒަޚަމްވެފައިވެއެވެ.

މި ހަމަލާތަކަށްފަހު އެސަރަހައްދަށް އެމެރިކާނުން ބޮންއަޅަން ފެށުމުން އާންމު ރައްޔިތުންގެ 4 ގެއެއް އެއްކޮން ބިމާ ހަމަވެ 23 އާންމު ރައްޔިތުން ޝަހީދުވުމާއިއެކު 13 މުޖާހިދުންވެސް ޝަހީދުވެ 10 މީހަކު ޒަޚަމްވެފައި ވެއެވެ. މީގެ ތެރޭގައި 2 އަންހެނުންނާއި ކުޑަކުއްޖަކު ހިމެނެއެވެ. ﷲ ތަޢާލާ މިހުރިހާ އަޚުންނާއި އުޚްތުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާފާނދޭވެ.

މަޞްދަރު: އެކުލަވާލެވިފައި

  •   އަޅުގަނޑުމެންގެ ދުޢާގައި މުސްލިމު އަޚުންނާއި އުޚްތުން, މުހާޖިރުންނާއި އަންޞާރުން, އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ﷲގެ މަގުގައި ހަނގުރާމަކުރަށްވަމުންދާ އެންމެހާ މުޖާހިދުންނަށް ނަޞްރު ދެއްވެވުން އެދި ދުޢާކުރެއްވުމަށް ހަނދުމަފުޅު ބަހައްޓަވާ! އަދި އެމަގުގައި ރަހީނުކުރެވިފައިވާ އަޚުންނާއި އުޚްތުން ސަލާމަތްކޮށް ދެއްވެވުން އެދި ދުޢާކުރެއްވުމަށްވެސް ހަނދުމަފުޅު ބަހައްޓަވާ!
މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 04 ޖުލައި 2011         

މިލިޔުމަށް ލިބިފައިވާ ޚިޔާލުތައް…  

 
+2 #1 މުޙައްމަދު ވަހީދު 2011-07-04 08:12
ޝަހީދެއްގެ ދަރަޖަ ވަރަށްގިނައިން ލިޔުންތަކުގަ ދީފަ ހުންނަތަން ފެނޭ، މިކަމުގައި ބަލާމިންގަނޑުތަކަކީ ކޮބާ؟
ޚިޔާލެއް!
 
 
+1 #2 ހިޒްބުﷲ 2011-07-04 12:37
މިޤައުމުތަކުން ކާމިޔާބެއްނުލިބުމުން އެމެރިކާ އާއި އެމެރިކާގެ ދަރި އިޒްރާއީލުން މިހާރުދަނީ އިރާނާ ދިމާކުރަން ފަށާފަ. އިޝާﷲ މުސްލިމުންނަށް ﷲ ވައުދުވެ ވޮޑިގެންވި ކާމިޔާބު ލިބޭނެ.
ޚިޔާލެއް!
 
 
+1 #3 އާޒިމް 2011-07-04 14:06
“މުޙައްމަދު ވަހީދު”ޝަހީދެއްގެ ދަރަޖަ ވަރަށްގިނައިން ލިޔުންތަކުގަ ދީފަ ހުންނަތަން ފެނޭ، މިކަމުގައި ބަލާމިންގަނޑުތަކަކީ ކޮބާ؟

ކުއްފާރުންގެ ހަމަލާއެއްގައި މުސްލިމަކު މަރެއް ނުވާނެ ، މުސްލިމަކުނަމަ ވާނީ ޝަހީދު…….. އަދި ޝަހީދެއްގެ އަޖުރު ލިބޭނެ އެހެން ކަންތަކެއްވެސް ހުރޭ….
ޚިޔާލެއް!
 
 
+4 #4 މުސްތޮ 2011-07-04 16:40
ޥަކި ފަރުދުންނަކަށް ނޫން އެހެނަސް، ޢާންމުގޮތެއްގައި ބުނާ އިރު، ﷲގެ މަގުގައި ހަނގުރާމަކުރާ ހަނގުރާމައެއްގައި، ބަޔަކު މަރުވެއްޖެނަމަ އެއީ ޝަހީދުން ކަމަށް ބުނެވޭ، ދެން އޮތީ ވަކި ފަރުދަކަށް ބަލާއިރު، އެކަން އެނގިވޮޑިގެންވަނީ ﷲ އަށް، އޭނާގެ ނިޔަތާއި އޭނާ އެހަނގުރާމަ ކުރީ ކޮންގޮތަކަށްކަން. ދުނިޔޭގައި ކަންކަން ނިންމެނީ ބޭރުފުށަށް،

ޝަހީދުންގެ ވައްތަރުތައް ޢިލްމުވެރިން 3 ގޮތަކަށް ވިދާާޅުވޭ:
1. ދުނިޔޭގެ އަދި އާޚިރަތުގެ ޝަހީދު، މިއީ ﷲ ގެ މަގުގައި އިޚްލާޞްތެރިކަމާއިއެކު ހަނގުރާމަކޮށް/ ޖިހާދުކޮށް ނުވަތަ ޖިހާދުގެ ޣަޒްވާގައި ފަސްނުއެނބުރި ކުރިމަތިލައިގެންވާ ޙާލު ޝަހީދުވާ މީހުން.
2. ހަމައެކަނި ދުނިޔޭގެ ޝަހީދުން: މިއީ ދުނިޔޭގައި އެހެން ޝަހީދުންނެކޭ އެއްފަދައިން ހަނގުރާމަކޮށް ޤަތުލުވުމުން، ޝަހީދުންނަށް ދޭ އިއްޒަތްތައް، މިސާލަކަށް ނުހިނުވާ ކަށުނަމާދު ނުކުރެވި ޢިއްޒަތުގައި ވަޅުލެވޭ މީހުން. އެހެނަސް…
ޚިޔާލެއް!
 
 
+4 #5 މުސްތޮ 2011-07-04 16:54
[ކުރީ ނޯޓާ ގުޅޭ]
…އެހެނަސް އާޚިރަތުގައި އޭނާގެ ނިޔަތް ނުވަތަ އެފަދަ އެއްޗެއް ފަސާދަވެގެން ޝަހީދަކަށް ނުވާމީހުން. ޞަޙީޙުލް ބުޚާރީގައި އެންމެ ފުރަތަމަ ހިސާބުބެއްލެވި ނަރަކައަށް އަގަވަތަށް އެއްލާލަވޭ މީހުން ތެރޭ މިފަދަ މީހެން ބަޔާންވެފައިވޭ.
3. ދުނިޔޭގެ ޝަހީދުންނެއް ނޫން އެހެނަސް އާޚިރަތުގެ ޝަހީދުން: މިއީ މިޘާލަކަށް ޤަރަގުވެގެން، ވިހަނިކޮށް ނުވަތަ އިޚްލާޞްތެރިކަމާއިއެކު ﷲ ޙަޟުރަތުން ޝަހީދުވުމަށް ދުޢާކުރާ ޙާލު އެފަދަކަމެއް ވާޞިލުނުވެވި އަދި މިނޫންވެސް މިފަދަ ޙަދީޘުން ޘާބިތު ގޮތްތަކުގައި މަރުވާ މީހުންނެވެ. މިބައިމީހުންނަށް ދުނިޔޭގައި ވަޅުލެވެނީ އެހެނިހެން އާދައިގެ މީހުން ފަދައިންނެވެ. އެހެނަސް އާޚިރަތުގައި ﷲ އެއުރެންނަށް ޝަހީދުގެ ދަރަޖަ ދެއްވައެވެ.
ﷲ އަހަރެމެންނަށް ޝަހާދަތުގެ ނިމުމެއް ދެއްވާށިއެވެ.
ޚިޔާލެއް!
 

ޚިޔާލެއް ފާޅުކުރެއްވުމަށް…



އެހެން އަކުރުތަކެއް ދައްކާލާ!

/div>
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.