ދީނީ ލިޔުން (އަމިއްލަ)


( ކާފަރުން މުސްލިމުން ނެތި ކުރާއިރު ޢިލްމުވެރިން ބަހުޘް ކުރަނީ އަޕްނޯސްކައްޓެއްގެ މައްޗަށް އެރޭނީ ކިތައް ޝައިޠާނުންތޯއެވެ )



އަހަރެމެންގެ ތާރީޚީ ހަރުފަތްތަކުގެ ވާހަކަ އައިސްފައިވާ ކަމަށްޓަކައި އަހަރެމެން އެޙަދީޘާއި މެދު ސަމާލުވާންޖެހޭ ހަދީޘެއްވެއެވެ. ނުއުމާން ބިން ބަޝީރު (رضى الله عنه) ގެ އަރިހުން ރިވާވެގެންވެއެވެ. رسول الله (صلّى الله عليه وسلّم) ޙަދީޘް ކުރެއްވިއެވެ. “ﷲ އިރާދަކުރައްވާ ދުވަހެއް ވަންދެން ތިޔަބައިމީހުންގެ މެދުގައި ނަބީކަން ދެމިއޮންނާނެއެވެ. ދެން ﷲ އެއުފުއްލަވާނެ އެވެ. ދެން އޮންނާނީ ނުބުއްވަތުގެ މަންހަޖާ އެއްގޮތަށް އޮންނަ ހިދާޔަތު ލިބިފައިވާ ޚިލާފަތެކެވެ. ﷲ އިރާދަކުރައްވާ ދުވަހެއް ވަންދެން އެކަން ދެމިއޮންނާނެއެވެ. އެއަށްފަހު ﷲ އެއުފުއްލަވާނެއެވެ. އެއަށްފަހު އޮންނާނީ ﷲ އިރާދަކުރައްވާ ދުވަހަކަށް ދެމިގެންދާ، (ދަރިންނަށް) ވާރުތަވާ ވެރިކަމެކެވެ. ދެން އެއިލާހު އިރާދަކުރެއްވި އިރަކުން އެކަން އުފުއްލަވާނެއެވެ. އެއަށްފަހު އޮންނާނީ އަނިޔާވެރި ކަމެކެވެ. އަދި އެކަން ﷲ އިރާދަކުރެއްވި ދުވަހަކަށް ދެމިއޮންނާނެއެވެ. ދެން އެއިލާހު އެކަން އުފުއްލަވާނެއެވެ. ދެން އޮންނާނީ ނަބީކަމުގެ މަންހަޖާ އެއްގޮތަށް އޮންނަ ހިދާޔަތު ލިބިފައިވާ ޚިލާފަތެކެވެ.” ދެން رسول الله (صلّى الله عليه وسلّم) ހަނުހުންނެވިއެވެ. (މުސްނަދު އިމާމް އަޙުމަދު (ވ/273)



ޝައްކެއްނެތް ގޮތުގައި ﷲ تعالىގެ ހަޟްރަތުގައި އެންމެ މަތިވެރިވެގެންވާ ޢަމަލަކީ އެއިލާހުގެ މަގުގައި އެބައެއްގެ ޖާނާއި މާލުން ޤުރުބާންވުމެވެ. ﷲتعالىގެ ދީނަށް ނަޞްރު ދިނުމުގެ ނިޔަތުގައި އެބަޔެއްގެ ޖާނާއި މާލުން ޤުރުބާން ވުމަކީ ޤުރުއާނާއި ސުއްނަތުން އެނގި ޘާބިތުވާ ގޮތުގައި އެއާއި އެއްފަދަ ވެގެންވާ އެހެން ޢަމަލެއްނުވާ ކަމެކެވެ. ﷲ تعالى ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.



އެންމެހާ ޙަމްދެއްވަނީ ﷲ އަށެވެ. އަދި ޞަލަވާތާއި ސަލާމް ލެއްވުން އެދެނީ ނަބިއްޔުންނާއި ރަސޫލުންގެ މަތިވެރި ސާހިބާ އަށެވެ. އަދި ޤިޔާމަތާ ޖެހެންދެން އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންގެ މައްޗަށެވެ. އެއަށްފަހު ބުނަމެވެ.



ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

…وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَى ..(٢)
އަދި ހެޔޮކަންތައް ކުޅައުމާއި، تقوى ވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! (މާއިދާ 2)

ހަމަކަށަވަރުން އެންމެ ބޮޑު މަޢްރޫފަކީ ތައުޙީދެވެ. އަދި މަތިވެރި ﷲގެ ޝަރީޢަތުގެ ޢަދުލް އިންސާފެވެ. އެހެންކަމުން މި މަތިވެރި ހެވަށް ގޮވާލާ ބަޔަކާ އެކު މަދަދު ދިނުމަކީ ފަހެ ބޮޑުވެގެންވަ ހެޔޮކަމެކެވެ.

« ފެށުން ފަހަތަށް 1 2 3 4 5 6 7 8 ކުރިއަށް ނިމުން »
ޞަފްޙާ 1 (ޖުމްލަ 19)
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.