شيخ ابو محمد عاصم المقدسي (حفظه الله)


ތިބާ ގުޅެންވީ ކޮންބަޔަކާތޯ ތިބާ ސުވާލު ކުރީމެވެ. އަހަރެން ތިބާއަށް މިނަސޭހަތްތެރި ވަނީ ހައްޤާއި ތައުޙީދަށް އެހީތެރިވެދީ އެއަށް ތަބާވާ މީހުންގެ ތެރެއިންވުމަށެވެ. އަދި މިސިފަތައް އެންމެ ބޮޑަށް އެބައެއްގެ ކިބައިގައިވާ ބައެއް ހޯދުމަށްފަހު އެބައިމީހުންނާއި އެކު ކެއްތެރިކަމާއި އެކު އުޅުމަށްވެސް ނަސޭހަތްތެރިވަމެވެ. އެއީ ﷲ ތަޢާލާ، އެއިލާހުގެ ރަސޫލާ (صلى الله عليه وسلم) އަށް މިފަދައިން އެންގެވީތިއެވެ.



މިއީ ޝައިޚް އަބޫ މުޙަންމަދު އަލްމަޤްދިސީ ޖޯޑަންގެ ’ޖެނެރަލް އިންޓެލިޖެންސް ޕްރިޒަން ފަސިލިޓީ‘ ގެ ގޮޅި ނަމްބަރު 63 ގައި އިންނަވައިގެން، 1414 ވަނަ އަހަރުގެ އަޟްޙާ ޢީދު ދުވަހުގައި ނެރުއްވާފައިވާ ސިޓީ ފުޅެކެވެ.

’އޭ ޖަލުގެ އަހުލުވެރިންކަމުގައިވާ އަހަރެންގެ ލޮބުވެތި އަޚުންނޭވެ! ފުންހިތާމަޔާއެކު ތިޔަ އަޚުންނަށް މި ލިޔުން ލިޔަމެވެ. ފަހެ ތިޔަބައިމީހުންނީ ﷲ އަށްޓަކައި ކެއްތެރިކަމާއެކު ވަރުގަދަޔަށް ސާބިތުވާ ބަޔަކު ކަމުގައި ވަނީނަމަ ދެންފަހެ އެއްވެސް ފަދަ ބަދުނަސީބަކަށް ތިޔަބައިމީހުންނަށް ކުރެވޭނީ ކޮންކަމެއްހެއްޔެވެ؟



ރޯދަ ހިފުމާއި އެކު ކެތްތެރިވެ، ޘާބިތު ވުމުގެ މައްސަރު އަހަރެމެންނާއި ބައްދަލު ކޮށްފައިވާއިރު، ޣައްޒާގައި ތިބި އަހަރެމެންގެ އަޚުންތަކާއި އިބްނި ތައިމިއްޔާ މިސްކިތުގައި ތިބި އެމީހުންގެ އަޚުން އަދިވެސް ދަނީ އެމީހުންނާއި ކުރިމަތިލާން ޖެހިފައިވާ ދަތި އުނދަގޫތައް ތަޙައްމަލް ކުރަމުންނެވެ.



ސުވާލު: السلام عليكم ورحمة الله وبركاته.

އަހަރެމެންނަކީ މިޞްރުގައި ތިބޭ ތިޔަ އަޚުންގެ އަޚުންނީމުއެވެ. އަހަރެމެންގެ ތެރެއިން ބައެއް އަޚުންނަކީ ވިޔަފާރި ކުރާ ބަޔެކެވެ. އެ ވިޔަފާރީގައި ނަގުދު ފައިސާ ނުވަތަ ޗެކާއި ބިލުގެ މައްޗަށް ވެސް ވިޔަފާރި ކުރެވެއެވެ. އަހަރެމެންގެ އެ ގަނެވިއްކުމުގައި ޝަރީޢަތާއި ޚިލާފުވާ ކަމެއް ނެތް ކަމުގައި ވިޔަސް، މިކަމުގައި އަހަރެމެންނާއި ކުރިމަތިވާ މައްސަލައަކީ، އަހަރެމެންގެ ބިލް ކުރާ މީހުންގެ ބައެއް މީހުން އަހަރެމެންނަށް ފައިސާ ދިނުމަށްޓަކައި ހުރިހާ ބާވަތެއްގެ ފުރުޞަތުތަކެއް ދިނުމަށް ފަހުގައިވެސް އަދި އެތައް ފަހަރެއްގެ މަތިން އެފައިސާ ދެއްކުމަށްޓަކައި ވަކި ތާވަލެއް ހަދާ، ވަގުތު ކަނޑައެޅުމަށް ފަހުގައި ވެސް އެފައިސާ ނުދިނުމެވެ. އަދި އެކަމަކީ ވަރަށް ބޮޑު ގެއްލުމަކަށް ނުވަތަ އަރާރުމަކަށްވާ ކަމެއް ކަމުގައި ވިޔަސް ވެސް ބައެއް ފަހަރު އަހަރެމެންނަށް ދޭންޖެހޭ ޕޭމެންޓުން އެއްވެސް ވަރެއް، އަހަރެމެން ކޯޓަށް މައްސަލަ ހުށަނައަޅާ ހާ ހިނދަކު ނުދޭން އުޅޭތީވެ، މަޖުބޫރުވެގެން އެފަދަ ވަޟަޢީ ކޯޓުތަކަށް އަހަރެމެންގެ ޙައްޤުތައް ލިބިގަތުމަށްޓަކައި މައްސަލަ ހުށަހެޅުމަކީ ޝަރުޢީ ގޮތުން ކޮން ކަހަލަ ކަމެއްތޯއެވެ؟ މިކަމުގައި އޮތް ގޮތެއް އެނގުމަށް ވަރަށް ބޮޑަށް ބޭނުންވެއެވެ. އަދި މިކަން އޮތް ނެތް ގޮތް ބުނެދެއްވާށެވެ. މާތް ﷲ ތިޔައަޚުންނަށް ހެޔޮ ބަދަލު ދެއްވާށިއެވެ! އެހެނީ އަހަރެމެންގެ ތެރެއިން ބައެއް އަޚުން އެފަދަ އަޚުންގެ މައްޗަށް ކުފްރުގެ ފަތުވާ ޖަހާތީ އެވެ. ވީމާ، މިކަމުގައި ވަރަށް އަވަސް ޖަވާބެއް ދެއްވުމަށް އެދެމެވެ.



”السلام عليكم ورحمة الله وبركاته. އަހަންނަކީ ކަލޭމެންގެ އަޚް ހައްމާމްއެވެ. ޢިރާޤްގެ ރައްޔިތަކީމެވެ.

އަހަރެމެން ހުކުރު ނަމާދު ކުރަނީ މުސްލިމުންގެ ޢިލްމުވެރިންގެ ކޮމިޓީގެ ޢާލިމެއްގެ ފަހަތުގައެވެ. އަހަންނަށް ހީވާ ގޮތުގައި ކަލޭމެންނަށް ވެސް އެކަން ފޮރުވިގެން ނުވާ ފަދައިން މިކޮމިޓީގެ މީހުންނަކީ ޤައުމިއްޔަތުގެ ފިކުރުގެ ބަޔެކެވެ. އަދި މި މީހާ ބައެއްފަހަރަށް ވާހަކަ ދައްކާއިރު ވާހަކަ ދައްކަނީ މަންތިޤުގެ އެހީގައި މަގުފުރެދިފައިވާ ޤައުމީ ފިކުރެއްގެ މައްޗަށެވެ. ޤައުމުގެ އެންމެންނަކީ އެއްބައެއްކަމާއި އަދި ކޮންމެ މީހަކުވެސް ޤައުމު ބިނާކުރުމުގައި ބައިވެރިވުމުގެ މައްޗަށެވެ. އަދި ޝިޢައީންނާއި ސުންނީން ވަކިވެގަތުމަކީ ބޮޑު ޢައިބެއްކަމަށާއި އަދި މިބާޠިލް ޙަޤީޤަތެއް ނުވާ ވާހަކަ ނިންމާލަނީ އެމީހުންނަށް އިތުބާރު ހިފޭ ރަނގަޅު މަޛްހަބަށް ވަޢުދު ކުރަމުންނެވެ.

« ފެށުން ފަހަތަށް 1 2 3 ކުރިއަށް ނިމުން »
ޞަފްޙާ 1 (ޖުމްލަ 3)
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.