ރަސޫލުބޭކަލުން…
ޝާއިޢުކުރީ: އެޑްމިން ޢަބްދުﷲ
ހިމެނޭ ބައި: ޢިބްރަތްތެރި ވާހަކަ

> ﷲ سبحانه وتعالى އަށް ޙަމްދުކުރަމެވެ. އަދި ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށް ޞަލަވާތް ކިޔަމެވެ.

ﷲ سبحانه وتعالى، އެއިލާހުގެ ޝަރީޢަތާއި މީސްތަކުން ދުރުވެ އެއިލާހަށް އަޅުކަންކުރުމުގެ ބަދަލުގައި ޝަރީކުކުރަން ފެށުމުން މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ރަސޫލުންނާއި ނަބިއްޔުން ފޮނުއްވައެވެ. ހަމަ އެފަދައިން ނޫޙް ޢަލައިހިއްސަލާމް އަކީ ވެސް މީސްތަކުންގެ ގާތަށް ފޮނުއްވެވިގެންވާ ރަސޫލެކެވެ. އަދި އެއީ ދުނިޔެއަށް އެންމެ ފުރަތަމަ ފޮނުއްވެވި ރަސޫލާ ވެސްމެއެވެ. އެކަލޭގެފާނަކީ މަތިވެރި އަޚްލާޤުގެ ވެރިއެކެވެ. ތެދުވެރި ބޭފުޅެކެވެ. އެކަލޭގެފާނު ވަޑައިގެންނެވިއިރު އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންވަނީ ޖާހިލުކަމުގެ އިންތިހާ އަށް ގޮސްފައެވެ. ކޯފާއައުން ވަނީ ކުޑަތަންވެފައެވެ. ހެޔޮބަސް އަހާމީހުން ވަނީ މުޅިންހެން ނެތިހުސްވެފައެވެ.

الحمد لله، والصلاة والسلام على رسول الله ، وعلى آله وصحبه ومن والاه

ޢަރަބި ޖަޒީރާގެ އެންމެ ދުރު ދެކުނުގައި ޔަމަނުގެ ބިމުގައި އަމާން ވެރިކަމެއް އޮތެވެ. ﷲ سبحانه وتعالى، ގެ ނިޢުމަތްތަކުގެ ތެރެއިން ގިނަގުނަވެގެންވާ ނިޢުމަތްތައް އެބައިމީހުންނަށް ރިޒްޤު ކުރައްވާފައި ވެއެވެ. އެޤައުމުގެ މީސްތަކުން އުޅެމުންދިޔައީ އަމާންކަމާއިއެކުގައެވެ. ދިމިޤްރާތީ ވެރިކަމެއްގެ ދަށުގައެވެ. ވިސްނުންތޫނު ޙިކްމަތްތެރި ރާނީއެއްގެ ރަނިކަމުގެ ދަށުގައެވެ. އެއީ އެދުވަސްވަރު ޤައުމުގެ މީހުންގެ މައްޗަށް ވެރިކަންކުރުމަށް އެމީހުން ޤަބޫލްވެގެން ތިބި ރާނީއެވެ.

05 ޖެނުއަރީ 2010 (އަންގާރަ)

އައްޔޫބު (عليه السلام) ގެ ވާހަކަ

ޝާއިޢުކުރީ: އުއްމު ނުޞައިބާ
ހިމެނޭ ބައި: ޢިބްރަތްތެރި ވާހަކަ
ތަޤްސީމް:

އައްޔޫބު (عليه السلام) އަކީ އިސްތިޣްފާރު ކުރައްވަވާ، ޝުކުރުވެރިކަމާއި އެކު ﷲ މަތިން ހަނދުމަކުރައްވާ، ކެތްތެރި، ޡާބިތު ބޭކަލެކެވެ. ﷲ ތަޢާލާ، އެކަލޭގެފާނަށް ތަޢުރީފު ކުރައްވާ އަދި އެކަލޭގެފާނު މުޞީބާތުން ސަލާމަތް ކުރެއްވެވި ސަބަބުތަކަކީ ވެސް މިއީއެވެ.

 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.