ސަލަފުއް ޞާލިޙުންގެ ޙަޔާތްޕުޅުގެ ތެރެއިން…
ޝާއިޢުކުރީ: އުއްމު ޢަބްދުﷲ

އިމާމް އަޙްމަދު ބިން މުޙައްމަދު ބިން ޙަންބަލް (رحمه الله) އުފަންވެވަޑައިގަތީ މިހާރުގެ ތުރުކުމަނިސްތާނުގެ ‘މަރްވީ’ ކިޔުނު ރަށުގައެވެ. ހިޖުރައިން 164 ވަނަ އަހަރުގެ ރަބީޢުލް އައްވަލް މަހުގެ 20 ވަނަދުވަހުގައެވެ. އެކަލޭގެފާނުގެ މަންމާފުޅު އެކަލޭގެފާނަށް ރައްކައުވެވަޑައިގެންނެވީ ބަޣްދާދަށް ކުރި ދަތުރެއްގެ މަތީގައެވެ. އެކަލޭގެފާނުގެ ޢުމުރުފުޅުން އަހަރުތަކެއްހާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބައްޕާފުޅު އަވަހާރަވިއެވެ. އެހެން ކަމުން، އޭގެ ފަހުން އެކަލޭގެފާނު ގެންގުޅުއްވާ ތަރުބިއްޔަތު ކުރެއްވީ މަންމާފުޅެވެ. އެކަލޭގެފާނުގެ ބައްޕަ، ސައްޔިދުނާ މުޙައްމަދު ( رحمه الله) އަކީ ޢިރާޤުގެ ބަޞަރާގައި އުޅުއްވި މުޖާހިދެކެވެ.

ޝާއިޢުކުރީ: އުއްމު ކުލްޘޫމް
ހިމެނޭ ބައި: ޢިބްރަތްތެރި ވާހަކަ
ތަޤްސީމް:

ތާބިޢީންގެ ތެރެއިންވި ތަޤްވާވެރި ބޭކަލެއްކަމުގައިވި އިބްރާހީމް އައްނަޚީ އަކީ އެއްލޯ ފަން ބޭކަލެކެވެ. އެކަލޭގެފާނުގެ ދަރިވަރެއްކަމުގައި ސުލައިމާން ބިން މަހްރާން ނަމަކަށް ކިޔުނު ބޭކަލަކު ވިއެވެ. މިކަލޭގެފާނަކީ ވެސް ރޭގަނޑުގަޑީގައި ލޮލުގެ ފެނުން ބަލިކަށި ބޭކަލެކެވެ.

ޝާއިޢުކުރީ: އުއްމު ޢަބްދުﷲ

1- ޢުމަރު (رضي الله عنه) ވިދާޅުވިކަމަށް ރިވާވެގެންވެއެވެ. ”(ދުޢާ) ޤަބޫލުކުރެއްވުމުގެ ފިކުރު އަހުރެން ނުގެންގުޅެމެވެ. އޭގެ ބަދަލުގައި ދުޢާގައި ފިކުރެވެ. ދުޢާ ކުރާނެ ގޮތާއިމެދުގައި އަހުރެންގެ ހިތުގައި ޝައުޤުވެރިކަން އުފެދިއްޖެނަމަ، ޤަބޫލުކުރެއްވުން އެއާއި އެކުގައި އަންނާނެއެވެ.“

ޝާއިޢުކުރީ: އުއްމު ކުލްޘޫމް
ހިމެނޭ ބައި: ޢިބްރަތްތެރި ވާހަކަ
ތަޤްސީމް:

އިމާމް އަޙްމަދް އެކެލޭގެފާނުގެ އަނބިކަނބަލުންގެ ގާތުގައި އިމާމް ޝާފިޢީގެ ޞާލިޙްކަމާއި ތަޤްވާ ވެރިކަމުގެ ވާހަކަ ވަރަށް ގިނައިން ދައްކަވައެވެ. އެކަލޭގެފާނުގެ ޢިލްމުވެރިކަމުގެ ވާހަކަ ޛިކުރުކޮށް ހައްދަވައެވެ. އިމާމް އަޙްމަދު އެކަލޭގެފާނުގެ ޝޭޚު އިމާމް އައްޝާފިޢީ އަށް ރޭގަނޑުގެ ފަރިއްކޮޅަކަށް ވަޑައިގަތުމަށް އެދި ދައުވަތު ދެއްވި އެވެ. އިމާމް ޝާފިއީ އެގެއަށް ވަޑައިގެން ރޭގަނޑުގެ ކެއުމުގެ ވަގުތު ޖެހުމުން ގެނައި ކާތަކެތިން ބަނޑު ފުރިވަޑައިގަންނަވަންދެން ކޭން ބެއްލެވިއެވެ. އަދި މެހެމާނުންގެ ކޮޓަރިއަށް ނިދިކުރެއްވުމަށް ވަޑައިގަތެވެ.

ޢުމަރު ބިން ޢަބްދުލް ޢަޒީޒު (رحمه الله) އެކަލޭގެފާނުގެ އަޞްޙާބުންނަށް ނަޞޭޙަތްތެރި ވަމުން ވިދާޅުވިއެވެ. ”ތިބާ އެމީހުންގެ ކައިރިއަށް ދާހިނދު ތިބާ އެމީހުންނަށް ގޮވާނަމަ ގޮވާށެވެ! އަދި ތިބާ ގޮވާލާނަމަ އެމީހުންނަށް ގޮވާލާށެވެ! އަދި އެމީހުންގެ ބައިގަނޑު ކައިރިއަށް ދާށެވެ! އަދި އެމީހުންގެ ކައްވަޅުތައް ހުރިލެއް ގާތްކަން ނިކަން ދެކި ބަލާށެވެ! އެމީހެއްގެ މުއްސަނދި ކަމުން ބާކީ އޮތީ ކޮން އެއްޗެއްތޯ އެމީހުންކުރެ މުއްސަނދިންނާއި ނިކަން ސުވާލު ކޮށްބަލާށެވެ! އެމީހުންގެ ފަޤީރުކަމުން ބާކީ އޮތީ ކޮން އެއްޗެއްތޯ އެމީހުންކުރެ ފަޤީރުމީހުންނާއި ނިކަން ސުވާލު ކޮށްބަލާށެވެ! އަދި އެމީހުން ވާހަކަ ދައްކައި އުޅުނު ކަމަށްވީ ދޫ ތަކާއި ބެހޭ ގޮތުން އެމީހުންނާއި ސުވާލު ކޮށްބަލާށެވެ. އަދި އެމީހުން ދުނިޔެވީ ޙަޔާތުގެ ފަނާވެދަނިވި ލައްޛަތުތަކަށް ބަލައި އުޅުނު ލޯތަކާއި ބެހޭގޮތުން ނިކަން ސުވާލު ކޮށްބަލާށެވެ! އަދި އޮމާން ހަންގަޑާއި، ރިވެތި މޫނާއި، ލޫޅާފަތި ހަށިގަނޑާއި ބެހޭގޮތުން އެމީހުންނާއި ސުވާލު ކޮށްބަލާށެވެ!

« ފެށުން ފަހަތަށް 1 2 ކުރިއަށް ނިމުން »
ޞަފްޙާ 1 (ޖުމްލަ 2)
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.