ފަލަސްޠީން

ޙާލުގައި ޖެހިފައިވާ މުސްލިމުން ގިނަވެ، މުސްލިމުންގެ އަޚުވަންތަކަން މިއަދުވަނީ ގެއްލިފައި. މިފަދަ ޙާލެއް ނުޖެހެނީސް މިކަންކަމާމެދު ވިސްނާނެ ބަޔަކު މިއަދަކު ނެތް.

ޣައްޒާ ސަރަޙައްދުގެ ބިމުގެ އަޑީގައި ހުރި ފެނުގެ %95 ފެނަކީ، ބުއިމަށް އެކަށީގެންނުވާ ފެންކަމަށް، ފަލަސްޠީނުގެ ދިރާސާކުރައްވާ ތަޖުރިބާކާރުންތަކެއް ވިދާޅުވެއްޖެއެވެ. އެބޭފުޅުން މިހެން ވިދާޅުވީ މިޒާން ސެންޓަރުގެ ފަރާތުން، ޣައްޒާގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ވަރްޝާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.


ޞުހްޔޫނީންގެ ނުބައިކަން ނޭނގޭ އެއްވެސް މުސްލިމަކު މި ދުނިޔޭގައި ނޫޅޭއިރު، އަދުގެ ރާއްޖޭގެ ސަރުކާރުން އަންނަނީ އަޑިއަޑިން މި ނުބައި ނުލަފާ އަނިޔާވެރިންނާ ގުޅުންބަދަހިކުރަމުންކަމަށް ޚަބަރުތަކުން ބުނޭ.

މުސްލިމުންގެ މުޤައްދަސް ބިނާއެއްކަމުގައިވާ މަސްޖިދުލް އަޤްޞާއަށް، ޞުހްޔޫނީންގެ ނުފޫޒު އަނެއްކާވެސް ފޯރުވަން ފަށައިފިއެވެ. ޞުހްޔޫނީން އެދެނީ މުސްކިތުގެ ބަންގީގެ އަޑު މަޑުކުރުމަށެވެ. މި މައްސަލަ ހުށަހަޅީ ގަދަބާރުން ހެދި އިޒްރޭލުގެ އިސްތިޢުމާރުގެ ޖާސޫސީ އެޖެންސީއިންނެވެ. އެމީހުން ބޭނުންވަނީ ފަލަސްޠީނުގެ އަވަށު ކައުންސިލްތަކުން މިސްކިތްތަކުގެ ތާޅަފިލިތަކަށް ބާރުފޯރުވޭނެ ގޮތް ހެދުމަށެވެ. އެހެން ހެދިއްޖެނަމަ، އޫރުޝަލީމްގައި ހުންނަ އިޒްރޭލުގެ އަވަށުގެ ކައުންސިލަށް، މަސްޖިދުލް އަޤްޞާގެ އަޑުމަޑުކޮށް ހެދޭނެއެވެ.


ދިވެހިރާއްޖޭގެ ދިފާޢީ ބާރާއި ކަސްޓަމްސްގެ މުވައްޒަފުން ތަމްރީންކުރުމަށް ގެނެވޭ، ﷲގެ ޢަދުއްވު އެމެރިކާއަށް ވަފާތެރި އިޒްރޭލަކީ، ދިވެހި ސަރުކާރުގެވެސް އެކުވެރިއެއް.

މިފަހަކަށް އައިސް، އިޒްރޭލުގެ މަކުނާ އޫރުގެ ދަރިން ޣައްޒާއަށް ދެމުންއަންނަ ޙަމަލާތައް ވަނީ އިތުރުކޮށްފައެވެ. ގަދަބާރުން ހަދާފައިވާ ޞުހްޔޫނީ އިޒްރޭލުގެ މި ސަރުކާރުގެ އަނިޔާވެރިކަމުގެ ސަބަބުން، ފަލަސްޠީނުގެ އެތައް މުސްލިމުންނެއް ޝަހީދުވުމުގެ އިތުރުން ޖަލުތަކަށް ލެވި ބޮޑެތި އަނިޔާތައްދަނީ ދެވެމުންނެވެ. މިވޭދުވެދިޔަ ހަތްފާތަކުގައި އެކަނިވެސް 20 މުސްލިމުންވަނީ ޝަހީދުކޮށްލެވިފައެވެ. އަދި އެތައް ސަތޭކަ މުސްލިމުންނެއް ޒަޚަމްވެފައިވެއެވެ. އޭގެ ތެރެއިން ހަށިގަނޑުގެ ގުނަވަންތައް ވަކިވެ ބޮޑެތި ޒަޚަމްތައް ލިބިފައިވާ އަޚުންނާއި އުޚްތުންނަށް ދެން އޮތްގޮތަކީ، ޢުމުރުގެ ބާކީއޮތްބައި ނުކުޅެދުންތެރިކަމުގައި ހޭދަކުރުމެވެ.


މި ރަޙުމްކުޑަ ޣައްދާރުންގެ އަނިޔާވެރިކަން ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން.

މުސްލިމުންގެ ބިމަށް ވެރިވެގެންއުޅޭ އިޒްރޭލުގެ ކަނޑުގެ ސިފައިންގެ އެންމެ މޮޅު ޔުނިޓުގެ ސިފައިންގެ ތެރެއިން ގިނަ ޢަދެދެއްގެ ބަޔަކަށް ކެންސަރު ޖެހިފައިވާކަން ފާހަގަވެއްޖެއެވެ. ބުނެވޭގޮތުގައި، މިކަން ދިމާވާން މެދުވެރިވީ، އިޒްރޭލުގެ ކާރުޚާނާތަކުން ދޫކުރާ ބޭކާރު ސާމާނުތައް ކިޝޮން ނަމަކަށްކިޔާ ކޯރަކަށް އެޅުމުގެ ސަބަބުންނެވެ.


އ.ދ. ގެ ސަލާމަތީ ކައުންސިލްގައި މިއަހަރު، އޮބާމާގެ ސަރުކާރުން ކޮށްފައިވާ އެންމެ ފުރަތަމަ ވީޓޯ އަކީވެސް އިޒްރާއީލުގެ މިއާބާދީތަކަށްޓަކައެވެ. އެ އާބާދީތައް ކުށްވެރިކުރުމާ ދެކޮޅަށެވެ.

މުސްލިމުންގެ އަތުން ގަދަބާރުން ޔަހޫދީން ހިފާފައިވާ، މުސްލިމުންގެ މުޤައްދަސް ބިން، ބައިތުލް މަޤްދިސްގައި އެއްޗެއް ގޮވީ، ޣާޒާގައި އިސްރާއީލުން ދިން ހަމަލާތަކެއްގައި 8 މުސްލިމުން ޤަތުލުކުރިތާ އެއްދުވަސް ފަހުންނެވެ. އޭގެ ތެރޭގައި މުސްކުޅި ކާފައަކާއި، ފުރާވަރުގެ ތިން ކުޑަކުދިންވެސް ހިމެނެއެވެ. މީގެ އިތުރުންވެސް ކުޑަކުދިންވެސް ހިމެނޭ ގޮތުގައި އިތުރު 10 ފަލަސްޠީނީން، ވަރަށް ނުރައްކާތެރި ޒަޚަމްތަކާއެކު އަނިޔާވެފައިވެއެވެ. އޮބާމާގެ ސަރުކާރުންވަނީ އިޒްރާއީލަށް ދެވުނު ޙަމަލާ ހަރުއަޑުން ކުށްވެރިކޮށްފައެވެ. އެހެނަސް ފަލަސްތީނުގެ ޢާންމުންނަށް ޔަހޫދީން ދީފައިވާ، ނުރައްކާތެރި ޙަމަލާތަށް ކުށްވެރިކުރުމަށް އިންކާރުކުރި އެވެ.

« ފެށުން ފަހަތަށް 1 2 3 4 5 ކުރިއަށް ނިމުން »
ޞަފްޙާ 1 (ޖުމްލަ 5)
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.