މެދުއިރުމަތިން

މުސްލިމުންނަށް ހަމަހިމޭންކަން ލިބި، ޝަރީޢަތް ޤާއިމްކުރަން ޤަޞްދުކުރާ ކޮންމެތަނަކަށް ޙަމަލާދިނުމުގައި، ކުފުރުގެ ބާރުތަކާއި އަޢުވާނުން މަސައްކަތްކުރަމުންދޭ.

ޔަމަނުގެ ސަރުކާރުގެ ސަރަޙައްދެއްގެ ގޮތުގައި ކުރީގައިއޮތް، އަބްޔަން، މިއަދުގެ ނަމުންނަމަ “އަބްޔަނުގެ އިސްލާމީ އިމާރާތު”ގެ އަވަށެއް ކަމަށްވާ ޖާރު އަށް، އެމެރިކާގެ ޖާސޫސީ ޑްރޯންތަކުގެ ޙަމަލާތައް އަމާޒުކޮށްފިއެވެ. ހޮނިހިރު ދުވަހުގެ މި ޙަމަލާތަކުގައި ކުށެއްނެތް 6 މުސްލިމުން ހާނީއްކަވިއެވެ.


ﷲގެ މަގުގައި ޙައްޤު ގޮތުގައި ޖިހާދުކުރެވޭ ކޮންމެ ތަނެއްގައިވެސް، މުޖާހިދުންނާއެކު ﷲގެ މަދަދުވާކަން ހާމަވެގެންދޭ.

ޔަމަނުގެ ދެކުނުއިރުމަތީ ސަރަޙައްދެއްކަމަށްވާ ހަޒްރަމައުތުގެ މައި ޖަލުން، ﷲގެ ވާގިފުޅާއެކު މިދިޔަ ބުދަ ދުވަހު 68 މުޖާހިދުން ފިލައިފިއެވެ. މުޖާހިދުން ފިލައިފައިވަނީ، އެތައް މަސްދުވަހެއް ކުރިން މުޖާހިދުން ކޮންނަން ފަށާފައިވާ ބިމުއަޑީ ރާސްތާއެއް ބޭނުންކޮށްގެން ކަމުގައި، މުކައްލާ އަވަށުގެ ޖާސޫސީ އިދާރާގެ ވެރިޔާ ޢަބްދުލް ޖިރާޒީ ޚަބަރުތަކަށް ހާމަކޮށްފައިވެއެވެ.


ނަބިއްޔާ (صلى الله عليه وسلم) ޙަދީޘްކުރެއްވިއެވެ. “ބާރަ ހާހުގެ ލަޝްކަރެއް އަދަން އަބްޔަނުން ނިކުންނާނެތެވެ. އެބައިމީހުން ﷲ އާއި އެއިލާހުގެ ރަސޫލާއަށް ނަޞްރުދޭނެއެވެ. އެބައިމީހުންނީ ތިމަން ކަލޭގެފާނާއި އެބައިމީހުންނާއި ދެމެދުގައިވާ އެންމެ ހެޔޮވެގެންވާ މީހުންނެވެ.” (ޝައިޚް އަލްއަލްބާނީގެ އައްޞަޙީޙާ” 2782#)

ޞާލިޙުގެ ސިފައިންނާއި ބޮޑު ޓެރަރިސްޓު އެމެރިކާ ޢަސްކަރިއްޔާގެ ވައިގެ ވަރުގަދަ ޙަމަލާތައް ކުރިއަށް ދިޔަނަމަވެސް، ޢަރަބިޖަޒީރާގެ އަލްޤައިދާގެ މުޖާހިދު އަޚުން ޒިންޖިބާރާއި އަބްޔާންގެ ސަރަޙައްދު ބާރުގެ ދަށަށްވަނީ ގެނެސްފައެވެ. އަދި އަބްޔާނަކީ “އަބްޔާންގެ އިސްލާމީ އިމާރާތް” ކަމުގައި މުޖާހިދުންވަނީ އިޢުލާނުވެސް ކުރައްވާފައެވެ. މީގެ އިތުރުން މިހާރު ޝަބްވާ އަދި ޙަޟްރަމައުތަށްވެސް ވަނީ ފެތުރިފައެވެ.


އަދްން އަށް މުޖާހިދުން ހަމަލާ ދިނުމުގެ ސަބަބުން ޔަމަނުގެ ގޮނޑިކޮއްކޮ ސަރުކާރުގެ ޑިފެންސް މިނިސްޓަރ އެޤައުމުގެ ޤާނޫނީ އިދާރާތަކުން އަދްންގެ މައްޗަށް ބާރު އޮތުމުގެ ޤާބިލްކަމާއި ދޭތެރޭ ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

މިދިޔަ ބުދަދުވަހު ހެދުނުގެ ވަގުތެއްގައި އަލްޤައިދާގެ މުޖާހިދުން ޔަމަނުގެ ލަހްޖު ޕުރޮވިންސްގެ ވެރިކަން ކުރާ އަވަށް ހައުތާ އަށްވަދެ ޙަމަލާ ތަކެއްދީފިއެވެ. 12 ގަޑިއިރަށް ދެމިގެންދިޔަ މިހަނގުރާމައިގައި ގޮނޑިކޮއްކޮ ސަރުކާރުގެ ސިފައިންގެ މަރުކަޒު ތަކަށް ގެއްލުން ތަކެއް ދީފައިވެއެވެ. މިހަމަލާތައް ގޮނޑިކޮއްކޮ ސަރުކާރުގެ އިދާރީ އަދި އިޤްތިޞާދީ މުއައްސަސާ ތަކަށްވެސް އަމާޒުކުރެވިފައިވެއެވެ.


އެންމެ ހެޔޮ މީސްތަކުން އެބިމެއްގައިވާކަމަށް ނަބިއްޔާ (صلى الله عليه وسلم) ޙަދީޘްކުރައްވާފައިވާ މިބިމަށް ވަނުމުގެ މަގު ތަނަވަސްވެގެން ދިއުމަކީ، ކޮންމެ މުސްލިމަކުވެސް އެދޭނެ ބޮޑު އެދުމެއްކަން ކަށަވަރެވެ.

ޢަރަބި ޖަޒީރާގެ އަލްޤައިދާގެ މުޖާހިދުން، ޞާލިޙްގެ ގޮނޑިކޮއްކޮ ސިފައިންނަށް ޙަމަލާ ދިނުމަށްފަހު، ޒިންޖިބާރުގެ އަވަށުގެ ކައިރީގައިވާ އަބްޔަންގެ ކަނޑުގެ ބަނދަރެއް ހިފައިފިއެވެ. ﷲގެ ވާގިފުޅާއެކު، މިދިޔަ ބުރާސްފަތި ދުވަހު މިތަން ހިފިއިރު، ޒިންޖިބާރު މުޖާހިދުންގެ އަތްދަށަށް ދިޔަތާ މާގިނަ ދުވަހެއް ނުވެއެވެ.

« ފެށުން ފަހަތަށް 1 2 3 4 5 6 ކުރިއަށް ނިމުން »
ޞަފްޙާ 1 (ޖުމްލަ 6)
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.