28 ޖޫން 2011 (އަންގާރަ)

އަބުލް މުންޛިރު އައްޝަރީފް( رحمه الله)

ޝާއިޢުކުރީ: އިބްނު އުމަރު
ތަޤްސީމް:
 
(2 ރޭޓް)

އަބުލް މުންޛިރު އައްޝަރީފް(މަންސޫރު އަލް ބަރަކާތި) ނިސްބަތްވެވަޑައިގަންނަވަނީ މައްކާއަށް، އަދި ސީދާގޮތުން رسول الله صلى الله عليه وسلم ގެ އާއިލާއަށެވެ. ޝަހީދުވެފައިވަނީ ކޮމުނިސްޓުންގެ މޯޓަރބަޑީގެ ޙަމަލާއެއްގައި ދެކުނު އަފްޣާނިސްތާނުގެ ކަންދަހާރުގައި 1990ގެ ހޫނުމޫސުމްގައެވެ.

އަހެރެން ﷲއަށް ލޯބިކުރަމެވެ! އަހަރެން ﷲއަށް ލޯބިކުރަމެވެ! އަހަރެން ﷲއަށް ލޯބިކުރަމެވެ!

“އަބޫ މުޙައްމަދު، އަބުލް މުންޒިރުދެކެ ލޯބިވާވަރަށް މީހަކު އެހެންމީހަކުދެކެ ލޯބިވާތަން އަހަރެންގެ މުޅިޙަޔާތުގަވެސް ނުދެކެމެވެ.” (ޝެއިޚް އަބޫ ސުލައިމާން)

އުފަންވެވަޑައިގެންފައިވަނީ ސީދާގޮތުން رسول الله صلى الله عليه وسلم އަށް ނިސްބަތްވެވަޑައިގަންނަވާ އާޢިލާގެ ތެރެއިންނެވެ. ބޮޑުފުޅުވެފައިވަނީ އެބޭފުޅާގެ 5 ފިރިހެން އަދި އަންހެން ކޮއްކޮއާއެކު މައްކާގައެވެ. ނަސީބުދެރަކަމުންނާއި ކަންދިމާކުރިގޮތުން އެބޭފުޅާއަށް މައްކާގެ ތެރޭގައިވެސް އެކުވެރިވެވުނީ ވަރަށް ނުބައިބަޔަކާއެކުއެކުއެވެ. އަދި ބަރަކާތްތެރިވެގެންވާ ބިމުގައި ރާވެސް ބޯންފެއްޓުނެވެ. އެބޭފުޅާގެ ޢުމުރުން 19 އަހަރަށް ދިޔައިރު ބައްޕައާއި މަންމަވަނީ ދުނިޔެއާއި ވަކިވެފައެވެ. އަދި އާޢިލާގެ އެންމެ ބޮޑަށްހުރި މީހެއްގެ ޙައިޞިއްޔަތުން، އެބޭފުޅާގެ ހަގަށްތިބި 5 ފިރިހެން، އަދި އަންހެން ކޮއްކޮމެންގެ ހުރިހާ ޒިންމާއެއްވަނީ ނަގަންޖެހިފައެވެ.

1987ގައި، އަފްޣާން ޖިހާދު އެންމެ ބޮޑަށް ހިނގަމުން ދިޔަވަގުތު، އެބޭފުޅާގެ އެއްކޮއްކޮ އެބޭފުޅާގެ އެއްވެސް ހުއްދައަކާއިނުލާ ގެއިން ނުކުމެގެން ގޮސް އޭނާގެ އަޚުންނާއި ޖިހާދުގައި ބައިވެރިވުމަށްޓަކައި އަފްޣާނިސްތާނަށް ދަތުރުކުރިއެވެ. އަބުލް މުންޛިރުއަށް މިކަން އެގުމުން މިކަމާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުނެވެ. އެބޭފުޅާގެ ކޮއްކޮ ގެނެވޭތޯ އެތައް މަހެއްވަންދެން ވަރަށް ގިނަގޮތްގޮތަށް މަސައްކަތްކުރިއެވެ. ނަމަވެސް އެއްވެސް ފައިދާއެއް ނުކުރިއެވެ. އެކަމުގައި ހުރިހާ ގޮތަކަށް މަސައްކަތްކޮށް މުޅިންވަރުބަލިވުމުން، އަބުލް މުންޛިރު އަށް ޚުދު އެބޭފުޅާ އަމިއްލައަށް އަފްޣާނިސްތާނަށް ގޮސް ކޮއްކޮ ގެނައުން ނޫން އެހެން އިޚްތިޔާރެއް ނެތުނެވެ. ރުޅިވެރިކަމުން ފުރިގެންވާ ހާލު، ކޮއްކޮ އަބުރާގެނެއުމުގެ ނިޔަތުގައި، 1987ގެ ހޫނުމޫސުމުގައި އަފްޣާނިސްތާނަށް ދަތުރުކުރިއެވެ. އެހެނެއްކަމަކު، الله سبحا نه وتعالى ގެ حضرة ގައި އެބޭފުޅާ އަފްޣާނިސްތާނަށް އައުން ރޭވިފައި މިންވަރުކުރައްވާފައިވަނީ އެހެންބޭނުމަކަށެވެ.

ޕާކިސްތާން-އަފްޣާނިސްތާން ބައިކުރާ ރޮގުން އަފްޣާނިސްތާންގެ ތެރެއަށް ވަދެވުނު އެ ވަގުތު އެބޭފުޅާގެ “ހިތްތެޅިގެން” ދިޔަކަމަށް އެބޭފުޅާ ފަހުން އެވާހަކަ ކިޔާދެމުންބުންޔެވެ. އަފްޣާނިސްތާނަށް ވަދެވުމާއިއެކު ހުރިހާ ވައްތަރެއްގެ އިޙްސާސްތަކެއް ތަޖްރިބާކުރެވިގެން ދިޔައެވެ، މަތިވެރި އަދި ބަރަކާތްތެރި ބިމަކަށް އާދެވުމުގެ އިޙްސާސްކުރެވުނެވެ. އަބުލް މުންޛިރު އޭނާގެ ކޮއްކޮ ހޯދުމުގެ ބަދަލުގައި ގަސްދުކުރީ މިތަނުގައި ހޭދަކުރާވަގުތުގައި ކޮންމެސް ވަރެއްގެ ތަމްރީނު ތަކެއްހޯދާ މިހިނގަމުންދާ ޖިހާދާބެހޭގޮތުން ކަންތައްތަކެއް އަމިއްލައަށް ހޯދުމަށެވެ. ދެން އެބޭފުޅާ ޖަލާލްއާބާދަށް ގޮސް އުސާމާ ބިން ލާދިންގެ ތަމްރީނު މަރުކަޒަކަށް ވަނެވެ. އަދި އެތަނުގައި ގާތްގަޑަކަށް 2 މަސްދުވަސް ހޭދަ ކުރެއްވިއެވެ.

އެބޭފުޅާގެ ތަމްރީނުތައް ނިމުނުއިރު، އެބޭފުޅާގެ ހިތާއި ނަފްސުވަނީ މުޅިންބަދަލުވެފައެވެ. ކޮއްކޮ ހޯދާ އަނބުރާ ރަށަށް ފޮނުވަން ކީއްކުރަންހެއްޔެވެ، ހުދު އެބޭފުޅާވެސް އެނބުރި ރަށަށް ދިއުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތެވެ. އަބުލް މުންޛިރު ތަމްރީނު މަރުކަޒުން ނިކުތުމަށްފަހު، އެތާނގެ ތެރެއިން ގުޅުންބަދަހި ރަހުމަތްތެރިންނަށް ބުންޏެވެ. “އަފްޣާނިސްތާނުން، އަލިކަން މުޅިދުނިޔެއަށް ފެތުރިގެންދާނެއެވެ.”

ޖަލާލްއާބާދުގައި ކުރީސަފުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު، ކަންދަހާރުގެ ދެކުނުގައިވާ އަވަށަކަށް ބަދަލުވިއެވެ. އެހިސާބަކީ މުޅި އަފްޣާނިސްތާނުގަވެސް އެންމެ ބޮޑަށް ހަނގުރާމަ ހިނގަމުންދިޔަ ހިސާބެވެ. އެއީ ކަންދަހާރާއި އެތާނގެވަށައިގެންވާ ހިސާބަކީ ތަނަވަސް ހުޅުވިފައިވާ ބޮޑު، ގުދުރަތީ ގޮތުން ސަލާމަތްކަން ހޯދާނެ ހިޔާވަހިކަން ނެތް ބިމަކަށް ވާތީއެވެ. އެބޭފުޅާ އެތާނގައި ހުންނަވާ ރަޝިޔާގެ ހަނގުރާމަވެރި ޖަމާޢަތްތަކާ ހަނގުރާމަކުރައްވާ އެބޭފުޅާ އަކީ ހިއްވަރުފުޅު ގަދަ ކެރޭ ބަޠަލެއްކަން ދައްކުވައިދިނެވެ.

އެއްފަހަރަކު ހިންގި ޢަމަލިއްޔާތެއްގައި، ރަޝިޔާގެ ޖަމާޢަތަކާއި ބެހޭ ސިއްރުމައުލޫމާތެއް ހޯދުމަށްޓަކައި އެބޭފުޅާއެކަނި މިމީހުން ތިބޭ މައިދާނަށް ދާންވެގެން ދިޔައެވެ. މިހެންދިޔަ ދިޔުމުގައި ރަޝިޔާގެ 6 މީހަކާއި އަފްޣާން ގޮނޑިކޮއްކޮ ސަރުކާރުގެ ސިފައިންގެ މީހަކު ހުރި މަގާމަކާއި ހަމައަށް ދެވުނެވެ. އެއްވެސް ފަސްޖެހިލެއްވުމެއްނެތި އެބޭފުޅާގެ ރައިފަލްގެ ސޭފްޓީ ނައްޓުވާލުމަށްފަހު މަޑުމަޑުން އެމީހުންނާއި ކައިރިއަށް އެމީހުންނަށް އެނގިލުމަކާއި ނުލާދިޔައެވެ.

ގާތްގަނޑަކަށް 5 ނުވަތަ 6 މީޓަރ ކައިރިވެލުމަށްފަހު އެމީހުންނަށް ޙަމަލާދިނެވެ. އަދ الله سبحا نه وتعالى ގެ މަދަދާއި ރަޙްމަތާއި އެބޭފުޅާގެ ތޫނުވިސްނުން ރަގަޅުކަމުން އެއްވެސްކަހަލަ އަނިޔާއެއް ނުލިބި އެ7 ޢަދުއްވުންގެ ދުވަސް ދުއްވާލިއެވެ. އަދި އެމީހުންގެ ހަތިޔާރުތަކާއިއެކު ހިނގާފައި މުޖާހިދީންގެ މަރުކަޒަށް އެނބުރިދިޔައެވެ.

އަދި މިފަދަ އެހެން ޙާދިޘާއަކާއި އެކުއެކީ އަފްޣާން މުޖާހިދުންގެ މެދުގައި މިބޭފުޅާއަށް ލިބިފައިވާ ލޮބުވެތި ޝަޚްޞިއްޔަތާއި މަޝްހޫރު ކަމުގެ ސަބަބުން، ޢަރަބިންނާ މާބޮޑަށް މަސްހުނިވެ ނޫޅޭ މިބޭފުޅުން، އެބޭފުޅާ މުޅި ކަންދަހާރު އެކުލެވޭ ހިސާބުގެ މުޖާހިދުންނަށް އަމުރުތައް ހިންގާ ކައުންސިލްގެ ބޭފުޅަކަށް ހޮއްވެވިއެވެ.އަދި 1988 ގެ ފަހުކޮޅުގައި އަފްޣާން އަދި އެނޫން ޤައުމުތަކަށް ނިސްބަތްވާ މުޖާހިދުންނާއި މި ކައުންސިލްގެ ބޭފުޅުން އެކުވެ އެއެންމެންގެ އަމީރެއްގެ ގޮތުގައި ހުންނަވާނެ ބޭފުޅެއްގެ ގޮތުގައި ހަމަޖެއްސެވިއެވެ. ހަމަޔަގީނުންވެސް ސިދާގޮތުން رسول الله صلى الله عليه وسلم ގެ ނަސަބުފުޅާއި ގުޅިފައިވުމާއި އެކުއެކީ ހިއްވަރުގަދަ، ވިސްނުންފުޅު ތޫނު ހަރުދަނާ އަދި މީހުންގެ ލޯބި ލިބިގެންވާ މި ބޭފުޅާއަށްވުރެ، އެބައިމީހުންގެ އަމީރަކަށް އެކަށީގެންވަނީ މި ބޭފުޅާ ނޫން ވަކި ކޮންބޭފުޅެއްތޯއެވެ؟

އެދުވަސްވަރު، އެކެއްދެކެ އެހާބޮޑަށް އެންމެން ލޯބިފުޅުވާބޭފުޅެއް އަބުލް މުންޛިރުފިޔަވާ ނުހުންނާނެއެވެ. އަފްޣާން މުޖާހިދުންނާއި އަދި އެހެންގައުމު ތަކުގެ މުޖާހިދުން ދެބައިމީހުން އެކުވެ ތިބެ ސަމާސާގެ ގޮތުން އެބޭފުޅާއަށް ދިމާލަށްބުނެއުޅެއެވެ.

” ތިޔައީ މަހުދީއެވެ. ތިއީ އަހަރެމެންގެ އަމީރެވެ. އަދި އަމީރުލް މުއުމިނީން އެވެ. އެއީ ތިބޭފުޅާއަކީ ޤުރައިޝް ވަންހައަށް ނިސްބަތްވާ ސީދާގޮތުން رسول الله صلى الله عليه وسلم ގެ ނަސަބުފުޅަށް ނިސްބަތްވެލައްވާބޭފުޅެކެވެ.”

އެގޮތަށް އެބޭފުޅާއަށް އެއަޚުން މުޚާތަބުކުރާތީ ހުންނަނީ ވަރަށް ހިތްހަމަނުޖެހިފައެވެ. އެބޭފުޅާ الله سبحا نه وتعالى ގެ حضرة ން ފާފަފުއްސެއްވުން އެދި ދުޢާކުރެއެވެ. އެއީ އެބޭފުޅާއާއި އެކަށީގެންނުވާކަމަށް ދެކޭ ބަސްތަކެއް ރައްދުކުރަމުންދާތީއެވެ. މުޖާހިދުން، އެބޭފުޅާއާއި ބެހޭގޮތުން ޅެމާއި ލަވަހަދައިގެން ކިޔާހަދައެވެ. އަދި މިއެއްޗެހި މެދުވެރިކޮށް އެބޭފުޅާއާ ސަމާސާ ކުރައްވާ ހަދައެވެ. އަދި އަމަލިއްޔާތަށްގޮސް ކުއްފާރުންނާއިދެކޮޅަށް ކާމިޔާބު ލިބުމުން މުޖާހިދުން ސަމާސާގެ ގޮތުން އަބުލް މުންޒިރުއަށް ނިސްބަތްކޮށް އެކަކު އަނެކަކަށް ބުނެއުޅެއެވެ. މިއަދު ﷲ މަހުދީ އަހަރުމެންނާއެކު ވުމުން އަހަރެމެނަށް ނަޞްރު ދެއްވައިފިއެވެ. އަބުލް މުންޛިރު މިކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހި ހުރެ އެތަންދޫކޮށް ދުރަށްގޮސް އެކަނިހުންނަވައި އެމީހުން އެކިޔާއެއްޗިއްސަށް ފާފަފުއްސެވުންއެދި ދުޢާކުރެއެވެ.

މިގޮތުގައި މަހަކަށްފަހު މަހެއްފާއިތުވަމުން ދިޔައެވެ. އަދި މުޖާހިދުންނަށް ނަޞްރަކަށްފަހު ނަޞްރެއްލިބެމުން ދިޔައެވެ. އެއީ 1989ގައި ރަޝިޔާގެ “ރެޑް އާމީ” މީހުންތައް ލަދުވެތިވެގެންވާ ހާލު ބަލިވެ އެބިމުންފައިބައިގެން ދާންދެނެވެ. އެމީހުން ފައިބައިގެން ދިޔުމަށްފަހުވެސް ކޮމިއުނިސްޓުންނާއި ދެކޮޅަށް ޖިހާދުކުރިއަށް ދިޔައެވެ. އެމީހުންނާ ދެކޮޅަށް ކުރެވުމުން ދިޔަ ޖިހާދު ވަކި ލުޔެއްނޫނެވެ. އެއީ، ރަޝިޔާއިން ދިޔައީ އެމީހުންގެ ހަތިޔާރުތަކާއި، އޮފިސަރުންނާއި އަދި އެމީހުންގެ ރޭވުންތަކުން އެހީތެރިވަމުންނެވެ. އަބުލް މުންޛިރުވެސް ، ދެމުންދިޔަ ނުރައްކާތެރި ބޮމުގެ ޙަމަލާތަކާއި އެއުނދަގޫ ޙާލަތްތަކުގައިވެސް އެބޭފުޅާގެ އަޚުންތަކާއިއެކު ކެތްތެރިކަމާއި އެކު ދެމިހުންނެވިއެވެ.



މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 28 ޖޫން 2011         

ޚިޔާލެއް ފާޅުކުރެއްވުމަށް…



އެހެން އަކުރުތަކެއް ދައްކާލާ!

/div>
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.