30 މޭ 2011 (ހޯމަ)

މުޖާހިދުންގެ ދިފާޢުގައި އުޚްތުންކުރި ހިތްވަރު!

ޝާއިޢުކުރީ: ޒުލްފިޤާރް
ހިމެނޭ ބައި: ޢާއްމު ލިޔުން
 
(4 ރޭޓް)

3 ނޮވެމްބަރ 2006 ވީ ހުކުރު ދުވަހު ފަލަސްޠީނުގެ އަންހެނުންތަކެއް އާދަޔާ ޚިލާފް ހިތްވަރެއް ސާބިތުކޮށްދިނެވެ. އެމީހުންގެ މި ހިތްވަރާއި ފަންވަރުން ސާބިތުކޮށްދިނީ ޣާޒާގެ އުތުރުގެ ހިސާބެއްގައިވާ މިސްކިތެއްގެ އެތެރޭގައި ޚިޞާރު ކުރެވިފައިތިބި ފަލަސްޠީނުގެ 15 މުޖާހިދަކު ސަލާމަތްކޮށްދިނުމުގައެވެ. އިސްރާއީލުގެ ސިފައިން ޚިޞާރުކުރި މުޖާހިދުން ސަލާމަތްކުރުމަށް އުޚްތުން ނުކުތީ ފަލަސްޠީނުގެ މައިންތަކަކާއި ފިރިންތަކެއްގެ ގޮތުންވެސް މެއެވެ. އުޚުތުންގެ ނާޒުކު ހަށިތައް އެދުވަހު އަމިއްލައަށް ހުށަހެޅީ އައްޑަނަތަކެއްގެ ގޮތުގައެވެ.

“އަހަރުމެންގެ ފުރާނައަށް ބެލުމެއް ނެތި މިނުކުތީ އަހަރުމެންގެ ދަރިން ސަލާމަތްކުރުމަށް” ޢުމުރުން 40 ގެ އުއްމު މުޙައްމަދު ބުންޏެވެ. އޭނާ މިހެން ބުނީ އުޚްތުންގެ ކާމިޔާބު އޮޕަރޭޝަނަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އޭރު އިސްރާއީލް ސިފައިން ވަނީ ގާޒާގެ އުތުރުގައި ލޭ އޮހޮރުވުން ތަކެއް ހިންގައި 24 މީހުން ޝަހީދު ކޮށްލާފައެވެ.

ޙަމާސް އާއި އަދިވެސް އެހެން ބައެއް ޖަމާޢަތްތަކުން މުޖާހިދުން ޙިޞާރުކޮށްފައި ތިބީ އަލް-ނަޞްރު މިސްކިތުގައެވެ. އެމީހުން މިސްކިތުގައި ޙިޞާރުކުރީ 2 ނޮވެމްބަރުވީ ބުރާސްފަތި ދުވަހުގައެވެ. އެނގިފައިވާ ގޮތުގައި މިމީހުން މިސްކިތުގެ ތެރެއަށް ވަނީ އިސްރާއީލު ސިފައިން ދެމުންދިޔަ ޢުދުވާނީ ޙަމަލާތަކުން ސަލާމަތްވުމުގެ ގޮތުންނެވެ.

އެއަވަށުގެ ރަށްބޭރުން އަވަށަށް ވަދެވެން އޮންނަ ދިމާލަށް 400 ވަރަކަށް އުޚްތުން ޖަމާވީ ބަޑިންނާއި ޓޭންކުތަކުން ޙަމަލާތަކެއް ދެމުން ދަނިކޮށެވެ. އުޚްތުން އެންމެ ފުރަތަމަ އެއެއްވުމަށްފަހު އިސްރާއީލް ސިފައިންނާ ދެކޮޅަށް މުޒާހަރާކޮށް އަޑުއުފުލިއެވެ. މި މުޒާހަރާގައި ބައެއް ފިރިހެނުންވެސް ބައިވެރިވިއެވެ. އަދި އިސްރާއީލް ސިފައިންގެ ޙަމަލާތަކުގައި 3 މީހަކު ޝަހީދުވިއެވެ. އޭގެ ތެރޭގައި އަންހެނަކުވެސް ހިމެނެއެވެ. މި ޙަމަލާތަކުގައި 25 މީހަކު ޒަޚަމްވިކަމަށްވެސް ބޭސްކުރިމީހުންގެ ފަރާތުން މަޢުލޫމާތު ލިބުނެވެ.

މުޒާހަރާ ކުރަން ތިބެފައި ގާތްގަނޑަކަށް 200 ވަރަކަށް އުޚްތުން ދިޔައީ މިސްކިތާ ދިމާއަށެވެ. އެމިސްކިތް ހުންނަނީ އެހިސާބާ 700 މީޓަރު ދުރުގައެވެ. އުޚްތުންތައް މިސްކިތު ތެރެއަށް ވަދެ އަޚުންތައް ސަލާމަތް ކޮށްގެން ނެރުނީ ވަރަށް ބޮޑަށް ގާޑުކޮށްގެންނެވެ. އުޚްތުންގެ ސަފުތަކުން އަޚުންތައް އޮތީ ފަރުދާކޮށްލާފައެވެ. ބަޑިޖަހާ އިސްރާއީލް ސިފައިންނަށް އެތައް އުޚްތުންގެ ތެރެއިން މުޖާހިދުންތައް ފެންނަގޮތެއް ނުވިއެވެ. އުޚްތުން ގެ ނިވާކަންބޮޑު ހެދުމުގައި އެއްސަފެއްގައި އެތުރުމުން މުޖާހިދުން ފެންނަ ގޮތެއް ނުވިއެވެ.

މި އޮޕަރޭޝަން ހިންގަމުން ދިޔަ އިރު އިސްރާއީލުގެ ހެލިކޮޕްޓަރުތަކުން ބަޑިޖަހަމުން ގެންދިޔައެވެ. އުޚްތުންތަކަށް އަމާޒުކޮށެއް ނޫނެވެ. ނަމަވެސް އުޚްތުން ބިރުގަންނަވާލައި ވިއްސި ވިހާލި ކޮށްލެވޭތޯ ބެލުމުގެ ގޮތުންނެވެ. ނަމަވެސް މިކަމެއް އެމީހުންނަކަށް ކާމިޔާބެއް ނުކުރެވުނެވެ. މިޙަމަލާ ތަކުގައި 2 އުޚުތުން ޒަޚަމް ވިއެވެ. މުޖާހިދުން ވަށާލައިގެން ތިބެ އުޚްތުން ދުވެފައި ހިޒްބަތް ބައިތު ހަނޫން އާ ހަމައަށް ދިޔައެވެ. މިއީ އިސްރާއީލް ސިފައިމް ނާރާ އޮތް ސަރަޙައްދެކެވެ.

“އަހަރުމެންގެ އެތައް ސަތޭކަ މީހުންނެއް މިސްކިތަށް ވަދެ މުޖާހިދުންތައް ވަށާލީމެވެ.” ޢުމުރުން 21 އަހަރުގެ އުޚްތެއް ކަމުގައިވާ ނިދާ އަލް – ރާހިދް ކިޔައިދިނެވެ.

މަޞްދަރު: މުޞްތަފާ ދަރުމަ ޑިސެމްބަރ 2006 ން ކުރެވިފައިވާ ނަކަލް އެއް .

މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 30 މޭ 2011         

ޚިޔާލެއް ފާޅުކުރެއްވުމަށް…



އެހެން އަކުރުތަކެއް ދައްކާލާ!

/div>
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.