03 ޖޫން 2011 (ހުކުރު)

ޠާލިބާނުންގެ ވެރިކަމުގައި އަފްޣާނިސްތާނަށް އަމަންއަމާންކަން ގެނެސްދިންކަން ޔަޤީނެވެ.

ޝާއިޢުކުރީ: ޒުލްފިޤާރް
ހިމެނޭ ބައި: ޢާއްމު ލިޔުން
 
(2 ރޭޓް)

ކާފަރުންނަކީ އަބަދުވެސް އިސްލާމްދީނާއި، އިސްލާމުންނާއި ކެނޑިނޭޅި ހަނގުރާމަ ކުރަމުންދާ ޢަދުއްވުންތަކެއްކަން އަހަރުމެން ދަންނަން ޖެހޭނެއެވެ. އަހަރުމެން އަތް އުރާލައިގެން ހޮޅުއަށީގައި ރަތްވިލާ އޮއްސޭ މަންޒަރު ބަލަން ތިއްބަސް، ކާފަރުންދަނީ އެކި ގޮތްގޮތުން އެމީހުންގެ ޝައިޠާނުންގެ އަމުރަށް ހުރިހާ ތަންތަން ފަސާދަކުރަމުންކަން އަހަރުމެން ދަންނަން ޖެހެއެވެ. އެގޮތުން އެމީހުންގެ އެންމެ ބޮޑަށް މަސައްކަތް ކުރަނީ ފިކުރީ ގޮތުން އަހަރުމެން ބަލިކުރުންކަން އަހަރުމެން ނުދަނެ އެމީހުން ކިޔާހާ އެއްޗަކަށް އާނ ހޫނ ކިޔަންވެއްޖެއްޔާ ދެންވާނެ ގޮތް ތިޔަ އަޚުންނާއި އުޚުތުން ވިސްނާވަޑައިގެންނަވާށެއެވެ. އެމީހުން އަބަދުވެސް ވިސްނަމުންދަނީ މުސްލިމުންގެ ސަފުތައް ފުނޑުފުނޑުކޮށްލެވޭނީ ކިހިނަކުން ހަދައިގެންތޯ އެވެ. ވީ އިރު އަހަރުމެން އެމީހުންދޭ ހަދިޔާތަކާއި އެމީހުންގެ ޚަބަރު ފަތުރާ އެކިއެކި ވަޞީލަތްތަކުން ގެނެސް ދެމުންގެންދާ ޚަބަރުތައް ޤަބޫލުކުރާނަމަ އޭގެ ވިހަ އަސަރު އުންމަތަށް ކުރާނެކަން ކަށަވަރެއެވެ. އެންމެ ނަފްސަކީވެސް އުންމަތުގެ ނުހަނު ވަރުގަދަ ގުނަވަނެކެވެ.

އަފްޣާނިސްތާނުގައި ޠާލިބާނުން ވެރިކަން ކުރި ދުވަސްވަރު، އަންހެނުންނަށް އެއްވެސް ކަހަލަ ޙައްޤެއް ނޯންނަ ކަމަށާއި، އަންހެނުންނާ ދޭތެރޭ ވަރަށް އިހާނެތިކޮށް ކަންތައް ކުރެވެމުން ދިޔަކަމަށް ހުޅަނގުގެ ޚަބަރު ފަތުރާ ވަޞީލަތްތަކުން މަޢުލޫމާތު ދެމުން ގެންދިޔައެވެ. ނަމަވެސް މިއީ ޙަޤީޤަތެއް ނެތް ވާހަކަ ތަކެކެވެ. މުސްލިމުންނާއި ދެކޮޅަށް ފާޅު ކުރެވެމުން ދިޔަ ޚިޔާލުތަކެކެވެ. ޙަޤީޤަތުގައި ޠާލިބާނުން ވެރިކަމަށް އައުމުން އަންހެނުންނަށް ލިބިގެން ދިޔައީ ވަރަށް ބޮޑު ޙިމާޔަތެކެވެ. ތިރީގައި ބަޔާންކޮށްފައި މިވަނީ ޠާލިބާނުންގެ ދުވަސްވަރު އަންހެނުންނަށް ލިބުނު އިނާޔަތާއި، ރައްޔިތުންނަށް ލިބިގެންދިޔަ ރައްކާތެރިކަމާއި މިނިވަންކަމާއި ޢިއްޒަތާއި ޤަދަރުގެ ބައެއް ވާހަކަ ތަކެކެވެ.

އަސާސީ ޙައްޤުތައް:

ގޭތެރޭގައާއި ގެއިން ބޭރުގައި އަމަން އަމާންކަން ހޯދައި ދެވުނެވެ.

ދިރިއުޅުމުގެ ޙައްޤުތައް:

ވެރިކަންކުރި 5 އަހަރުގެ ތެރޭގައި ގެއާއި ހިޔާވެހިކަން ހޯދައި ދެވުނެވެ. އެންމެ އަސާސީ ޙައްޤުކަމަށްވާ ދިރިއުޅުމުގެ ޙައްޤު އަންހެނުންނަށް ހޯދައި ދެވުނެވެ. އަދި އެމީހުންގެ ޢާއިލާތަކަށްވެސް އަމާންކަން ހޯދައި ދެވުނެވެ.

ޢިއްޒަތުއް ނަފުސް:

އަންހެނުންގެ ޢިއްފަތްތެރިކަން ރައްކައުތެރިކުރިއެވެ. އާދޭހެވެ. ޠާލިބާން ވެރިކަމަށް އައުމާއި އެކު އަންހެނުން ވަގުތީ ގޮތުން ވަޒީފާއަށް ނުނިކުމެ ގޭގައި ތިބުމަށް އެންގިއެވެ. ނަމަވެސް މުސާރަ އާއި އެކުގައެވެ. ވަގުތީ ގޮތުން އަންހެނުން ގޭގައި ތިބުމަށް އެންގީ ކީއްވެތޯއެވެ؟ އެއީ، އެދުވަސްވަރު މީހުން މެރުމާއި، އަންހެނުންގެ ޢިއްފަތް ފޭރުން އަފްޣާނިސްތާނުގައި ޢާންމުވެފައި އޮތް ދުވަސްވަރަކާއި ދިމާވުމުން އެންގި އެންގުމެކެވެ. ނަމަވެސް ޠާލިބާނުން ވެރިކަމާއި ޙަވާލުވެ ކަންކަން އިޞްލާޙުވާން ފެށުމާއި އެކު އަންހެނުންނަށް މަސައްކަތު ދިއުމުގެ ހުއްދަ ދިނެއެވެ. އަންހެނުންނަށް އަދާކުރެވޭ ވަޒީފާއާއި، ޢާއްމުދަނީ ހޯދުމުގެ ގޮތުން ދެވޭނެ މަގުތައް ފަހިކޮށްދިނުމަށްފަހު އެމީހުންނަށް އެމަގުތަކުން ހިނގުމުގެ ތަފްޞީލުވެސް ދެވުނެވެ. އޭގެ ތެރޭގައި ޢާއްމު ޞިއްޙަތުގެ ވުޒާރާ، ތަޢުލީމުގެ ވުޒާރާ، ދާޚިލީ ވުޒާރާއާއި، ދީނީ ކަންތައްތަކުގެ ވުޒާރާއާއި، އިޖްތިމާޢީ ކަންތައްތަކާއި ބެހޭ އެތަކެއް ވުޒާރާތަކަށް ޚިދުމަތް ކުރުމަށް މަޤާމުތަކެއް ޙަވާލުކުރެވުނެވެ. އަންހެނުންގެ ތެރެއިން އެއްބައި މީހުން ވަޒީފާއަށް ނިކުތް، ނަމަވެސް ބޮޑަށް ބާރުއެޅީ އަންހެނުން ގޭގައި ތިބުމަށެއެވެ. ޠާލިބާނުންގެ ވެރިކަމުގެ ދުވަސްވަރު އަންހެނުންގެ ޚިދުމަތް ވަރަށް ބޮޑަށް ބޭނުންވެސް ވިއެވެ. އޭގެ ތެރޭގައި ހޭލުންތެރިކުރުމުގެ މަސައްކަތްތަކާއި، ޞިއްޙީ މަސައްކަތްތަކުގައި ޑޮކްޓަރުންނާއި، ނަރުހުންނާއި، މިފަދަ ޞިއްޙީ ދާއިރާތަކާއި ގުޅޭގޮތުން އެކިއެކި ޓެކްނީޝަނުންގެ ގޮތުގައި ވަރަށް ބޮޑަށް ބޭނުން ހިފަންޖެހުނެވެ.

އެހީދޭ އުޅުނު ޖަމާޢަތްތަކަށް މިކަންކަމީ ތެދު މަޢުލޫމާތުކަން ހެނކިވާނެއެވެ. ޚާއްޞަކޮށް ކެނޭޑިއަން ރިލީފް ފައުންޑޭޝަނާއި، އޭޝިއަ ޓްރަސްޓުން މިކަންކަން ލޮލުން ދެކި އަތުންހިފާފައި ވާތީ ޚުދު މިޖަމާޢަތްތައް މިކަންކަމަށް ހެނކިވާނެއެވެ. ވީއިރު އެއީ ޠާލިބާނުންގެ ވެރިކަމުގައި އަންހެނުންގެ ޙައްޤުތައް ނިގުޅައިގަތޭ ކިޔައިގެން ހެދިހާ ރޯބުހުތާނު ދޮގުތަކަކީ އެއްވެސް ބުރަދަނެއް ނެތް އެއްވެސް ތާކުންތާކުޖެހޭ ވާހަތަކެއް ނޫންކަން ޤަބޫލުކުރަން ޖެހެއެވެ. އަދި މިހެން ކަންތައް ދިޔައިރު ބައެއް ކަހަލަ ވަޒީފާތަކަށް އަންހެނުން ދިއުން މަނާކުރިއެވެ. އޭގެ ތެރޭގައި ޓެލެވިޒަން އަދި ފިލްމް އިންޑަސްޓްރީއާއި ފަދަ ތަންތަނުގައި މަސައްކަތް ކުރުން ހިމެނެއެވެ. އަދި އެފަދަ މުސްލިމު އަންހެނުންނާއި ނުގުޅޭ މާހަލުތަކާވެސްމެއެވެ. އަދި ހަމަ މިއާއި އެކު އިސްލާމް ދީނާއި ބައެއް އިނދިކޮޅު ޚިޔާލު ގެންގުޅޭ މުދައްރިސުންވެސް މަސައްކަތްކޮށް ޚިދުމަތްކުރުމާއި ދުރުގައި ގޭގައި ތިބުމަށް އެންގެވުނެވެ.

ޤާނޫނާއި އަމަންއަމާންކަން:

ހަމައެއް ލަމައެއް ނެތް ޤައުމަކަށް ޠާލިބާނުން އަމަން އަމާންކަމާއި ޤާނޫނު ގެނެސްދިނެއެވެ. ދާދި އަވަހަކަށް އިސްލާމީ ޝަރީޢަތުގެ ޙުކުމް ތަންފީޒުކުރަން ފެށުމުން ވައްކަމާއި، ފޭރުމާއި، ޢިއްފަތް ފޭރުމާއި، ލޫޓުވުންފަދަ ކަންތައްތައް ހަލުވިކަމާއި އެކު ވަރަށް މަދުވެގެން ދިޔައެވެ. ފުރަތަމަ ދުވަސްކޮޅު މަޙްރަމަކާއި ނުލާ އަންހެނުން ގެއިން ބޭރަށް ނިކުތުން މަނާކުރިއެވެ. ނަމަވެސް އަމަން އަމާންކަން ޤާއިމްވުމުން އަންހެނުން އެކަނި ބާޒާރަށް ގޮސްއުޅުމުގެ ހުއްދަ ދެވުނެވެ. އޭގެފަހުން ވަނީ މަގުމަތީގެ އަމަން އަމާންކަމާއި މިނިވަންކަން ޤާއިމް ވެފައެވެ. މީހަކު ބެހިފާނެތީ، ވަގަށްނަގާފާނެތީ، ނުވަތަ ޢިއްފަތް ފޭރިގެންފާނެތީ ބިރަކުން އުޅޭކަށް ނުޖެހެއެވެ.

ޞިއްޙީ ފަރުވާ:

އެމެރިކާއިން އަޅާފައި ދަތިކުރުމުގެ ފިޔަވަޅުތަކާއި ބޭ އިންސާފުގެ ހުރިހާކަންތައް ވާއިރުވެސްމެ ޞިއްޙީ ފަރުވާ ހޯދައި ދިނުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްދީފައިވިއެވެ. އޭގެ ސަބަބުން ނުހަނު ބޮޑެތި ލުއި ފަސޭހަކަމާއި ބަލިބަލީގެ ޝިފާ ހީވެސް ނުކުރާހާ ގޮތްގޮތުން ލިބެމުން ދިޔައެވެ.

ޢާއިލީ ދިރިއުޅުން:

ޢާއިލާތަކަށް ހަމަޖެހުމާއި، ސަލާމަތްކަން ގެނެސްދިނުމާއި، ޢާއިލާ ބެލެހެއްޓުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ފިރިހެނުންނަށް ދެވުނެވެ.

ބިމުގައި ވަޅުލާފައިވާ މައިންގެ ބިރު:

ޠާލިބާނުން ވެރިކަމާއި ޙަވާލުވުމާއިއެކު އެންމެ ބޮޑަށް އަވަސްވެގަތީ ރޫސީން ވަޅުލާފައިވާ މައިންތަކުން ސާފުކޮށް ބިމުން އެބިރުވެރިކަން ވަގުތުން ލުހެ، ނައްތާލުމަށެއެވެ. އެހެނީ އެދުވަސްވަރު އެ ވަޅުލާފައިވާ މައިންގެ ސަބަބުން ޚާއްޞަކޮށް އެތަކެއް ކުޑަކުދިންގެ އަތްފައި ހަލާކުވެ ވަކިނުވާވަރު ވަމުން ދިޔުމުންނެވެ.

މަސްތުވާތަކެތީގެ ވަބާ:

އަފްޣާނިސްތާނަކީ އެންމެ ގިނައިން އަފިހުން ހެއްދި ޤައުމުގެ ތެރޭގައި ހޮވާލެވޭ ޤައުމަކަށް ވެފައި ވަނިކޮށް، ޠާލިބާނުން އައުމާއިއެކު މުޅިން އެކަން މަނާކުރިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އދ. ގެ މަސްތުވާތަކެއްޗާއި ބެހޭ ޖަމްޢިއްޔާއިން ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ޠާލިބާނުން ހިންގި ޤާނޫނުގެ ސަބަބުން އަފްޣާނިސްތާނުގެ މަސްތުވާތެކި މުޅިން ހެއް ހުއްޓުމަކަށް އައިކަމަށެއެވެ. އެއް އަހަރުގެ ތެރޭގައި 3276 ޓަން، 185 ޓަނަށް ތިރިވިކަމަށް އދ. ގެ ޗިކާގޯ ޓްރިޕިއުޓުން ނެރުނު ރިޕޯޓެއްގައި ބުނެފައިވެއެވެ.

ޠާލިބާނުން އަފްޣާނިސްތާނުގައި ވެރިކަން ކުރި ދުވަސްވަރު ޤާއިމް ކުރި ކަންތައްތައް ފޮރުވާ މުސްލިމުންނާއި އެހެނިހެން މީސްމީހުން ހިތްތަކުގައި ޠާލިބާނުންނާއި މެދު ނަފްރަތު ކުރުވުމުގެ ބޭނުމުގައި ކާފަރުން ކުރަމުންގެންދާ މިފަދަ ހަނގުރާމައިގެ ޝިކާރައަކަށް އަހަރުމެން ނުވެ ވޭތޯ އަބަދުވެސް ވިސްނާއިގެން ތިބޭ ބުއްދީގެ އަހުލުވެރީންނަށް އަހަރުމެން ވާންޖެހެއެވެ.

މަޞްދަރު: ލިޔުންތެރިޔާ.

މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 04 ޖޫން 2011         

ޚިޔާލެއް ފާޅުކުރެއްވުމަށް…



އެހެން އަކުރުތަކެއް ދައްކާލާ!

/div>
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.