05 ޖޫން 2011 (އާދީއްތަ)

މަޝްހޫރު "ސްކައިޕް" ގެ މުޢާމަލާތުތައްވެސް ޖާސޫސީ އިދާރާތަކުން ބަލަމުންދޭ

ޝާއިޢުކުރީ: ޚަބަރު ސެކްޝަން
ތަޤްސީމް:
 
(0 ރޭޓް)
މިވަގުތު ޢާޢްމުކޮށް ސްކައިޕް ބޭނުންކުރާ މީހުންގެ ޢަދަދު 663 މީހުންނަށް އަރައެވެ.

ދުނިޔޭގެ އެތަންމިތާނގައި މަޝްހޫރުކަމާއެކު ބޭނުންކުރެވެމުންދާ “ސްކައިޕް” އަކީ، ވަކި ޚާއްޞަ އެންކްރިޕްޝަނެއް (އަސްލު ފޮރުވާލުމަށް ބޭނުންކުރާ ކޯޑުތަކެއް) ބޭނުންކޮށްގެން، ކުރެވޭ މުޢާމަލާތުތައް ދެވަނަފަރާތެއްގެ ކިބައިން ރައްކާތެރިކޮށްދޭ ގޮތްތަކެއް ބޭނުންކުރާ އެއްޗެއްކަމަށް މުޅި ދުނިޔެއަށްވަނީ ވިސްނުވައިދީފައެވެ.

މިޞްރުގެ މުޒާހަރާތަކަށް ނުކުތް ޒުވާނުން ސްކައިޕްގެ ބޭނުންހިފީ، “ތަޙްރީރު ގޮޅީގައި” މުޒާހަރާތައް ކުރިއަށް ގެންދިއުމަށެވެ. އެމުޒާހަރާތަކުގެ ސަބަބުން ޔަހޫދީ ގޮނޑިކޮއްކޮ ރައީސް ޙުސްނީ މުބާރަކް ވެރިކަން ދޫކޮށްލިއެވެ. މީގެ އިތުރުން، ގާތްގަނޑަކަށް މުޅި ޢަރަބި ދުނިޔޭގައި ކުރިއަށް ދިޔަ ހަމަނުޖެހުންތަކުގައި، ސަރުކާރުތަކާ ދެކޮޅަށް ނުކުތް މީހުން ވީޑިއޯ ކޮންފަރެންސްތައްވެސް ބާއްވަމުން ދިޔައީ ސްކައިޕް މެދުވެރިކޮށެވެ.

އެހެނެއްކަމަކު، ސްކައިޕްގެ ކޯޑުތައް ސަލާމަތީ ބާރުތަކުން ފުނޑަމުންދާކަމުގައި، ވޯލް ސްޓްރީޓް ޖޯރނަލް ނޫހުގައި ހާމަކޮށްފައިވެއެވެ. އެހެނީ، މިޞްރުގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުން ދިޔަ، ދެ ޒުވާނުން ވާހަކަ ދައްކަމުން ދިޔައީ ސްކައިޕް ބޭނުންކުރުމުގެ ބޭނުންތެރިކަމާއި މެދެވެ. އެއީ ސްކައިޕަކީ “ޖާސޫސްކުރުމުގައި މަޝްހޫރުވެފައިވާ ގޮތްތަކުގެ ތެރެއިން އެއްވެސް ގޮތަކަށް ޖާސޫސު ކުރެވޭނެ އެއްޗެއްކަމުގައި ނުވާތީއެވެ.”

މި ނޫހުގައި ލިޔެފައިވާގޮތުގައި، މި މާރޗް މަހު، ސަރުކާރާ ދެކޮޅު ފަރާތްތަކުން، މިޞްރުގެ ސަލާމަތީ މައި މަރުކަޒު (އަމްނު އައްދަޥްލަތު) ގެ ތެރެއަށް ވަދެގަތެވެ. އެތަނުން މުޒާހަރާކުރި މީހުންނަށް ފެނުނީ ސްކައިޕްގެ މުޢާމަލާތުތަކުގެ ދެމެދަށް ވަންނާނެ ގޮތްތަކާއި ޑީކްރިޕްޓު ކުރާނޭގޮތްތައް އަންގައިދޭ ލިޔުންތަކެކެވެ. މީގެ އިތުރުން، 26 އަހަރުގެ ބަސީމް ފާތީ ހާމަކުރިގޮތުގައި، އޭނާގެ އަމިއްލަ ރާވުންތަކާއި، ގުޅުންތަކާއި، ކުޅިވަރުގައި ހޭދަކުރި ވަގުތުތަކާއި ދިޔަ ދަތުރުތަކުގެ ވާހަކަތައް ދައްކައިފައިވާ މުޢާމަލާތުތައް ޚުދު އޭނާއަށް ފެނުނެވެ.

“އަހަރެން ދެކޭގޮތުގައި، އަހަރެމެންގެ އަނގައިން އިއްވަމުންދިޔަ އެންމެ ކުޑަ ތަފްޞީލުތަކަށް ދާންދެންވެސް، އެމީހުން ދިޔައީ ޖަމާކޮށް ފައިލަކަށް އަޅަމުން.” މި ނޫހަށް ބަސްދީގަތުމެއްދެމުން ފާތީ ހާމަކުރިއެވެ.

ސްކައިޕްގެ ސަލާމަތީ އެންމެ އިސް އޮފިސަރު ހާމަކުރިގޮތުގައި، “ސްޕީކަރުން އަންނަ އޯޑިއޯ ނެގުން މަނާކުރާނެ (ޖާސޫސީ ސޮޕްޓްވެއަރ) އެއްޗެއްވޭތަ؟ ނޫން! އަހަރެމެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ!”

ނޫހުގައި ބަޔާންކޮށްފައިވާގޮތުން، އިންޓަރނެޓުގެ މި މަޝްހޫރު ޕޯނުގެ ދިފާޢީ ނިޒާމުގެ ބަލިކަށިކަން އިތުރުވެއްޖެއެވެ. މިވަގުތު ޢާޢްމުކޮށް ސްކައިޕް ބޭނުންކުރާ މީހުންގެ ޢަދަދު 663 މިލިއަން މީހުންނަށް އަރައެވެ.

މަޞްދަރު: ޤަޥްޤަޒް މުޖާހިދުންގެ މަޢުލޫމާތު އިދާރާ

  •   އަޅުގަނޑުމެންގެ ދުޢާގައި މުސްލިމު އަޚުންނާއި އުޚްތުން, މުހާޖިރުންނާއި އަންޞާރުން, އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ﷲގެ މަގުގައި ހަނގުރާމަކުރަށްވަމުންދާ އެންމެހާ މުޖާހިދުންނަށް ނަޞްރު ދެއްވެވުން އެދި ދުޢާކުރެއްވުމަށް ހަނދުމަފުޅު ބަހައްޓަވާ! އަދި އެމަގުގައި ރަހީނުކުރެވިފައިވާ އަޚުންނާއި އުޚްތުން ސަލާމަތްކޮށް ދެއްވެވުން އެދި ދުޢާކުރެއްވުމަށްވެސް ހަނދުމަފުޅު ބަހައްޓަވާ!
މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 05 ޖޫން 2011         

ޚިޔާލެއް ފާޅުކުރެއްވުމަށް…



އެހެން އަކުރުތަކެއް ދައްކާލާ!

/div>
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.