އަޅުގަނޑުމެންނަކީ…

بسم الله الرحمن الرحيم

إِنَّ الْحَمْدَ للهِ نَحْمَدُهُ وَنَسْتَعِينُهُ وَنَسْتَغْفِرُهُ وَنَعُوذُ بِاللهِ مِنْ شُرُوْرِ أَنْفُسِنَا وَمِنْ سَيِّئَاتِ أَعْمَالِنَا. مَنْ يَهْدِهِ اللهُ فَلاَ مُضِلَّ لَهُ. وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ. وَ أَشْهَدُ أَن لاَّ إِلهَ إِلاَّ اللهُ وَحْدَهُ لاَ شَرِيْكَ لَهُ. وَأَشْهَدُ أَن مُحَمدًا عَبْدُهُ وَرَسُوْلُهُ. أَمَّا بَعْد:

އަޅުގަނޑުމެންގެ މައިގަނޑު މަޤްޞަދަކީ ﷲ ތަޢާލާ އަޅުގަނޑުމެންނަށް ޝަރުޢު ކުރެއްވެވި ފުރިހަމަ އިސްލާމްދީނުގެ ދަޢްވަތު އެދީނުގެ ފުރިހަމަކަމަށް އެއްވެސް އުނި ކަމެއް ނުގެނަސް މީސްތަކުންނަށް ހުށަހަޅައިދޭން މަސައްކަތް ކުރުމެވެ. މިދީނުގެ ދަޢްވަތުގައި ﷲ އާއި ރަސޫލާ صلّى الله عليه وسلّم ގެނެސްދެއްވި އެންމެހާ ކަންތައްތައް ހިމެނެންޖެހޭނެ ކަމަށް އަޅުގަނޑުމެން ޤަބޫލުކުރަމެވެ. މިގޮތުން އަޅުގަނޑުމެން މަސައްކަތް ކުރަނީ އަޅުގަނޑުމެންނަށް ވީވަރަކުން އިސްލާމް ދީނުގެ މާއްދާތައް އެކީއެކަށް إنشاء الله ހުށައަޅާދެވޭތޯއެވެ. އެގޮތުން އިސްލާމްދީނުގެ ބިންގާ ކަމުގައިވާ ﷲ ފިޔަވާ ޙައްޤުގޮތުގައި އަޅުކަންވެވޭ އެހެން އެއްވެސް ފަރާތެއް އަދި ބައިވެރިއެއް ނުވާކަމަށް ހެކިވުމާއި ހިސާބުން ފެށިގެން، އެންމެ ކުޑަ މިނުން މަގުމަތީގައި މީހުންނަށް އުނދަގޫވާ ގޮތަށް އޮންނަ އެއްޗެއް އެއްފަރާތް ކޮށްލުމުގެ މިންވަރާ ހިސާބަށެވެ. އަދި އެވަގުތަކަށް އިސްލާމީ އުންމަތަށް އެންމެ ބޭނުން ޖެހިފައިވާ މައުޟޫޢުތައް ހުށައަޅައި ނުދިނުމަކީ އެންމެ ރަނގަޅު ގޮތުގައި ދެވޭ ދަޢްވަތެއް ކަމުގައި އަޅުގަނޑުމެން ޤަބޫލެއް ނުކުރަމެވެ. އެހެންކަމުން މިދަޢްވަތަށްޓަކައި މަންފާކުރަނިވި އެންމެހާ މާއްދާތައް އަޅުގަނޑުމެން އެކިއެކި އަޞްލުތައް މެދުވެރިކޮށް ހުށައަޅައިދޭން إنشاء الله މަސައްކަތްކުރާނަމެވެ. އަދި މިބުނެވުނު އަޞްލުތަކަކީ އަޅުގަނޑުމެން އެއަޞްލުތުގެ ހުރިހާކަމެއް ޤަބޫލުކުރާ ފަރާތަކަށް ނުވެދާނެއެވެ. އަދި ހަމައެފަދައިން އެފަރާތަކީވެސް އަޅުގަނޑުމެންގެ ހުރިހާ ކަމަކަށް އެއްބަސް ނުވެދާނެ ފަރާތަކަށް ވެދާނެއެވެ. ނަމަވެސް އަޅުގަނޑުމެންގެ މަޤްޞަދަކީ ﷲ ތަޢާލާގެ ވާގިފުޅާއިއެކު އަޅުގަނޑުމެންނަށް ވީވަރަކުން އިސްލާމް ދީނުގެ ފުރިހަމަ ތަޞައްވުރެއް ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ހުށައަޅައިދިނުމެވެ.

އަޅުގަނޑުމެންގެ މެއިލް އެޑްރެސް: This e-mail address is being protected from spambots. You need JavaScript enabled to view it



އަޅުގަނޑުމެންގެ ވެބްސައިޓަށް ދީން.އިންފޯގެ ނަމުގައި މި ގެނެވުނު ބަދަލުތަކަކީ ކިޔުންތެރިންނަށް ފަސޭހަކޮށްދިނުމުގެ މަތިވެރި މަޤްޞަދުގައި ގެނެވުނު ހެޔޮ ބަދަލުތަކެކެވެ. މި ފަހަރުގެ ބަދަލުތަކުގެ ސަބަބުން ކިޔުންތެރިންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ އެވެ. އެގޮތުން އެކިއެކި ދާއިރާތަކުގެ ލިޔުންތައް އެއް ނަޒަރަކުން ފެނިވަޑައިގަންނަވާނެ އެވެ. މީގެ އިތުރުން ވަކި ޢިލްމުވެރިއެއްގެ ލިޔުއްވުން ހޯއްދަވަން ބޭނުންފުޅުނަމަ، އެކަންވެސް ވަރަށް ފަސޭހައިން ވާނޭގޮތް މިފަހަރުގެ ބަދަލުތަކުގެ ތެރޭގައި ހިމެނިފައިވެއެވެ. އަދި ހަމައެހެންމެ މިފަހަރުގެ ޚާއްޞަ ބަދަލުތަކުގެ ތެރޭގައި ބެލުންތެރިންގެ ޚިޔާލާއި ކޮމެންޓު ކުރުމުގެ ފުރުޞަތު ހުޅުވާލާފައިވެއެވެ.


07 ޑިސެމްބަރ 2010 (އަންގާރަ)

ފޭސްބުކްގެ ގްރޫޕާއި ބެހޭ

ހިމެނޭ ބައި: ދެންނެވުން

ކްލިކްފޯރއިސްލާމް ގެ ނަމުގައި ފޭސްބުކް ގައި ހިންގަމުންދާ ގްރޫޕަކީ ކްލިކްފޯރއިސްލާމް އާއި ސީދާ ގޮތެއްގައި އެއްވެސް ގުޅުމެއް އޮންނަ ގްރޫޕެއް ނޫން ކަމުން، މި ގްރޫޕުގައި ކުރެވޭ މުޢާމަލާތުތަކުން މި ވެބްސައިޓް ބަރީއަވެގެންވެއެވެ. އަދި މި ގްރޫޕުގެ ތެރޭގައި ދަޢުވަތު ދިނުމުގެ އުޞޫލާއި ޚިލާފަށް ކުރެވެމުންދާ މުޢާމަލާތްތަކާއި އަރުވަމުންދާ އެކިއެކި ލިޔުންތަކާއި މެދު އަޅުގަނޑުމެން ހިތާމަ ކުރަމެވެ.



އަޅުގަނޑުމެންގެ ވެބްސައިޓުގެ ފޮތް ލައިބްރަރީގައިވާ ބައެއް ފޮތްތައް އިސްލާމްދީނުގެ ދަޢްވަތު ދިނުމުގެ އުޞޫލުތަކާއި ޚިލާފު ކަމަށް ފެންނާތީވެ، އަދި ބައެއް ފޮތްތައް ލިޔެފައިވަނީ ޢިލްމު ޙާޞިލުކުރަމުންދާ ދަރިވަރުންކަމަށް ވާތީވެ، ޢަޤީދާގެ ބޮޑެތި މައްސަލަތަކުގައި ޢާންމު ފޮތްކިޔާ އަޚުންނާއި އުޚްތުންނަށް އެފޮތްތަކުގެ ސަބަބުން ބޮޑެތި އޮޅުންތަކެއް އަރަމުން ދިޔުމާއި ގުޅިގެން މިދެންނެވުނު ކަހަލަ ފޮތްތައް މިއަދުން ފެށިގެން އަޅުގަނޑުމެންގެ ވެބްސައިޓުން ނެގުނު ވާހަކަ ލޮބުވެތި އަޚުންނާއި އުޚްތުންގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ.



ޑޮޓްކޮމް އަށް ނިސްބަތްކުރެވޭ އަޚުންނަށް އެއްޗެހި ކިޔާ މަލާމަތް ކުރުމުން އެ އަޚުންގެ ކިބައިގައިވާ ގޯސް ކަންތައްތައް ރަނގަޅުކުރެވޭނެ ތޯއެވެ؟ ނޫނީ ﷲ ގެ ޝަރީޢަތް ނޫން އެހެން ޝަރީޢަތްތަކުން ޙުކުމް ކުރަމުންދާ ބަޔަކާއި އެ އަޚުން ހަވާލުކުރުމަށް ގޮވާހެދުމުން އަޅުގަނޑުމެންގެ މަޤްޞަދު ޙާޞިލްވާނެތޯއެވެ؟ އެ އަޚުންގެ ފަރާތުން ފެންނަ އެންމެ ކަމަކުން އެއަޚުންނާއި ބަރީއަވުން އިޢްލާނުކޮށް އަދި އެއަޚުންނާއި ސަލާމްކުރުން މަނާކޮށް އަދި ބައެއްފަހަރު އެއަޚުންނަށް ނިސްބަތްވާގޮތަށް ތަފާތު އެކިއެކި ޙުކުމްތައް ޖެހުމަކީ ދަޢްވަތުގެ ފިޤުހު އެނގޭ ބަޔަކު ކުރަން ހެޔޮވާނެކަމެއްތޯއެވެ؟ ﷲ ގެ ވަޙީބަސްފުޅު ހަނދުކުރަމާ ހިންގަވާށެވެ.


21 ސެޕްޓެމްބަރ 2009 (ހޯމަ)

އަޅުގަނޑުމެންގެ އިލްތިމާސް

ހިމެނޭ ބައި: ދެންނެވުން

ޙައްޤުގެ ދަޢްވަތު އޮއްބާލަން ބަޔަކު މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި އަހަރެންނަށް އުންމަތަށް ކޮށްދެވޭނީ ކޮންކަމެއްބާއެވެ؟ އަހަރެމެން އެންމެންގެ މައްޗަށް ޢައިނިއްޔަ ފަރުޟަކަށް ވެފައިވާ ޖިހާދާއި، ﷲ ގެ ޝަރީޢަތުގެ ބަދަލުގައި ވަޟައީ ޤާނޫންތައް ތަންފީޒު ކުރަމުން ދިޔުމާއި، އުންމަތުގެ ނިކަމެތި ޙާލަތާއި، ކުއްފާރުންގެ ނަޖިސް ޖަލުތަކުގައި ތިބެގެން އުންމަތުގެ ނަޞްރަށް އެދި އާދޭސް ގޮވަމުންގެންދާ މުސްލިމް އަސީރުންތަކުގެ ޙާލަތާއި، ﷲގެ މަގުގައި ހައިރާންކުރަނިވި ޤުރުބާނީތައް ދެމުންގެންދާ މުޖާހިދުންތައް ޢަދުއްވުންގެ މައްޗަށް ހޯދަމުން ގެންދާ ކާމިޔާބީތަކާއި މިފަދަ މުހިއްމު އެތައް މައުޟޫޢުތަކަކަށް އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގައިވެސް ދަޢްވަތު ފެތުރުމުގެ އަގުބޮޑު އަމާނާތާއި ހަވާލުވެގެންތިބި ގިނަ ޝައިޚުންތަކެއް ބީރު ކަންފަތެއް ދެމުންދާ ދަނޑިވަޅެއްގައި ﷲ ގެ މިދީނަށް އަހަރެންނަށް ކޮށްދެވޭނީ ކޮން ޚިދްމަތެއްބާއެވެ؟

« ފެށުން ފަހަތަށް 1 2 ކުރިއަށް ނިމުން »
ޞަފްޙާ 1 (ޖުމްލަ 2)
 
މި ވެބްސައިޓުގައިވާ ލިޔުމެއް ނުވަތަ އެހެން މާއްދާއެއް، އެއްވެސް އުނިއިތުރު ކުރުމެއްނެތި، ބޭނުންކުރުމުގެ ހުއްދަ އުއްމަތުގެ ކޮންމެ މުސްލިމް ފަރުދަކަށްވެސް ލިބިގެންވެއެވެ.